އާ މީޑިއާ ކޮމިޝަންގެ ނައިބު ރައީސަކަށް އިސްލާމިކް މިނިސްޓްރީގެ މީޑިއާގައި އެންމެ ފަހުން މަސައްކަތް ކުރެއްވި ޒަމްއަތު އަހުމަދު ވަހީދު މިއަދު ހޮވައިފި އެވެ.
28 އޮކްޓޯބަރ 2025
އާ މީޑިއާ ކޮމިޝަންގެ ނައިބު ރައީސަކަށް އިސްލާމިކް މިނިސްޓްރީގެ މީޑިއާގައި އެންމެ ފަހުން މަސައްކަތް ކުރެއްވި ޒަމްއަތު އަހުމަދު ވަހީދު މިއަދު ހޮވައިފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޝައުގުވެރިވާ މެމްބަރުންނަށް ކޮމިޝަންގެ ދެވަނަ ބައްދަލުވުމުގައި ފުރުސަތު ހުޅުވާލުމުން ހުށަހެޅުއްވީ ބްރޯޑްކާސްޓިން ކެޓަގަރީން މީޑިއާ ކޮމިޝަނަށް ހޮވިވަޑައިގެންނެވި ޒަމްއަތާއި އެ ކޮމިޝަންގައި އޮންލައިން މީޑިއާތައް ތަމްސީލު ކުރައްވާ ހުސެއިން ސަގީފެވެ.
އެ މަގާމަށް ޒަމްއަތު ހޮވިވަޑައިގެންނެވީ ހަތަރު ވޯޓުންނެވެ. ސަގީފަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.
އާ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގައި ޖުމްލަ ހަތް މެމްބަރުން ތިއްބަވަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެމްބަރުންނާއި މީޑިއާތަކުން ހޮވާ ހަތަރު މެންބަރުންނެވެ. ނަމަވެސް އެ ކޮމިޝަން އުފެއްދި އިރު މީޑިއާތަކުން ހޮވާ މެންބަރުކަމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ވުމުން އެ ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ އިންތިހާބަކާ ނުލަ އެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތާއި ސިމާހާ ނަސީމް އަދި ހުސައިން ސަގީފެވެ.
އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރެއްވީ މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ. އޭގެ ތެރެއިން ރައީސަކަށް އައްޔަންކުރެއްވީ ފަރުޝަތެވެ.
މީޑިއާ ކޮމިޝަންގެ އެސްޖީއަކަށް ހަމްދީ އައްޔަންކޮށްފި
މީޑިއާތަކުގެ ސްލޮޓަށް ހަތަރު ބޭފުޅުން އައްޔަން ކޮށްފި
މީޑިއާ ކޮމިޝަނުގެ 3 މަގާމަށް 10 ބޭފުޅެއްގެ ނަން
އިންތިހާބާ ނުލައި މީޑިއާ ކޮމިޝަނަށް މެމްބަރުން ހޮވިއްޖެ
ކޮމިޝަނުގެ އިންތިހާބުގައި 353 މީޑިއާއަކަށް ވޯޓުލެވޭ
ރިޒާ ވަކިކުރުމާއި އަބުރުގެ ގާނޫނުގެ މައްސަލަ ހޯމަދުވަހު
ބިލްގައި ހުރި ކަންބޮޑުވުންތައް މެމްބަރުންނާ ހިއްސާކުރަނީ
މީޑީއާ ކޮމިޝަންގެ ބިލް ފާސްކޮށް ޗުއްޓީއަށް ދަނީ
މީޑިއާއަށް އޮތް އެންމެ ބޮޑު ބިރަކީ ބްރޯޑްކޮމް: ޝިފާޒް
މީޑިއާ ކޮމިޝަނާއެކު ނޫސްވެރިކަން ނެތިގެންދާނެ:މެމްބަރުން