އައިޖީއެމްއެޗްގައި ކަށީގެ އޮޕަރޭޝަންތައް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރަން ފަށައިފި އެވެ.
15 އޮކްޓޯބަރ 2025
އައިޖީއެމްއެޗްގައި ކަށީގެ އޮޕަރޭޝަންތައް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރަން ފަށައިފި އެވެ.
މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި މިއަދު ވިދާޅުވީ ކަށި އަދި ޓްރޯމާ ޑިޕާޓްމަންޓުގެ ހިދުމަތްތައް ފުޅާކުރުމާއި އިތުރަށް ފުރިހަމަކުރަން އެންމެ ފަހުގެ އެޑްވާންސް ޓެކްނޮލޮޖީ، އާތުރޮސްކޮޕީ ޓަވަރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އޭރުން ހަތަރު ގުނަ ސާފުކޮށް، 4K ރިޒޮލިއުޝަންގައި ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗް @igmhmv ގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓްގެ ޚިދުމަތްތައް ފުޅާކުރުމާއި، އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މިހާރު މިވަނީ އެންމެފަހުގެ އެޑްވާންސް ޓެކޮނޮލޮޖީ (އޯލް އިން ވަން ހަތަރުގުނަ ސާފުކޮށްފެންނަ 4k ) އާރތްރޮސްކޮޕީ ޓަވަރު ބެނުންކުރަން ފެށިފައެވެ.… pic.twitter.com/CY4eJsRSxy
— Haleem (@22halex) October 15, 2025
"މި ސިސްޓަމާ އެކު ފަސޭހައިން ބަލި ދެނެގަނެވި، ސްޕޯޓްސް އިންޖަރީއަށް ފަރުވާކުރުމުގައި މޮޑަން މެތަޑްސް ބޭނުންކުރެވޭނެ އެވެ،" ހަލީމް ވިދާޅުވި އެވެ. އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމަންޓުގެ ހެޑް، ސީނިއާ ކޮންސަލްޓެންޓް އިން އޯތޯޕެޑިކްސް ޑރ. އިސްމާއިލް ޒާހިރު "މިހާރު" އަށް ވިދާޅުވީ އެ ހޮސްޕިޓަލުގައި އަލަށް ބޭނުންކުރަން ފެށީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށެވެ. އޭގެ ސަބަބުން، އޮޕަރޭޝަންތައް ކުރުމުގައި ހޭދަވާ ވަގުތާއި ކޮމްޕްލިކޭޝަންތައް ކުޑަކުރެވި، ބަލި މީހާގެ ރިކަވަރީ އަވަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ސެޓަޕްގައި ލިބޭ އަނެއް ފަސޭހައަކީ، ޑޮކްޓަރު ވިދާޅުވި، އޮޓޮމެޓިކުން ޕްރެޝަރާ އެއްޗެހި ބެލުމެވެ. "ސާޖަންއަށް ވަރަށް ފަސޭހަވެގެންދޭ، އިތުރު ކަންކަމަށް ވޮރީނުކޮށް ސާޖަރީ ފުރިހަމަކުރަން ލިބޭ،" އިސްމާއިލް ޒާހިރު ވިދާޅުވި އެވެ. ކަށީގެ ޑިޕާޓްމަންޓުން އެންމެ ގިނައިން ހަދާފައިވަނީ ކަކުލު ހުޅުގެ އޮޕަރޭޝަންތަކެވެ. ނަމަވެސް، އެ އައި ކުރިއެރުންތަކާއެި ކޮނޑުހުޅުގެ އޮޕަރޭޝަންތައް ގިނަވެ، ކުދިކުދި ޖޮއިންޓުތަކުގެ އޮޕަރޭޝަންތައް ވެސް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަރު މީހުންނަށް ބޭރިއަޓްރިކް ސާޖަރީކުރަން ފަށައިފި
އައިޖީއެމްއެޗުން އަމިއްލައަށް ކާޑިއެކް ސެންޓަރު ހިންގަނީ
ދުވަސްނުފުރާ އުފަންވާ ކުދިންގެ ލޮލަށްދޭ ފަރުވާ ފަށައިފި
ހުޅުމާލެ ޖީޕީ ކްލިނިކް 24 ގަޑިއިރަށް ބަދަލުކޮށްފި
ސަރުކާރު ފިހާރައިން 10 ދުވަސް ތެރޭ 700 އައިނު
ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި
އައިޖީއެމްއެޗް އައިނު ފިހާރަ މި މަހު ފަހުކޮޅު ހުޅުވަނީ
އައިޖީއެމްއެޗްގެ ފަސް ޑިޕާޓްމަންޓަކުން ރޭގަނޑު އޯޕީޑީ
ފުރަތަމަ ޖީޕީ ކްލިނިކް އަންނަ ޖުލައި މަހު ހުޅުވަނީ
އައިޖީއެމްއެޗުގެ އިންޓާން ރާއްޖޭގައި ކިޔަވާ ކުދިންނަށް