ދެނަމާދު ދޭތެރޭ ވަގުތުގައި [މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދު] ގުރުއާން ކިޔެވުމަކީ ރާއްޖޭގައި ކުރިން އޮތް ވަރަށް ރަނގަޅު އާދައެއް ކަމަށާއި އެ އާދަ އަލުން އިޔާދަކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
12 އޮކްޓޯބަރ 2025
ދެނަމާދު ދޭތެރޭ ވަގުތުގައި [މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދު] ގުރުއާން ކިޔެވުމަކީ ރާއްޖޭގައި ކުރިން އޮތް ވަރަށް ރަނގަޅު އާދައެއް ކަމަށާއި އެ އާދަ އަލުން އިޔާދަކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގުރުއާއާން ކިޔެވުމުގެ މި އަހަރުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމުދޭން، އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަޣުރިބު ނަމާދަށް ފަހު، އިޝާނަމާދާ ދެމެދު ގުރުއާން ކިޔެވުމުގައި ކުދިންނާއި މައިންބަފައިން މަޝްއޫލުވެ އުޅުނު އުޅުން މިހާރު ގާތްގަނޑަކަށް ނެތިގެން ގޮސްފައިވާ ކަމަށެވެ. އެކަން ނެތިގެން ދިޔައީ މީހުން ބިޒީ ވުމާއި އެކިއެކި ސަބަބުތަކާ ހެދި ކަމަށާއި ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ވަގުތަކީ ވަރަށް ކުޑަ އެއްޗެއް. އެންމެން ވެސް ވަރަށް ބިޒީ. އެކި ކަންމުގައި، އާމްދަނީ ހޯދަން، ކުދިންނަށް ކިޔަވައިދޭން، ނޫނިއްޔާ ކުޅިވަރު ކުޅުމުގައި. ދެން ކިޔާނެ ކަމެއް ނެތް އެކި ކަންކަމުގައި ވަރަށް ބިޒީ. އެހެން ނަމަވެސް އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭން ޖެހޭ ކަންކަމުގައި ވަގުތު އޮންނަން ޖެހޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން ވަނައެއް ހޯދި ދަރިވަރަކާ ރައީސް މުއިއްޒު އިނާމު ހަވާލު ކުރައްވަނީ.----ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ އެންމެ އިސްކަންދޭން ޖެހޭނީ އިސްލާމްދީނުގައި ކުރަން އަންގަވާފައިވާ އަޅުކަންތައް ކުރުމާއި ގުރުއާން ކިޔެވުން ފަދަ ކަންކަމަށް ކަމަށެވެ. އެ ކަންކަަމަށް ފަރުވާކުޑަކޮށް ފަހަތަށް ދޫކޮށްލައިފި ނަމަ މުޖުތަމައުގައި އުފާފާގަތިކަމެއް ނޯންނާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ އަަޅުގަނޑުމެން އިސްކަމެއް ދޭން ޖެހޭ ކުރީގައި މިހެން ހުރި ރީތި އާދަތައް އަނބުރާ ގެންނަން. މަޣުރިބު ނަމާދުކޮށްގެން، އިޝާނަމާދާ ދޭތެރޭގައި ތަރުތީބު ކޮށްގެން އަޅުގަނޑުމެން ވަގުތު ހުސްކުރަން އެބަ ޖެހޭ ކިޔަވަން،" ރައީސް ވިދާޅުވި އެވެ.
އެއީ އެހެން ނަމަވެސް އެ ގަޑީގައި އެކަނި ކިޔަވަން ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރީތިކޮށް ގުރުއާން ކިޔަވަން ކުދިން ހޭނުމަށްޓަކައި ހުރިޙާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރަން ސްކޫލްތަކުގެ ވެރިންނަަށާއި ބެލެނިވެރިންނަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ. ނަމާދުތަކަށް ސަމާލުވެ، ކިރިޔާ ވެސް ދެން އޮތް ނަމަ ޖަމާއަތަކަށް ނަމާދަށް ދާން ވެސް ރައީސް މުއިއްޒު އިލްތިމާސް ކުރެއްވި އެވެ.
ގުރުއާން މުބާރާތުގެ ރަންވަނަ ޝާޔާ، ޝަބާ، ޝައިމްއަށް
ގުރުއާން ހިތުދަސްކުރި 32 ހާފިޒަކަށް ތާޖު
ގުރުއާން މުބާރާތުގެ އެއް ވަނަ އަށް 75،000ރ.
ގުރުއާނާބެހޭ މަރުކަޒުގެ ގޮފި ހުރިހާ ރަށެއްގައި ހަދަނީ
ހާފިޒުންނަށް އިނާމާއި މެޑަލް ދެން ދޭނީ 27 ވިލޭރޭ
މޮރޮކޯގެ ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު
"އިންސާނީ ކަރާމާތް ގެނެވޭނީ ގުރުއާނަށް އަމަލުކޮށްގެން"
ހާފިޒުންނަށް ތާރީހީ ރެއެއް، 24 ފަރާތެއް ހާފިޒުންނަށް
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް ބާއްވަނީ
ގުރުއާންގެ އިލްމު ކުރިއަރުވަން ރައީސްގެ ނިންމެވުންތަކެއް