އިދިކޮޅު އެމްޑީޕީން މިރޭ ކުރިއަށް ގެންދާ މުޒާހަރާގައި ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސްއެޅި މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން މިރޭ ދީފި އެވެ.
03 އޮކްޓޯބަރ 2025
އިދިކޮޅު އެމްޑީޕީން މިރޭ ކުރިއަށް ގެންދާ މުޒާހަރާގައި ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސްއެޅި މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން މިރޭ ދީފި އެވެ.
މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ޖަލްސާއަކުން ފެށި މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގަށް ނިކުމެފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެއީ ހުއްދަ ދީފައިނުވާ ސަރަހައްދެއް ކަމަށް ބުނެ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައިފަ އެވެ.
އެ މުޒާހަރާ ކުރިއަށް ގެންދަން އެމްޑީޕީއަށް ހުއްދަ ދީފައިވަނީ އަމީނީމަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ. ނަމަވެސް އެމްޑީޕީގެ މަޖީދީމަގުން ކުރިއަށް ދާން ފުލުހުން ހުރަސް އެޅުމުން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތައް ހިނގައި، ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މުޒާހަރާގެ ތެރެއިން މީހަކު ވެއްޓިފައި އޮއްވާ ފުލުހުންތަކެއް މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެކަމާ ގުޅިގެން ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ހުއްދަ ދީފައިވާ މަގުތައް ނޫން އެހެން މަގަކުން ދާން އުޅުމުން އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް މުޒާހަރާގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިންޒާރު ވެސް ދީފައިވާނެ ކަމަށެވެ.
ނަމަވެސް އެކަމަށް އިޖާބަ ނުދީ މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސް އަޅާފައިވާ ކަމަށެވެ.
"އެހެންކަމުން މި އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ވަނީ އެ މީހުންގެ ވާޖިބުތަކަށް ހުރަސް ނޭޅުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ.
އެމްޑީޕީގެ ސަޕޯޓަރުން ފުލުހުންގެ ޝީލްޑް ކައިރީގައި މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެ މުޒާހަރާއާ ގުޅިގެން ސިފައިންނާއި ފުލުހުން ވަނީ މާލޭގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.
އެ އެއްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ އެއްވުމުގައި ބައިވެރިވުމަށް ރަށްރަށުން ވެސް ގިނަ އަދަދެއްގެ މީހުން މާލެ އައިސްފައިވެ އެވެ.
އެލްއާރުއޭޑީ ކުރިން ވެސް ބޭނުންކުރި: އިހުސާން
ނޮވެމްބަރު 17 ގައި އެމްޑީޕީ އަނެއްކާވެސް މުޒާހަރާއަށް
މުޒާހަރާއިން ހައްޔަރުކުރި ހަތް މީހަކު ބަންދަށް
ތޫނު އަޑު ފޮނުވާ ހަތިޔާރެއް ބޭނުންކުރުމުން ކަންބޮޑުވުން
ސިޔާސީ ބަދަލު އަންނަން ޖެހޭނީ ވޯޓުން: ޕީއެންސީ
އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް
"އެމްޑީޕީގެ އެއްވުމަކީ ސުލްހަވެރި ހަރަކާތެއް ނޫން"
އެމްޑީޕީގެ ބޮޑު އެއްވުމަށް ބައެއް މަގުތައް ބަންދު
ސިފައިން، ފުލުހުންގެ އިސްވެރިންގެ ހާއްސަ ބައްދަލުވުމެއް
އެމްޑީޕީން ބުނީ، ފުލުހުން ހެދީ ދޮގެއް ކަމަށް!