ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ރަން ވަނަތައް ފާތިމަތު ޝާޔާ ޒާހިރު، އައިޝަތު ޝަބާ އަދި އަހުމަދު ޝައިމް ރިޒާއަށް ލިބިއްޖެ އެވެ.
12 އޮކްޓޯބަރ 2025
ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ރަން ވަނަތައް ފާތިމަތު ޝާޔާ ޒާހިރު، އައިޝަތު ޝަބާ އަދި އަހުމަދު ޝައިމް ރިޒާއަށް ލިބިއްޖެ އެވެ.
މިދިޔަ މަހުގެ 19-26 އަށް ކުރިއަށް ގެންދިޔަ މުބާރާތުގައި 119 މުއައްސަސާއަކުން 1،037 ބައިވެރިން ވާދަކުރި އެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ބައިވެރިންގެ އިތުރުން ހާފިޒުންގެ ގޮފީގައި 31 ބައިވެރިންނެވެ.
މުބާރާތުން ޝަރަފުވެރި ވަނަތަކުގެ އިނާމުތައް ހަވާލުކޮށްދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
1. ފާތިމަތު ޝާޔާ ޒާހިރު (ތަދްރީސުލް ގުރުއާނުލް ކަރީމް)
2. އަބާން އިބްރާހީމް (އަރަބިއްޔާ ސްކޫލް)
3. އިސްމާއީލް އިޒުއާން އިބްރާހީމް (ރެހެންދި ސްކޫލް)
1. އަހްމަދު ޝައިމް ރިޒާ (ލ. އަތޮޅު ކައުންސިލް)
2. މުހައްމަދު ސާއީ މުބާރިކް (ސެންޓާ ފޯ ޒަމާނީ ގުރްއާން ކުލާސް)
3. އާކިފް ބިން އިބްރާހިމް މުހައްމަދު (އަރަބިއްޔާ ސްކޫލް)
1. އާއިޝަތު ޝަބާ (ށ. އަތޮޅު ކައުންސިލް)
2. ފާތިމާ ބިންތު މުހައްމަދު (އަރަބިއްޔާ ސްކޫލު)
3. އަރީކް ހާދީ މުހައްމަދު (އަރަބިއްޔާ ސްކޫލު)
1. އަރަބިއްޔާ ސްކޫލު
2. ށ. އަތޮޅު ކައުންސިލް
3. ޅ. އަތޮޅު ކައުންސިލް
މި އަހަރުގެ މުބާރަތުން ރަން ވަނަތަކަށް ހާސިލްކުރި ބައިވެރިންނަށް ވަނީ އަގުހުރި އިނާމުތަކެއް ދީފަ އެވެ.
އޭގެ ތެރޭގައި ރައީސްގެ ޝަރަފުގެ ފިލައިގެ އިތުރުން ރައީސް ދެއްވާ 100،000ރ.ގެ ފައިސާގެ އިނާމާއި ރައީސް ދެއްވާ ހާއްސަ އިނާމުތަކާއި ބޭނުން ރޮނގަކުން ބޭނުން ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕް ފާހަގަ ކޮށްލެވެ އެވެ.
އަދި ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސް އާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން އިސްލާމިކް މިނިސްޓްރީއިން ދޭ 75،000ރ. ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން މޯލްވިސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އުމްރާ ދަތުރެއް ވެސް ވަނީ ދީފަ އެވެ.
ރައީސް އެދިވަޑައިގަތީ ދެނަމާދު ދޭތެރޭ ކިޔަވަން ފަށަން
ގުރުއާން ހިތުދަސްކުރި 32 ހާފިޒަކަށް ތާޖު
ގުރުއާން މުބާރާތުގެ އެއް ވަނަ އަށް 75،000ރ.
ގުރުއާނާބެހޭ މަރުކަޒުގެ ގޮފި ހުރިހާ ރަށެއްގައި ހަދަނީ
ހާފިޒުންނަށް އިނާމާއި މެޑަލް ދެން ދޭނީ 27 ވިލޭރޭ
މޮރޮކޯގެ ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު
"އިންސާނީ ކަރާމާތް ގެނެވޭނީ ގުރުއާނަށް އަމަލުކޮށްގެން"
ހާފިޒުންނަށް ތާރީހީ ރެއެއް، 24 ފަރާތެއް ހާފިޒުންނަށް
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް ބާއްވަނީ
ގުރުއާންގެ އިލްމު ކުރިއަރުވަން ރައީސްގެ ނިންމެވުންތަކެއް