ރާއްޖޭގެ ހުރިހާ ރަށެއްގެ ލެބޯޓްރީގައި، އެ ރަށެއްގެ ފެންވަރުގައި އަންނަ އަހަރު ނިމޭއިރު ޓެސްޓުތައް ހެދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
13 އޮކްޓޯބަރ 2025
ރާއްޖޭގެ ހުރިހާ ރަށެއްގެ ލެބޯޓްރީގައި، އެ ރަށެއްގެ ފެންވަރުގައި އަންނަ އަހަރު ނިމޭއިރު ޓެސްޓުތައް ހެދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުގައި ހުރިހާ ރަށެއްގައި ލެބޯޓްރީ ހެދުމުގެ މަސައްކަތް ފެށި ނަމަވެސް އެ ވެރިކަމުގެ ދައުރު ނިމުނުއިރު ހުރިހާ ރަށެއްގައެއް ނާޅަ އެވެ. ހުރި ތަންތަނުގައި ވަސީލަތްތައް ވެސް ހަމައެއް ނުވެ އެވެ.
ރައީސް މުއިއްޒު ށ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ ރަށް ނޫމަރާ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ސިއްހީ ދާއިރާ އަށް މި ސަރުކާރުން ވަރަށް ބޮޑު އިސް ކަމެއް ދޭ ކަމަށެވެ.
ރައީސް މުއިއްޒު ނޫމަރާގެ ރައްޔިތުންނާ މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ލެބޯޓަރީގެ ހިދުމަތް ދިނުމަށް އެދެމުންދާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ހަދައި ނިންމާނެ ކަމަށެވެ.
"މިހާރު މި އޮތީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރު ތެރޭގައި، މި ހިނގާ އަހަރާއި އަންނަ އަހަރާއި ދެ އަހަރު ތެރޭގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކޮށް ނިންމައިދިނުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ ތަންތަނަށް ބޭނުންވާ ވަސީލަތްތަކާ އެކު، ނިންމައިދޭނެކަން ފާހަގަ ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ އޭގެ ދަށުން ނޫމަރާގައި މިހާރު ހުރި ލެބޯޓަރީއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ވެސް ހަމަކޮށް ނިންމައިދޭނެ ކަމަށެވެ.
ރައީސް މުއިއްޒު ނޫމަރާގެ ކައުންސިލް މެމްބަރުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އޭގެ އިތުރުން ލެބޯޓަރީތަކުން އެ ރަށެއްގެ ފެންވަރުގައި ހެދޭ ހުރިހާ ޓެސްޓެއް ހެދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ވައުދުވެވަޑައިގެންފައިވާ ކަންކަމާއި އިތުރު ކަންކަން ވެސް އެ މަނިކުފާނުގެ ސަރުކާރުން ކޮށްދޭނެ އެވެ.
ރައީސް މުއިއްޒު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށަކަށް ވަޑައިގަންނަވާނެ އެވެ.
"ސިއްހީދާއިރާއިން އެންމެ މަތީ ހިދުމަތް ގާއިމްކުރާނަން"
ރައީސް ށ. އަތޮޅަށް ފުރާވަޑައިގެންފި
ހޮސްޕިޓަލަކާ އެކު މާމިގިއްޔަށް އިތުރު މަޝްރޫއުތަކެއް
ހެލްތު ސެންޓަރުތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސަނީ
ގުރައިދޫ ހޮސްޕިޓަލް ބިންގާއަޅައި ޑީކޯޗެމްބަރު ހުޅުވައިފި
ނޮޅިވަރަމްގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަނީ
ތޮއްޑޫގައި 30 އެނދުގެ ހޮސްޕިޓަލެއް
ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ފަށައިފި
ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުން އާރުޑީސީއަށް
އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ދެ ހޮސްޕިޓަލް ދީފި