27 މާޗް 2017
ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ސޮއި ކުރި އެއްބަސްވުމަށް ސްރީ ލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ކުމާރަތުންގާ މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޗަންދްރިކާގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން ސޮއިކުރި އެއްބަސްވުމަށް އެކ ކަމަނާ މަރުހަބާ ވިދާޅުވާ ކަމަށެވެ. ހަމަނުޖެހން ބޮޑު ގައުމުތަކުގައި ހަމަހަމަކަން ގާއިމްކޮށް، ހައްގުތައް ކަށަވަރުކޮށް ދިނުމަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތައް މަސައްކަތް ކުރަން ޖެހިފައިވާ ޗަންދްރިކާ ވިދާޅުވި އެވެ.
ލަންކާގެ ރައީސްކަން 11 އަހަރު ކުރެއްވި ޗަންދްރިކާ ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމަށާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، އެއްބާރުލުން ދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
މިވަގުތު ނަޝީދު ހުންނެވީ ވެސް ލަންކާގަ އެވެ. މައުމޫން ވަޑައިގެން ވީ އިންޑިއާގަ އެވެ.
އިދިކޮޅު ފަރާތްތަކުގެ އެއްބަސްވުމަކީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ސޮއިކުރި އެއްބަސްވުމެކެވެ. މިއީ މައުމޫނާ އެންމެ ވާދަވެރި ފަރާތް ކަމުގައި ކުރިން އޮތް އެމްޑީޕީއާ އެކު އެމަނިކުފާނު ކޯލިޝަނެއް ހެއްދެވި ފުރަތަމަ ފަހަރެވެ.
ރައީސް ނަޝީދު، މަލިކު ލަވައިގައި ތާށިވެފައި!
"ނަޝީދުގެ ހިތުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަ"
ލަންކާ ރައީސްގެ ޚާއްސަ މަންދޫބެއް ރާއްޖޭގައި
ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން: ޖަމީލް
ނަޝީދާއި އިބޫއާ އެކު އުފާވެރި ވަގުތުކޮޅެއް
ރައީސް ޔާމީން ވަޑައިގަންނަވަން ޖެހޭނީ ހުސްއަތާ: އިބޫ
ނަޝީދާއި އިބޫ، ބައިވެރިވާ ޚާއްސަ ޖަލްސާއެއް ލަންކާގައި
ލީޑަރުންގެ ފޮޓޯ ނައްޓަން ދިމާކުރުމަކީ ބަލި ގަބޫލުކުރުން
ނަޝީދަށް ހަމަލާދީފާނެ ކަމަށް ބުނެ ބައްދަލުވުން ކެންސަލް
ނަޝީދު، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި