އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ހިމެނޭނެ ކަމަށާއި އޭގެ ތެރެއިން ވެސް އެންމެ އިސްކަމެއް ދެއްވާނީ ތައުލީމާއި ސިއްހީ ދާއިރާއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
16 އޮކްޓޯބަރ 2025
އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ހިމެނޭނެ ކަމަށާއި އޭގެ ތެރެއިން ވެސް އެންމެ އިސްކަމެއް ދެއްވާނީ ތައުލީމާއި ސިއްހީ ދާއިރާއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުނަދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުގައި ތައުލީމަށާއި ސިއްހީ ދާއިރާއަށް އެންމެ ބޭނުންވާ ވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
އަންނަ އަހަރު ތައުލީމީ ދާއިރާއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު އުނގަންނައިދިނުމުގެ ބޮޑު މަޝްރޫއެއް ފަށަން ނިންމާފައިވާކަން ވެސް ރައީސް މިރޭ އިއުލާންކުރެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ފުނަދޫގެ ރައްޔިތުންނާ ބައްދަލުކުރެެއްވުން.-- ފޮޓޯ: ރައީސް އޮފީސް
އެ މަޝްރޫއުގައި އެ ކުދިންނަށް ތައުލީމް ހާސިލްކުރެވޭނެ ގޮތާއި ހާއްސަ ކްލާސްރޫމްތައް ވެސް ހެދުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރުވަން ކުރާ މަސައްކަތުގައި، ރާއްޖެއިން ނުހެދޭ ޓެސްޓުތައް ހެދުމަށާއި އޮޕަރޭޝަންތަކާއި ޑޮކްޓަރަށް ދައްކަން ބޭރަށް ދިއުން މަދުކުރަން ރާއްޖޭގައި އާ އޮޕަރޭޝަންތަކާއި ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް ހޮސްޕިޓަލުތަކުގައި ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރަން ނިންމާފައިވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރެެއްވުން.-- ފޮޓޯ: ރައީސް އޮފީސް
"އެހެންވީމާ އަޅުގަނޑުމެން ގާތްގަނޑަކަށް ތިން ބިލިއަން، 3000 މިލިއަން ރުފިޔާ އާ މަޝްރޫއުތަކަށް މި އަންނަ އަހަރު އެބަ ކަނޑައަޅަން. އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ އަޅުގަނޑުމެން އަލަށް ފަށާ މިދެންނެވި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށާއި، މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ކަނޑައަޅާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އަންނަ އަހަރުގެ ބަޖެޓް ހާއްސަ ކޮށްފައި ވަނީ ބޯހިޔާވަހިކަމުގެ އާ، އިތުރު މަޝްރޫއުތައް ހިންގާނެ އަހަރަކަށާއި އަދި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް މީގެ ކުރިން ދުވަހަކު ވެސް ނުދޭހާ އިސްކަމެއް ލިބިގެންދާނެ އަހަރަކަށް."
ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަަރަށް ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. މިހާ ކުރިއާލައި ބަޖެޓުގައި ހިމަނާނެ ކަންކަމުގެ ވާހަކަ ދައްކަވަނީ ރައްޔިތުންނަށް އެ ކަންކަން ދާ ގޮތް ސާފުކޮށްދެއްވަން ކަމަށް ވެސް ވިދާޅުވި އެވެ.
ހާއްސައެހީ ބޭނުންވާ ކުދިންގެ ތައުލީމަށް ބޮޑު މަޝްރޫއެއް
ހޮސްޕިޓަލަކާ އެކު މާމިގިއްޔަށް އިތުރު މަޝްރޫއުތަކެއް
ފުނަދޫ އެއާޕޯޓާއި ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅުކުރަނީ
އާމްދަނީގެ ބޮޑުބައެއް ކުއްޔަށް ދިނުން ގަބޫލެއް ނުކުރެވޭ
އުއްމީދީ ރިޔާސީ ބަޔާނެއް، ގިނަ ހައްލުތަކެއް
ބޮޑު ޑްރެޖަރާ އެކު ރަސްމާލެ ހިއްކުން ހަލުވިކޮށްފި
ރަސްމާލެ ހިއްކުން ހަލުވިކުރަން ބޮޑު ޑްރެޖަރެއް ގެންނަނީ
އިތުރު ޑްރެޖަރެއް ގެނެސް މަސައްކަތް ހަލުވިކޮށްފި
"އާ ފްލެޓްތައް ހާއްސަ ކުރާނީ ވިލިމާލޭ ރައްޔިތުންނަށް"
ރަސްމާލެ އިން 25،000 ގޯތި ދޫކުރާނެ: ރައީސް