އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް މިއަދު ރާއްޖޭން ކުޅޭ މެޗަށް 3،000 ޓިކެޓް ވިކިއްޖެ އެވެ.
14 އޮކްޓޯބަރ 2025
އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް މިއަދު ރާއްޖޭން ކުޅޭ މެޗަށް 3،000 ޓިކެޓް ވިކިއްޖެ އެވެ.
ގަލޮޅުދަނޑުގެ އިރުމަތީ ފަޅިއާއި ސަހަރާފަޅީ ސިޑިބަރިތަކުގެ ހާލަތު ރަނގަޅުނުވުނުން، އެ އެ ސަރައްދު ބޭނުން ނުކުރެ އެވެ.
އެހެންވެ ދަނޑުގެ ސީޓީން ކެޕޭސިޓީގެ ނިސްބަތް މިހާރު ކުޑައެވެ. ދަނޑުގެ އެވޭލަބަލް ސީޓިން ކެޕޭސިޓީ 4000 އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު ޒަރީރު ވިދާޅުވީ އިއްޔެ ނިޔަލަށް ޓިކެޓްގެ 75 ޕަސަންޓް ވިކިފައިވާ ކަމަށެވެ.
އެއީ 3،000 ޓިކެޓެވެ. އެއީ 3،000 ޓިކެޓެވެ. ގޮނޑިބަރީގެ ޓިކެޓް ވިއްކަނީ 100ރ. އަށެވެ. ސިޑިބަރީގެ ޓިކެޓް 50ރ. އަށެވެ. ޒަރީޒު ވިދާޅުވީ ޓިކެޓް ގަތުން މިއަދު ދަނީ ވަރަށް ބާރުބޮޑު ކަމަށެވެ.
"މިއަދު އުޅޭނީ ވެސް ވަރަށް ބާރުބޮޑުކޮށް،" ޒަރީޒރު ވިދާޅުވި އެވެ.
ގައުމީ ޓީމުގެ މެޗު ޕްރޮމޯޓް ކުރަން އެފްއޭއެމުން ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް މިދިޔަ ހޮނިހިރު ދުވަހު ބާއްވާފަ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރާއްޖޭން ކުޅޭ މެޗަކީ ދެ އަހަރަށް ފަހު ދިވެހި ޓީމުން ކުޅޭ ފުރަތަމަ ހޯމެ މެޗެވެ. ދިވެހި ޓީމުން އެންމެ ފަހުން ގަލޮޅު ދަނޑުގައި މެޗެއް ކުޅުނީ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގް މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް އޮކްޓޯބަރު 2023 ގަ އެވެ.
އޭގެ ދެ އަހަރު ފަހުން ރާއްޖޭން އަމިއްލަ ދަނޑުގައި މިއަދު ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ހަވީރު 3:30 ގަ އެވެ.
ރާއްޖޭގެ ކެޕްޓަން ސަމޫހް އަލީ ބުނީ ސަޕޯޓަރުން ޓީމުގެ ފަހަތުގައި ތިބެއްޖެނަމަ ރަނގަޅު ނަތީޖާއެއް ނެރެން ބޮޑު ހިތްވަރަކަށް ވާނެ ކަމަށެވެ.
ޔޫރަޕްގައި ކުޅެވޭނެ ކުޅުންތެރިން ރާއްޖޭގައި އެބަތިބި
ތަޖިކިސްތާނުން ރާއްޖެ ތިން ލަނޑުން ބަލިކޮށްފި
ބަލިނުވެ ސަލާމާތްވާން ރާއްޖެއަށް ގޮތެއް ހަދާލެވިދާނެ
ރާއްޖެއާ ކުޅެން ތަޖިކިސްތާނަށް ފަސޭހަ ނުވާނެ: ސެގަޓް
ތަޖިކިސްތާނުން އަމިއްލަ ދަނޑުގައި ރާއްޖެ ބަލިކޮށްފި
ރާއްޖެއަށް އިހްތިރާމު އޮންނާނެ: ތަޖިކިސްތާނުގެ ކޯޗު
ރާއްޖޭގެ މެޗަށް ނުކުންނަން ގެލާއަށް ފުރުސަތެއް ނުލިބުނު
މާފަށް އެދެމުން ސުޒޭން ގައުމީ ޓީމާ ދުރަށް
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
އޭޝިއަން ކަޕް އަތްފޯރާ ފަށަށް، އަތުކުރި އޮޅާލާ!