އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ އޭނާގެ މައްސަލާގައި އެއްވެސް އަސާސެއް ނެތް ކަމަށް އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ އިނޮކޮމިކް މިނިސްޓަރު އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
13 އޮކްޓޯބަރ 2025
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ އޭނާގެ މައްސަލާގައި އެއްވެސް އަސާސެއް ނެތް ކަމަށް އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ އިނޮކޮމިކް މިނިސްޓަރު އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުގެ މައްސަލާގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް އޭސީސީން ތަހުގީގުކުރާ މައްސަލާގައި ސުވާލު ކުރުމަށް އެ ކޮމިޝަނަށް މިއަދު ހެނދުނު ފައްޔާޒް ވަނީ ހާޒިރުކޮށްފަ އެވެ. އޭސީސީން ނުކުމެވަޑައިގެން އޭނާ ވިދާޅުވީ އެ ކޮމިޝަނުން ބަލަނީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށެވެ.
"އޭސީސީން ބަލަމުން އަންނަ މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް. މައްސަލަ ތަހުގީގުކުރާ އިރު، ތަހުގީގާ ގުޅޭ އެއްވެސް ތަފުސީލެއް އެ ބޭފުޅުން އަތުގައި ނެތް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ އިނޮކޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އޭސީސީން ނުކުމެވަޑައިގެން ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ފައްޔާޒް ވިދާޅުވީ އޭސީސީން ކުރަނީ އެއްވެސް "ތާކުންތާކު ނުޖެހޭ" ތަހުގީގެއް ކަމަށެވެ.
ފައްޔާޒް އޭސީސީއަށް ހާޒިރުވުމުގެ އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ އަށް ތުހުމަތު ކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައި ވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމެވެ.
އެ އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޭސީސީން ތުހުމަތުކުރެ އެވެ.
ސްވިފްޓް އިންޖިނިއަރިންއަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.
ފައްޔާޒުގެ މައްސަލަ އޭސީސީން ބަލަން ފެށުމާ އެކު ސައުދުﷲ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލުގެ ގޮތުގައި ފައިސާ ނުދީ، އެ އަގުގެ މަޝްރޫއުތަކެއް ދީފައި ވުމަކީ ދައުލަތަށް ލިބުނު ބޮޑު ފައިދާއެއް ކަމަށެވެ.
ފައްޔާޒް މިއަދު އޭސީސީއަށް ހާޒިރުކުރި އިރު، ހަމަ މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް އެމްޑީޕީ އެންމެ ފަހު ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އިއްޔެ ވަނީ އެ އިދާރާއަށް ހާޒިރުކޮށްފަ އެވެ.
ކުރީގެ މިނިސްޓަރު ފައްޔާޒް އޭސީސީއަށް ހާޒިރުކޮށްފި
ފައްޔާޒުގެ ތާއީދު އިބޫގެ ކެންޑިޑޭޓް ގަޕޯއަށް
"ހިޔާލު ތަފާތުވުންތަކާއެކު ސަރުކާރު ޖަވާބުދާރީނުކުރެވޭ"
ހިތަށްވީ ތަދުގެ ބަދަލުހޯދަން އުޅެގެން ކުރިއެރުމެއް ނެތް
ފައްޔާޒު، އެމްޑީޕީގެ ޗެއާޕަސަންކަމުން އިސްތިއުފާދީފި
އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ: ކޯޓް
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު ވެސް އޭސީސީއަށް
އޭސީސީއަށް ހާޒިރު ކުރަނީ ފަހަތަށް ޖައްސަން: އިބޫ
"ސްވިފްޓަށް ބަދަލު ދިނީ ދައުލަތަށް ފައިދާވާ ގޮތަށް"
އާންމުން ބޭނުންނަމަ ވޭޕު ހުއްދަކުރާނަން: ފައްޔާޒު