މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރާއްޖޭގެ ގެސްޓް ހައުސްތައް ބާރުވެރިކުރުވައި، ގެސްހައުސްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން "ގެސްޓް ހައުސް އެވޯޑު" ބާއްވަން ނިންމައި އިއުލާނުކޮށްފި އެވެ.
12 އޮކްޓޯބަރ 2025
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރާއްޖޭގެ ގެސްޓް ހައުސްތައް ބާރުވެރިކުރުވައި، ގެސްހައުސްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން "ގެސްޓް ހައުސް އެވޯޑު" ބާއްވަން ނިންމައި އިއުލާނުކޮށްފި އެވެ.
އެމްއައިބީގެ މީޑިއާ މެނޭޖަރު އަހުސަން ޖަމީލު ވިދާޅުވީ، ގެސްޓް ހައުސް އެވޯޑަކީ އެއްވެސް ސްޕޮންސަރެއް ނުހިމަނައި، މިނިވަން އޮޑިޓް ފާމަކާ ހަވާލުކޮށް، މިނިވަން، އިންސާފުވެރި އެވޯޑަކަށް ވާނެ ކަމަށެވެ. މި އެވޯޑުގެ ކަންތައްތައް ކްރޯ މޯލްޑިވްސްއާ ހަވާލުކޮށްފައިވާ ކަމަށާއި، އެވޯޑާ ގުޅޭ ސްޓްރަކްޗާ އިން ފެށިގެން ޖަޖުން ކަނޑައެޅުމާއި އެހެން ހުރިހާ ކަމެއް ކުރިއަށް ގެންދާނީ އެ ފާމުން ކަމަށް ވިދާޅުވި އެވެ.
އެމްއައިބީން ގެސްޓް ހައުސް އެވޯޑު ރަސްމީކޮށް އިއުލާނު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އޮތް އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގަ އެވެ. އެމްއައިިބީން ކޮންމެ އަހަރަކު ވެސް ބާއްވާ މި ސިމްޕޯޒިއަމް އަކީ ގެސްޓްހައުސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހިޔާލު ބަދަލުކޮށް، އެ ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ މަޝްވަރާތައް ކުރުމަށް އެމްއައިބީން ހޯދައިދޭ ޕްލެޓްފޯމެކެވެ.
މިއަހަރުގެ ސިމްޕޯޒިއަމްގައި ހަތަރު ޕެނަލް ޑިސްކަޝަން ކުރިއަށް ދިޔަ އެވެ. އެ ޑިސްކަޝަންތަކުގައި ރާއްޖޭގައި ގެސްޓް ހައުސް ދާއިރާގައި ހުރި އެކި ގޮންޖެހުންތަކާއި، އެ ދާއިރާ އިތުރަށް ހަރުދަނާ ކުރަން ކުރެވެން ހުރި ކަންކަމާ މަޝްވަރާ ކުރި އެވެ.
މި އަހަރުގެ ގެސްޓް ހައުސް ސިމްޕޯޒިއަމްގައި 150 ފަރާތަކުން ބައިވެރިވި އެވެ. އެމްއައިބީން ގެސްޓް ހައުސް އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ ގެސްޓްހައުސް ސިމްޕޯޒިއަމާ ދިމާކޮށެވެ.
އިސްލާމިކް ރީޓެއިލް ބޭންކިންގެ ދެ އެވޯޑް އެމްއައިބީއަށް
އޭޓީއެމް ހުންނަ ބަސް ސްޓޭޝަންތަކެއް މާލޭގައި އަޅަނީ
އެމްއައިބީން ކްރޮސް ރޯޑްސްއާ އެކު މުރަކަ އާލާކުރަނީ
ތިންވަނަ ކުއާޓާގައި އެމްއައިބީއަށް ބޮޑު ކުރިއެރުމެއް
އެމްއައިބީގެ ސާވިސް ސެންޓަރެއް ފޮނަދޫގައި ހުޅުވައިފި
"ބޮޑު ދަރަނި" ދައްކަން ދައްޗެއް ނުވާނެ: މާހިރުން
ފާހަގަކޮށްލެވޭ އިސްލާމީ ބޭންކްގެ އެވޯޑް އެމްއައިބީއަށް
އެލް މޮބައިލުން އެމްއައިބީ ކަސްޓަމަރުންނަށް ޑިސްކައުންޓް
ގޯތި ވިއްކަނީ ކަޅުދިޔަފުއްޓަށް ނެގި ލޯނު ނުދެއްކިގެން
ލޯނެއް ނުދެއްކިގެން ގ. ފަނަސް ނީލަމުގައި ވިއްކާލަނީ