ދިރާސީ އާ އަހަރުން ފެށިގެން ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދޭން ފަށަން ނިންމާފައިވާކަން ސަރުކާރުން މިއަދު ބުނެފި އެވެ.
14 ޖެނުއަރީ 2024
ދިރާސީ އާ އަހަރުން ފެށިގެން ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދޭން ފަށަން ނިންމާފައިވާކަން ސަރުކާރުން މިއަދު ބުނެފި އެވެ.
ކެބިނެޓުގެ މިއަދުގެ ބައްދަލުވުމުގެ ނިންމުންތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އަންނަ ދިރާސީ އާ އަހަރުން ފެށިގެން ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދޭން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ.
ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި ގައުމިއްޔަތު ކިޔަވައިދޭން ނިންމީ، ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ، ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި ކަމުގައި ނާޒިމް ވިދާޅުވި އެވެ.
"ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށް، ދިވެހި ގައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ މަގުސަދުގައި ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނެއްވުމަށް ސޯޝަލް ކައުންސިލުގައި ވަނީ ނިންމާފައި،" ނާޒިމް ވިދާޅުވި އެވެ.
"ދިރާސީ އާ އަހަރު ސަރުކާރު ސްކޫލުތަކުގައި ކިޔަވައިދޭން ފަށާއިރު، ކުރަން ޖެހޭ މަސައްކަތްތައް އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަން [ވަޒީރުންގެ މަޖިލިހުން] ނިންމުނު."
އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް.---ފޮޓޯ: މިހާރު
އެ މަސައްކަތް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށާއި އެ މިނިސްޓްރީން އެ މަސައްކަތް ކުރާނީ ރައީސް އޮފީހާ މަޝްވަރާކޮށްގެން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެއީ ވަކި މާއްދާއެއް ގޮތަށް ކިޔަވައިދިނުމަށް ނިންމާނެ ކަމަށް ރައީސް އޭރު ވިދާޅުވީ ގައުމާމެދު ތުއްތު ކުދިންގެ ހިތުގައި ގައުމީ ލޯބި އުފައްދަން ޖެހޭ ކަމަށާއި ގައުމަށް ހަމަ ޖެހުން ގެނެވޭނީ މީހުންގެ ވިސްނުން ތަރައްގީ ކޮށްގެން ކަމަށެވެ. ގައުމިއްޔަތު މާއްދާއެއް ގޮތަށް މަންހަޖުގައި ހިމަނައިގެން ކުދިންނަށް ތަރުބިއްޔަތާއި އަހުލާގު ދަސްކޮށްދޭނެ ކަމަށް ރައީސް ޑރ. މުއިއްޒު އޭރު ވިދާޅުވި އެވެ.
ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާއެކު މިހާރު މި ހިނގާ 2023 ގެ ދިސާރީ އަހަރު ނިމޭނީ އަންނަ އޭޕްރީލް މަހު އެވެ. މި އަހަރު، 2024 ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މޭ 26ގަ އެވެ.
15 އަހަރަށް ފަހު ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
އަންނަ އަހަރު ސާނަވީ ބައި ފެށޭނީ ގްރޭޑް ނުވައަކުން
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
އޭއައިއިން ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ
ދިރާސީ އަހަރު ދަރިވަރުން ނުކުންނާނީ އޭސީ ކްލާސްތަކަށް
އދ. ދިއްދޫން އެދެނީ ސެޓެލައިޓް ސްކޫލް އުވާލަން
"އެޗްއެސްސީ ޕޭޕަރުގެ ދޭހަ އެއްގޮތްވީ އިއްތިފާގަކުން"
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ