ށ. ފުނަދޫ އެއާޕޯޓް އިތުރަށް ތަރައްގީކުރަން މިރޭ ފެށި މަޝްރޫއު ނިމޭއިރު، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އެ އެއާޕޯޓުން ރޭގަނޑުގެ ދަތުރުތައް ވެސް ފެށޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
15 އޮކްޓޯބަރ 2025
ށ. ފުނަދޫ އެއާޕޯޓް އިތުރަށް ތަރައްގީކުރަން މިރޭ ފެށި މަޝްރޫއު ނިމޭއިރު، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އެ އެއާޕޯޓުން ރޭގަނޑުގެ ދަތުރުތައް ވެސް ފެށޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މުޅި ށ. އަތޮޅު މިހާރު ބަރޯސާވެފައި އޮތް ފުނަދޫ އެއާޕޯޓުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ހިދުމަތްތައް ނުލިބުމުގެ ކަންބޮޑުވުން އޮވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފުނަދުއަށް ވަޑައިގެން އެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މިރޭ ވަނީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާއި އިތުރު ހިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޝަރީފް ވިދާޅުވީ ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މައިގަނޑު މަސައްކަތަކީ ރޭގަނޑު ފްލައިޓް ޖެއްސޭނެ ގޮތް ހެދުން ކަމަށެވެ.
"ފުނަދޫ އެއާޕޯޓަށް އެންމެ މުހިންމު ކޮމްޕޮނެންޓަކީ ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތަށް ލައިޓެއް ލުން. މިއީ ބަލިމީހުން ވެސް އުފުލާ އެއާޕޯޓެއް. މިހާރު މިތަނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ދައްޗަކީ ރޭގަނޑު ފްލައިޓް ޖެއްސޭނެ ލައިޓެއް ނެތުން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ފުނަދޫގެ އެއާޕޯޓަކީ ގިނައިން ފްލައިޓް ޖައްސާ ތަނަކަށް ހަދައި ކައިރި ރިސޯޓުތަކުން އަންނަ ޓޫރިސްޓުންނަށް ހަމަޖެހިލައިގެން ތިބެވޭނެ ތަނަކަށް ހެދުމަށް ވަސީލަތްތައް ގާއިމްކުރާނެ އެވެ.
އެއާޕޯޓު ތަރައްގީކޮށް ނިމުމުން ލައުންޖާއި ރެސްޓޯރެންޓާއި ލަގެޖް ބެލްޓާއެކު އިތުރަށް ބޭނުންވާ ކަންތައްތައް ވެސް ފުރިހަމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ށ. ފުނަދޫ އެއާޕޯޓު ހުޅުވީ 2020 ގަ އެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.
ބިން ހިއްކަން އެމްއޭސީއެލް އިން ތިން ޑްރެޖަރު ގެންނަނީ
ބިލެތްފަހި އެއާޕޯޓް ދެ އަހަރާ ބައިން ނިންމާނަން:ރައީސް
ބިލަތްފަހީގެ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއަށް
ގުރައިދޫ އެއާޕޯޓް އަޅަން އެމްއޭސީއެލްއާ ހަވާލުކޮށްފި
ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި
ކުޅުދުއްފުށީ މަގުތަކާއި ޓާމިނަލް ތަރައްގީކުރަން ފަށައިފި
މަތިވެރި އެއާޕޯޓު އަޅަން ބިން ހިއްކަން ފަށައިފި
މަތިވެރި އެއާޕޯޓު އަޅައި ހިންގަން އެމްއޭސީއެލަށް
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
45މިލިއަން ލީޓަރުގެ ފިއުލް ފާމް ބޭނުންކުރަން ފަށައިފި