މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ލ. ފޮނަދޫގައި ސާވިސް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.
21 އޮކްޓޯބަރ 2025
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ލ. ފޮނަދޫގައި ސާވިސް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.
ފޮނަދޫގެ ފެރީ ޓާމިނަލުގައި ހަދާފައިވާ އެ ސާވިސް ސެންޓަރު ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެމްއައިބީ އިން ބުނީ އެ ބޭންކުން ދޭ ހުރިހާ ހިދުމަތްތަކެއް އެ ސެންޓަރުން ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް އަދި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ ކަމަށް ބުންޏެވެ.
އެމްއައިބީގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފޮނަދޫގައި ހުޅުވި ސެންޓަރަކީ އެ ރަށުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެ ބޭންކުގެ ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމަ އަށް އަދި ފަސޭހައިން ހޯދޭނެ ތަނެއް ކަމަށް އެމްއައިބީ އިން ބުންޏެވެ.
ފޮނަދޫ ސެންޓަރަކީ އެމްއައިބީ އިން ލ. އަތޮޅުގައި ހުޅުވި ތިން ވަނަ ސެންޓަރެވެ. އެ އަތޮޅުގެ ކައްދޫ އާއި ގަމުގައި ވެސް އެ ބޭންކުގެ ސެންޓަރެއް ހުރެ އެވެ.
އެމްއައިބީގެ ސާވިސް ސެންޓަރުތައް ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި މިހާރު ވަނީ ހުޅުވައިފަ އެވެ. އެމްއައިބީ އަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަކަށް ވެސް އެ ބެންކުގެ ހިދުމަތް ދިނުމަށް ގިނަ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ ބެންކެކެވެ. އެގޮތުން އެ ބެންކުން އަލަށް އެކައުންޓު ހުޅުވުމާއި ބޭންކުގެ ފައިނޭންސިން ފެސިލިޓީތަކަށް ހުށައެޅުން ފަދަ ހިދުމަތްތައް އޮންލައިންކޮށް ދެ އެވެ.
"ވާދަވެރިން ތިބީ ގައުމު ބަނގުރޫޓުވާނެ ކަމަށް ހީކޮށް"
ބިލްތައް ދައްކާ ނިންމާނީ ފައިސާ ޗާޕުނުކޮށް: ރައީސް
ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވީ ރައީސް: އަދުރޭ
ކޮވިޑު ލޯނުތަކުގެ އިންޓަރެސްޓް މައާފުކޮށްފި
"ހައްލުނުހޯދައި ޔާމީން އިންނެވި ފަސްމިނިޓް ތާސްކުޅެން"
1 ކޮޓަރި ދޫކޮށް، އެހެން ސްކީމަކުން ފުރުސަތު ދެނީ
ހިޔާވަހި ލޯނުގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ދެނީ
އެންމެ ފަސްމިނިޓުން ވާނުވާ ބަންދު މީހުން ދޫކޮށްލެވޭނެ؟
ރައީސްގެ މާފަންނުގެ ބައްދަލުވުން: ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރާނެ
ލަންކާ ރައީސްގެ ޝުކުރު ރާއްޖެއަށް