ވެލްނަސް ޓޫރިޒަމްގައި ރާއްޖެއިން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.
15 ޖެނުއަރީ 2025
ވެލްނަސް ޓޫރިޒަމްގައި ރާއްޖެއިން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.
ގްލޯބަލް ވެލްނަސް އިންސްޓިޓިއުޓުން އާންމުކޮށްފައިވާ "ދަ ގްލޯބަލް އިކޮނޮމީ އޮފް ވެލްނަސް، މޯލްޑިވްސް" ގައިވާ ގޮތުން 2023 ވަނަ އަހަރު ރާއްޖެއަށް ވެލްނަސް ދާއިރާއިން އެއް ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ލިބުނެވެ. އަދި ސްޕާ އާއި އެހެން ވެލްނަސްއާ ގުޅޭ ދާއިރާތަކާ އެކު ޖުމްލަކޮށް އެ އެ ދާއިރާއިން 1.6 ބިލިއަން ޑޮލަރު (25 ބިލިއަން ރުފިޔާ) ލިބިފައިވެ އެވެ.
ވެލްނަސް ޓޫރިޒަމްގެ އިތުރުން ސްޕާތަކުގެ މާކެޓު ސައިޒު 448 މިލިއަން ޑޮލަރު (6.9 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އަދި ޕާސަނަލް ކެއާ އާއި ބިއުޓީ ދާއިރާގެ މާކެޓު ސައިޒު 135 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް އަރަ އެވެ،
ވޭތުވެދިޔަ ފަސް އަހަރު ވެލަން ޓޫރިޒަމްގެ ދާއިރާ ވަނީ 52 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ. އަދި 2023 ވަނަ އަހަރު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 35 ޕަސެންޓު ކުރިއަރައިފަ އެވެ. އެއް އަހަރަށް ވުރެ އަނެއް އަހަރު ވެލްނަސް ޓޫރިޒަމް އެހާ ބޮޑަށް ކުރިއަރަމުން އަންނަ އިރު ވެލްނަސް ޓޫރިޒަމް ދާއިރާގައި ރާއްޖޭގެ ރޭންކިން އޮތީ 57 ވަނައިގަ އެވެ.
ވެލްނަސް އިގްތިސާދުގެ ދާއިރާގެ ދުނިޔޭގެ މާކެޓް ސައިޒު 6.3 ޓްރިލިއަން ޑޮލަރަށް އަރަ އެވެ. އެއީ 2019 ވަނަ އަހަރަށް ވުރެ 25 ޕަސެންޓު އިތުރު އަދަދެކެވެ.
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"
ބުލީއަކަށް ނުގުޑާނެ، ފައިސަލް ހުރީ ގަދަކޮށް
ރިސޯޓުތަކުގެ ބިދޭސީމުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ރިސޯޓް!