Roadha Mihaaru
ޓެރަރިޒަމަށް ވަނީ ވަކި ބަޔަކު ދައްކާ ވާހަކަތަ!

ވަކި ބައެއްގެ ވާހަކަ ޓެރަރިޒަމަށް، އަނެއް ބަޔަކަށް "މިނިވަންކަން"!

02 މެއި 2017

އަނިޔާވެރި ހަމަލާތަކެއްގައި މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު "ކަތިލާނެ" ކަމަށް ފުލުފުލުގައި އިންޒާރު ދިންއިރު ފުލުހުން "އަޅައެއްނުލި" އެވެ. އެއީ، ސަރުކާރަށް ފާޑުކިޔާ މީހަކަށް ވާތީ ހެއްޔެވެ؟ ސަރުކާރާ އިދެކޮޅު ފިކުރުގެ މީހުންނަށް ރައްކާތެރިކަން ހޯދައި ދިނުމަކީ ފުލުހުންގެ ގާނޫނީ ޒިންމާގެ ތެރޭގައި މިހާރު ނުހިމެނޭ ކަމެއް ހެއްޔެވެ؟ ކުރާ ޓުވީޓެއް ނުވަތަ ފާޅުކުރާ ހިޔާލެއް ޓެރަރިޒަމަށް ވެ، ޖަލު ގޮޅިއަށް ލާން ޖެހެނީ ހަމައެކަނި ސަރުކާރާ އިދިކޮޅު މީހުން ހެއްޔެވެ؟

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަނިޔާވެރި ހަމަލާތަކެއްގައި މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު "ކަތިލާނެ" ކަމަށް ފުލުފުލުގައި އިންޒާރު ދިންއިރު ފުލުހުން "އަޅައެއްނުލި" އެވެ. އެއީ، ސަރުކާރަށް ފާޑުކިޔާ މީހަކަށް ވާތީ ހެއްޔެވެ؟ ސަރުކާރާ އިދެކޮޅު ފިކުރުގެ މީހުންނަށް ރައްކާތެރިކަން ހޯދައި ދިނުމަކީ ފުލުހުންގެ ގާނޫނީ ޒިންމާގެ ތެރޭގައި މިހާރު ނުހިމެނޭ ކަމެއް ހެއްޔެވެ؟ ކުރާ ޓުވީޓެއް ނުވަތަ ފާޅުކުރާ ހިޔާލެއް ޓެރަރިޒަމަށް ވެ، ޖަލު ގޮޅިއަށް ލާން ޖެހެނީ ހަމައެކަނި ސަރުކާރާ އިދިކޮޅު މީހުން ހެއްޔެވެ؟

ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް ވިދާޅުވާ ގޮތަށް އެމަނިކުފާނުގެ ވެރިކަމުގައި، ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާ ގޮތަކީ މިއީ ހެއްޔެވެ؟

މި ޝަކުވާތަކަށް ނިމުމެއް ނެތެވެ. މި ސުވާލުތައް ސޯޝަލް މީޑީއާގައި އަދިވެސް ކެކިއަރަނީ އެވެ؛ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ.

ޔާމީން ރަޝީދަށް ތަކުރާރުކޮށް، މަރުގެ އިންޒާރު ދިން އެތައް ބަޔަކު އަދިވެސް ފާޅުގައި އޭނާ އަށް ފާޑުކިޔަނީ އެވެ. އެކަމަކު ވެސް ޔާމީނަށް އިންޒާރު ދިނީ ކީއްވެތޯ އެންމެ ކުޑަމިނުން ފުލުހުން ސުވާލު ވެސް ކޮށެއް ނުލަ އެވެ. ޔާމީނަށް ދިން އިންޒާރުތަކާއި އެއީ ކޮން ބައެއްކަން ވެސް އެހެރީ ސާފުކޮށް ފެންނާށެވެ.

ޔާމީން ރަޝީދު: އޭނާ އަށް ހަމަލާދީ މަރާލީ ފުލުފުލުގައި އިންޒާރު ދިނުމަށް ފަހު.

ޔާމީން ރަޝީދު: އޭނާ އަށް ހަމަލާދީ މަރާލީ ފުލުފުލުގައި އިންޒާރު ދިނުމަށް ފަހު.

ޔާމީންގެ މަރުގެ ތަހުގީގުގައި، އޭނާ އަށް އިންޒާރު ދިން މީހުންނާ ސުވާލުކުރަން ނުޖެހޭތޯ އެތައް ބަޔަކު ސުވާލު އުފައްދައި ތަހުގީގާ މެދު ކަންބޮޑުވުން ފާޅުކުރަނީ މިހެންވެ އެވެ.

އެކި ގޮތްގޮތަށް ދޭ އިންޒާރުތަކާ މެދު ފިޔަވަޅު އެޅުމުގައި ފުލުހުން ތަފާތުކުރާ މައްސަލަ ބޮޑެވެ. އެއް މިސާލަކީ، ސޯޝަލް މީޑިއާ އެކްޓިވިސް އަހްމަދު އަޝްރަފް (ޝުމްބާ)ގެ މައްސަލަ އެވެ. އޭނާ ހައްޔަރުކޮށް، ޝަރީއަތަކާ ނުލައި އަހަރެއްހާ ދުވަހު ޖަލުގައި ބަންދުކޮށްފައި ހުރީ ސޯޝަލް މީޑިއާ މެދުވެރިކޮށް، ސަރުކާރުގެ ސަޕޯޓަރަކަށް އިންޒާރު ދީގެންނެވެ.

މެސެޖަކުން ދިން އެ އިންޒާރާ ގުޅިގެން އެހާ ބޮޑު އަދަބެއް ޝުމްބާ އަށް ލިބެމުން ދާއިރު، އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ފަރާތުން ވެސް ވަނީ ހަމަ އެ މޭރަމުން، އެހެން ބަޔަކަށް އިންޒާރު ދީފަ އެވެ. އޭގެ ތެރޭގައި ޔާމީން ރަޝީދު ވެސް ހިމެނެ އެވެ. މި އިންޒާރުތައް ދީފައި ވަނީ ސޯޝަލް މީޑިއާގައި ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓް ޓެގްކުރުމަށް ފަހު އެވެ. މާނައަކީ ފާޅުގައި ދިން އިންޒާރުތައް ފުލުހުންނަށް ވެސް ފެންނާނެ އެވެ. އެކަމަކު މައްސަލައެއް ނުބަލަ އެވެ.

ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތައް ޓެރަރިޒް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެ އިދިކޮޅު އެތައް ބަޔަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް ޖަހާފައިވެ އެވެ.

އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި، ސަރުކާރާ ދެކޮޅު ފިކުރުގެ މީހުންނަށް އިންޒާރު ދީގެން މައްސަލަ ހުށަހެޅިއަސް ފުލުހުން ތަހުގީގެއް ނުކުރެ އެވެ. އިންޒާރު ދިނީ މިވެނި މީހެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުށަހެޅި މައްސަލަތައް ވެސް ވަނީ ފިޔަވަޅު ނާޅައި ދިގު ދަންމާލައިފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް އިންޒާރުދީގެން ހުށަހެޅި މައްސަލަތައް ހިމެނޭ ކަމަށް އެމްޑީޕީން ބުންޏެވެ.

އެއާ ހިލާފަށް، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކަށް އިންޒާރުދީގެން ހުށަހަޅާ މައްސަލަތައް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް މީހުން ހައްޔަރުކޮށްފައި އެބަ ހުއްޓެވެ.

ފުލުހުންގެ އިސް މަގާމެއްގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވީ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް އިންޒާރެއް ދީގެން ހުށަހަޅައިފި ނަމަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ޖެހޭ ކަމަށެވެ. އެކަމަކު އެފަދަ މައްސަލަތަކުގައި އެ މީހަކު ހައްޔަރުކޮށް މިވެނި ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް އެއްވެސް އުސޫލެއްގައި ލިއެވިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޒާރު ދިނުން ފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންނަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭ ދަރަޖައަށް ކަންކަން ވަނީ ވެއްޓިފަ އެވެ. މުޅި މުއައްސަސާގައި ސިޔާސީ ކުލަ ޖެހި، މިނިވަންކަން ގެއްލިފައިވާ ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މީހަކަށް މަރުގެ އިންޒާރު ދޭ ކަމަށް ރައްދުވާ ފަރާތުން ހުށަހަޅައިފިއްޔާ ހަމަހަމަކަމާ އެކު ބަލަން ޖެހޭނެ. އެކަމަކު ނުބަލާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން މިދަނީ. އެއީ، ފުލުހުންގެ ތެރޭގައި އެއްފަރާތަކަށް ޖެހުމުގެ ސަގާފަތެއް ގާއިމްވެފައި އޮތީމަ. ޕްރޮފެޝަނަލިޒަމް ނެތެމުން ގޮސް އާއްމުން ކަންބޮޑުވާ ދަރަޖައިގައި. މިއީ ވަރަށް ދެރަ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޔާމީން ދިރިއުޅުނު ގެ ކައިރި ބަންދުކޮށްގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޔާމީން ދިރިއުޅުނު ގެ ކައިރި ބަންދުކޮށްގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޭނާ ވިދާޅުވި ގޮތުގައި ޔާމީނަށް އިންޒާރު ދިން މައްސަލަ ބަލައިދޭން ހުށަހެޅުމުން އުސޫލެއްގެ ގޮތުން އެ މައްސަލާގައި ވަށައިގެން ތިބީ ކޮން ބައެއްތޯ ބަލަން ޖެހެ އެވެ. އަދި އެ އިންޒާރުތަކާ ގުޅިގެން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި ހިމާޔަތް ދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޔާމީން ކޭސްއަކީ ހުށަހެޅި ހިސާބުން ސީރިއަސް ކޭސްއަކަށް ފުލުހުން ހަދަން ޖެހޭނެ މައްސަލައެއް. އޭގެ ފަހުން މައްސަލަ ގަވާއިދުން މޮނިޓާކުރަން ޖެހޭނެ އެއްވެސް ކަމެއް އެނގިފައިވޭތޯ. ސޯޝަލް މީޑިއާ އިން އިންޒާރު ދެނީ ކޮން ޔޫޒާ އައިޑީއަކުންތޯ، ކޮން އައިޕީ އެޑްރެސްއަކުންތޯ؟" އޭނާ ވިދާޅުވި އެވެ.

"މި ލެވެލަށް އެ މައްސަލާގައި ފުލުހުން ފިޔަވަޅު އެޅި ކަމެއް ފެންނާކަށެއް ނެތް. ފިޔަވަޅު އެޅި ނަމަ އެ ބަޔަކާ ދޭތެރޭގައި ތަހުގީގު ހިންގަން ޖެހޭނެ. ހާޒިރުކޮށް ބަޔާން ވެސް ނަގަން ޖެހޭނެ. މިގޮތަށް ތަހުގީގު ހިންގިފައި ނެތް ނަމަ، ފުލުހުން ޖަވާބުދާރީ ވާން ޖެހޭނެ. މަރުގެ ނުރައްކާ އޮތް ކަމަށް ޔާމީން ހުށަހަޅާފައި އޮއްވައި ފިޔަވަޅު ނާޅައި އޮތުން އެއީ ފުލުހުންގެ ވަރަށް ބޮޑު އިހުމާލެއް. ޒިންމާ ވެސް ވާން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ "އިހުމާލު" ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން މިއޮތީ ޔާމީނަށް އިންޒާރު ދިން މައްސަލައިގަ އެވެ. ސިޔާސީވެ ވަކި ބައެއްގެ މައްސަލަ ނުބަލައި ދޫކޮށްލާ ނަަމަ އެއީ ފުލުހުންގެ މިނިވަންކަމާއި ހަމަހަމަކަމާ މެދު ސުވާލު އުފައްދަން ލިބޭނެ ފުރުސަތެކެވެ. އެ މުއައްސަސާގެ އަމަލުތައް އެގޮތަށް ރައްޔިތުންނަށް މާނަކުރެވޭ ނަމަ، އިސްލާހުކުރަން ޖެހެ އެވެ. ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަން ގާއިމްކޮށްދޭ މުއައްސަސާ އެއްފަރާތަކަށް ޖެހުމަކީީ ރައްޔިތުންނަށް އޮތް ނުރައްކަލެކެވެ. އެ ނުރައްކާ އޮތީ އިއްޔެ ޔާމީނަށެވެ. މާދަމާ އެހެން މީހަކަށެވެ.