ނެޓްފްލިކްސްގެ ފެންޓަސީ ޑްރާމާ ސީރީޒް "ދަ ވިޗާ"ގެ ހަތަރު ވަނަ ސީޒަންގެ ޓްރެއިލާ އާންމުކޮށްފި އެވެ.
ނެޓްފްލިކްސްގެ ފެންޓަސީ ޑްރާމާ ސީރީޒް "ދަ ވިޗާ"ގެ ހަތަރު ވަނަ ސީޒަންގެ ޓްރެއިލާ އާންމުކޮށްފި އެވެ.
"ދަ ވިޗާ"ގެ އާ ސީޒަންގައި ގެރެލްޓްގެ ރޯލުން ފެންނާނީ އޮސްޓްރޭލިއާގެ އެކްޓަރު ލިއަމް ހެމްސްވޯތު އެވެ. ދެ މިނެޓަށް ވުރެ ދިގު ޓްރެއިލާގައި އޭނާގެ ގިނަ މަންޒަރުތަކެއް ހިމަނާފައިވެ އެވެ.
ޔެނެފާގެ ރޯލުން އަންޔާ ޗަލޯޓްރާ އާއި ސިރީގެ ރޯލުން ފްރެޔާ އެލަން އާ ސީޒަންގައި ވެސް ފެންނާނެ އެވެ. އަދި ޖެސްކިއާގެ ރޯލުން ޖޯއި ބޭޓީ ފެންނާނެ އެވެ. އެ ރޯލުތައް ކުޅޭ އެކްޓަރުން ބަދަލުކޮށްފައި ނުވެ އެވެ.
ގެޒެލްޓްގެ ރޯލު ކުރިން ކުޅުނީ އިނގިރޭސި އެކްޓަރު ހެންރީ ކެވިލް އެވެ. ހެންރީ އެ ސީރީޒް ދޫކޮށްލީ އޭގެ އުފެއްދުންތެރިންނާ މެދުގައި ހިނގި ފަންނީ ދެބަސްވުންތަކެއްގަ އެވެ. އަދި އޭނާ މަސައްކަތްކުރާ އެހެން ޕްރޮޖެކްޓުތަކަށް ވަގުތު ދިނުމަށެވެ.
The Continent has shifted, and Ciri's at the centre of it. The Witcher Season 4 drops on 30th October. pic.twitter.com/mEIeSg9CZg
— The Witcher (@witchernetflix) October 7, 2025
ލިއަމް ކުރިން ބުނެފައިވާ ގޮތުގައި، ވިޗާގެ ފޭނެއްގެ ހައިސިއްޔަތުން ގެރަލްޓްގެ ރޯލު ކުޅެން ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ.
"ހެންރީ ކެވިލް ގެރަލްޓްގެ ރޯލު ވަރަށް ފުރިހަމައަށް ވަނީ ކުޅެދީފައި. ވައިޓް ވޮލްފުގެ ކަނޑި އުފުއްލާލަން އަހަންނަށް ހަވާލުކުރުމަކީ ލިބޭ ބޮޑު ޝަރަފެއް،" ލިއަމް ބުންޏެވެ.
"ދަ ވިޗާ"ގެ ފުރަތަމަ ތިން ސީޒަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.
"ދަ ވިޗާ"ގެ ހަތަރު ވަނަ ސީޒަން ސްޓްރީމްކުރަން ފަށަނީ މި މަހު 30 ގަ އެވެ.
ސްޓްރޭންޖާ ތިންގްސް: ފަހު ތަޅާލުންގަނޑަށް ތައްޔާރު!
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ފުރަތަމަ ޓީޒާ
ސްކުއިޑް ގޭމް އެމެރިކާ ޑައިރެކްޓްކުރަނީ ޑޭވިޑް ފިންޗާ
ސްޓްރޭންޖާ ތިންގްސްގެ ފުރަތަމަ 5 މިނެޓް މިހާރު ބެލޭނެ
"ވަން ޕީސް"ގެ ދެވަނަ ސީޒަން އަންނަ އަހަރު މާޗުގައި
"ދަ ވިޗާ"ގެ ޕްރިމިއާގެ ކުރިން ލިއަމް ރާއްޖޭގައި
"ބްރިޖަޓަން"ގެ ހަތަރު ވަނަ ސީޒަން ޖެނުއަރީގައި
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ ނެރެފި
ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަން ނޮވެމްބަރު 26 ގައި
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް