މީޑިއާތައް ރެގިއުލޭޓުކުރަން އުފައްދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް، މީޑިއާތައް ތަމްސީލުކުރާނެ މެމްބަރުން، އިންތިހާބަކާ ނުލައި ހޮވިއްޖެ އެވެ.
07 އޮކްޓޯބަރ 2025
މީޑިއާތައް ރެގިއުލޭޓުކުރަން އުފައްދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް، މީޑިއާތައް ތަމްސީލުކުރާނެ މެމްބަރުން، އިންތިހާބަކާ ނުލައި ހޮވިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބަށް، މީޑިއާތަކުން ހަތަރު މެމްބަރުންނަށް ހުޅުވާލުމުން ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިއުމުން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަގާމަށް ޝަރުތު ހަމަވެފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ކަމަށެވެ. އެއީ ދެ ކެންޑިޑޭޓުންނެވެ.
އޭގެ އިތުރުން އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ވެސް އެ ދާއިރާއިން ކުރިމަތިލާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ޝަރުތު ހަމަވާ ދެ ކެންޑިޑޭޓުންނެވެ.
އެހެންވެ، ވޯޓަކަށް ނުގޮސް، ހަތް މެމްބަރުންގެ ކޮމިޝަންގައި މީޑިއާތަކުން ބައިވެރިވާނެ ހަތަރު މެމްބަރުން ވަނީ ހޮވިފަ އެވެ. އެ މެމްބަރުންނަކީ؛
ބްރޯޑްކާސްޓިން ކެޓަގަރީ
- އަބްދުލްއަޒީޒް އިބްރާހީމް- މޫނިމާގެ، ށ. ފޭދޫ
- ޒަމްއަތު އަހުމަދު ވަހީދު- މަލަ، ގދ. ތިނަދޫ
އޮންލައިން ކެޓަގަރީ
- ސިމާހާ ނަސީމް- ވެލީގޭ، ގދ. ރަތަފަންދޫ
- ހުސައިން ސަގީފް- ހިސާން، ހދ. ވައިކަރަދޫ
ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލްކޮށްފައިވާ ޒަމްއަތު ޓީވީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި އެވެ. އޭނާ ވަނީ، އާ ގާނޫނު ވުޖޫދުވުމާ އެކު އުވާލި ބްރޯޑްކާސްޓިން ކޮމިޝަންގައި ވެސް މެމްބަރުކަން ކުރައްވައިފަ އެވެ.
ސިމާހާއަކީ އޮންލައިން މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ނޫސްވެރިއެކެވެ. އަދި ސަގީފަކީ އެންމެ ފަހުން އުވާލި މީޑިއާ ކައުންސިލްގެ ރައީސެވެ.
ފުލްޓައިމްކޮށް މަސައްކަތްކުރަންޖެހޭ ކޮމިޝަނަށް މަޖިލީހުން އަދި ހަތަރު މެމްބަރުން ހޮވާނެ އެވެ.
މީޑިއާ ކޮމިޝަން އުފެއްދުމުގެ މަސައްކަތްތައް ފަށާފައިވަނީ އެ ގާނޫނު ތަސްދީގުކުރުމާ އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ.
މީޑިއާތަކުގެ މައިގަނޑު ކަންބޮޑުވުމަކީ ސަރުކާރުގެ ނިޒާމުގެ ތެރެއިން ނޫސްވެރިން ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމެވެ. އެއާ އެކު، ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން ތިން ބޭފުޅަކު އައްޔަން ކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް އޮތުމަކީ ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ދެކެ އެވެ.
ކޮމިޝަނުގެ އިންތިހާބުގައި 353 މީޑިއާއަކަށް ވޯޓުލެވޭ
މީޑިއާ ކޮމިޝަންގެ އެސްޖީއަކަށް ހަމްދީ އައްޔަންކޮށްފި
މީޑިއާ ކޮމިޝަންގެ ނައިބު ރައީސަކަށް ޒަމްއަތު
މީޑިއާތަކުގެ ސްލޮޓަށް ހަތަރު ބޭފުޅުން އައްޔަން ކޮށްފި
މީޑިއާ ކޮމިޝަނުގެ 3 މަގާމަށް 10 ބޭފުޅެއްގެ ނަން
މީޑިއާ ކޮމިޝަން ހޮވަން 190 މީޑިއާއަކުން ރަޖިސްޓްރީވި
މީޑިއާ ކޮމިޝަންގެ މެންބަރުންގެ މަގާމަށް ތަރުހީބެއް ނެތް
މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލައިފި
މޮނިޓަރުންނަށް ވެވޭނީ އެކްރެޑިޓް ނޫސްވެރިންނަށް އެކަނި
ރިޒާ ވަކިކުރުމާއި އަބުރުގެ ގާނޫނުގެ މައްސަލަ ހޯމަދުވަހު