އެމްޑީޕީން މިދިޔަ ހުކުރުދުވަހުގެ ރޭ ކުރި މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ބައެއް މެމްބަރުން ފުލުހުންނާ ކުރިމަތިލައި ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށާއި މިފަދަ ކުށްތަކަށް އަރައިގަންނަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
06 އޮކްޓޯބަރ 2025
އެމްޑީޕީން މިދިޔަ ހުކުރުދުވަހުގެ ރޭ ކުރި މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ބައެއް މެމްބަރުން ފުލުހުންނާ ކުރިމަތިލައި ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށާއި މިފަދަ ކުށްތަކަށް އަރައިގަންނަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބައެއް ބަދަލުތައް ގެންނަން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ފަލާހު ވިދާޅުވީ އެމްޑީޕީގެ މުޒާހަރާއަކީ "އާދަޔާ ހިލާފު ނުރައްކާތެރި" މުޒާހަރާއެއް ކަމަށެވެ. ބައެއް މެމްބަރުން މުޒާހަރާގައި ފުލުހުންނާ ކުރިމަތިލީ "ދުވަހަކު ވެސް އަޅުގަނޑުމެންނަށް ނުފެންނަ ގޮތަކަށް" ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހިތާމަކުރަން، ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު [މައުރޫފް ޒާކިރު] އަަޅުގަނޑު ދެކުނިން ބެރިކޭޑެއް ތެރެއަށް [ވަދެ] އޮއްވާ، ވަދެގެން އޮވެ، ފުލުހުންނަށް ހުރަސްއެޅި މަންޒަރު،" ފަލާހް ވިދާޅުވި އެވެ.
"ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަަކަށް ހުރެ އެފަދަ އަމަލެއް ކޮށްފިއްޔާ، އަޅުގަނޑުމެން މި ގަވާއިދާއި ގާނޫނުއަސާސީއަށް ވެސް އިސްލާހު ގެންނަން ޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ވިޔަސް އެވަރުގެ ކުށެއް ކޮށްފިއްޔާ، އެ މެމްބަރެއްގެ ގޮނޑި ގެއްލެން ޖެހޭނެ އިއްޒަތްތެރި ރައީސް."
އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފަލާހް ވިދާޅުވި ގޮތުގައި، ގާނޫނުން އެގޮތަށް ކަނޑަނާޅާ ނަމަ ރައްޔިތުންނަށް ފެންނާނީ މެންބަރުންނާއި އާއްމުންނާ ދެމެދު ތަފާތުކުރާ މަންޒަރެވެ.
"އެހެންވީމާ އަޅުގަނޑުމެން އެބަ ޖެހޭ ކުރިއަށް އޮތް ތަނުގައި، ހެދިފައި މިހިރަ ގާނޫނުތަކާއި ގަވައިދު ތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް، އިސްލާހުތަކެއް ގެންނަން،" ފަލާހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި، ޖިނާއީ ކުށެއްގެ ސަަބަބުން ގެއްލޭނީ އެ ކުށުގެ އަދަބަކަށް އެއް އަހަރު ދުވަސް ނުވަތަ އެއަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާ ހާލަތުގަ އެވެ. އެ ނޫން ގޮތަކަށް ގޮނޑި ގެއްލޭނީ ހޮވުނު ޕާޓީން ވަކިވުުމުން ކަމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު، މިއީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ކަނޑައަޅަން އެ މައްސަލަ އޮތީ ސުޕްރީމްކޯޓަށް ހުށަހަޅައިފަ އެވެ.
އެސްއީޒެޑް އިސްލާހުގެ މަސައްކަތް މިއަދު ނިންމަނީ
އެމްޑީޕީއަށް ފަސް ފަނި ފޮނުވައިފިން: ފަލާހު
އެމްޑީޕީ އާއި ސަރުކާރު ސަޕޯޓަރުން މަޖިލިސް ދޮށަށް
މައިނޯރިޓީ އަށް ދޭން ޖެހޭ ޖާގަ ދޭނަން: ޕީއެންސީ
އެމްޑީޕީން ޔާމީނަށް: ތިއުޅެނީ ހަމަޖެހުން ނަގާލަން!
މެންބަރުންނާގުޅޭ އާންމު ވޯޓަށް ބައެއް މެންބަރުން ދެކޮޅު
ކަންބޮޑުވުންތަކާ ގުޅިގެން ފަލާހުގެ ރާގު ބަދަލުވެއްޖެ!
މިނިސްޓަރު ޝަހީމްގެ ރައްދާ އެކު، މަޖިލިސް ހޫނުވެއްޖެ
ތަޅުމުގައި މެންބަރުން މަދުކަމުން ވޯޓަކަށް ނޭހުނު
ޓައީ އަޅަން ޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި