މިފަހުން ފާސްކުރި މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނަށް މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންގެ މަގާމަށް ވާދަވެރިކަން ނެތްކަން ހާމަވެއްޖެ އެވެ.
04 އޮކްޓޯބަރ 2025
މިފަހުން ފާސްކުރި މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނަށް މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންގެ މަގާމަށް ވާދަވެރިކަން ނެތްކަން ހާމަވެއްޖެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވޭނީ 7 މެމްބަރުންގެ މައްޗަށެވެ. އެކަމަކު އޭގެ ތެރެއިން ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ހަތަރު މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.
އިިލެކްޝަން ކޮމިޝަނުން ހުޅުވާލީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާނެ ދެ މެމްބަރަކު ހޯދުމަށެވެ. އެ އިއުލާނުގެ މުއްދަތު ހަމަވިއިރު، ކުރިމަތިލީ މީހުންގެ އަދަދު މިރޭ އެ ކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ.
އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި ސުންގަނޑި ހަމަވިއިރު ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލީ ހަ ބޭފުޅުންނެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލްކުރާ ދެ މެންބަރުންގެ މަގާމަށް ހަތަރު ބޭފުޅަކާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ މަގާމަށް ދެ ބޭފުޅެކެވެ.
ބްރޯޑްކާސްޓަރުން ތަމްސީލްކުރާ މެންބަރުންގެ މަގާމަށް ކުރިމަތިލި ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންގެ ކެންޑިޑެސީ ގަބޫލުކުރިއިރު، އެއް ބޭފުޅެއްގެ ކެންޑިޑެސީ ގަބޫލު ނުކުރަން ވަނީ ނިންމާފައި ކަމަށް އިލެކްޝަނުން ބުންޏެވެ.
ކެންޑިޑެސީ ގަބޫލުކުރި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެހެންވެ، އިންތިހާބަކާނުލައި، ބާކީ ތިއްބެވި ދެ ބޭފުޅުން ވަނީ މަގާމަށް އިންތިހާބުވެފަ އެވެ.
އެހެނިހެން މީޑިއާތައް ތަމްސީލްކުރާ މެންބަރުންގެ މަގާމަށް ދެ ބޭފުޅަކު ފޯމު ހުށަހަޅުއްވާފައި ވާއިރު އޭގެ ތެރެއިން އެއް ބޭފުޅެއްގެ ކެންޑިޑެސީ ގަބޫލުކޮށް އަނެއް ކެންޑިޑެސީ ބާތިލްކޮށްފައިވާ ކަމަށް އިލެކްޝަނުން ބުންޏެވެ. އެނގިފައިވާ ގޮތުގައި އެ ކެންޑިޑެސީ ގަބޫލުނުކުރީ މީޑިއާއެއްގެ އެޑިޓަރެއްގެ ގޮތުގައި އޭނާގެ ނަން އޮތުމުންނެވެ.
އެހެނިހެން މީޑިއާތައް ތަމްސީލް ކުރާ އެއް މެންބަރުގެ މަގާމު އިންތިހާބަކާ ނުލައި ހޮވިފައިވާ ކަމަށް ކޮމިޝަނުން ނިންމާފައިވާއިރު ބާކީ އޮތް ސްލޮޓަށް އަލުން ހުޅުވާލަން ކޮމިޝަނުން ނިންމާފައިވާކަން ވަނީ އެނގިފަ އެވެ.
އެހެންކަމުން، މީޑިއާ ކޮމިޝަނަށް ތިން މެންބަރަކު އިންތިހާބަކާ ނުލައި ހޮވި، އެއް މަގާމަށް އަދި ބޭފުޅަކު ހަމަޖެހިފައެއް ނުވެ އެވެ.
މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލިއިރު އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ.
ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ނޫސްވެރިން ވަރަށް ބޮޑަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމެވެ. އެއާ އެކު، ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން ތިން ބޭފުޅަކު އައްޔަންކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް އޮތުމަކީ ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ދެކެ އެވެ.
އިންތިހާބާ ނުލައި މީޑިއާ ކޮމިޝަނަށް މެމްބަރުން ހޮވިއްޖެ
މީޑިއާ ކޮމިޝަން ހޮވަން 190 މީޑިއާއަކުން ރަޖިސްޓްރީވި
ކޮމިޝަނުގެ އިންތިހާބުގައި 353 މީޑިއާއަކަށް ވޯޓުލެވޭ
މީޑިއާ ކޮމިޝަންގެ އެސްޖީއަކަށް ހަމްދީ އައްޔަންކޮށްފި
ޝަކުވާތަކާ ހެދި މީޑިއާތަކަށް ފައިސާ ދިނުން ކެންސަލް
މީޑިއާ ކޮމިޝަނުގެ ރައީސްގެ މުސާރައަކީ 59،000ރ.
މީޑިއާ ކޮމިޝަންގެ ނައިބު ރައީސަކަށް ޒަމްއަތު
މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކޮށްފި
ބޮޑު މުސާރައަކަށް މީޑިއާ ކޮމިޝަނަށް އެސްޖީއެއް ހޯދަނީ
މީޑިއާ ކޮމިޝަންގެ ރައީސް އައްޔަންކުރަން ކޮމިޓީއަށް