ރައްޔިތުންގެ އާމްދަނީގެ ބޮޑުބައެއް ގެދޮރުގެ ކުއްޔަށް ހޭދަކުރަން ޖެހުމަކީ ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ، ރާއްޖެ ކަހަލަ އާބާދީއެއް އޮންނަ ގައުމެއްގައި ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
17 ޖޫން 2019
ރައްޔިތުންގެ އާމްދަނީގެ ބޮޑުބައެއް ގެދޮރުގެ ކުއްޔަށް ހޭދަކުރަން ޖެހުމަކީ ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ، ރާއްޖެ ކަހަލަ އާބާދީއެއް އޮންނަ ގައުމެއްގައި ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރުނބާ މޯލްޑިވްސްގައި ފެށި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ މެންދުރު ސެޝަންގައި ނައިބް ރައީސް ވިދާޅުވީ، ރާއްޖެ އަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން އަހަރުން އަހަރަށް ކުރިއަރަމުން އައި ނަމަވެސް، އެ ކުރިއެރުން ހުރިހާ ރައްޔިތުންގެ މެދުގައި ނުބެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު، މި ސަރުކާރުން މަސައްކަތް ކުރަނީ، ހުރިހާ އެންމެން ޝާމިލްވާ ގޮތަށް ގައުމު ތަރައްގީ ކުރުމަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންވެސްޓަރުން ހޯދުމަށް ބާއްވާ ފުރަތަމަ މިފަދަ ފޯރަމްގައި ފައިސަލް ވިދާޅުވީ، ތައުލީމީ ދާއިރާއިންނާއި ސިއްހީ ދާއިރާ އިން ކުރިއެރުންތަކެއް ހާސިލްކޮށްފައިވާ އިރު އަދި ވެސް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށެވެ.
"މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ސިއްހީ ހިދުމަތަށް ބޮޑު ކުރިއެރުމެއް ވަނީ ގެނެސްފައި. ނޭޝަނަލް މެންޓަލް ހެލްތް އިންސްޓިޓިއުޓުން އާސަންދަ ކަވާ ކުރާނެ ގޮތް ވަނީ ފަހިކޮށްދީފައި. ނުވަ އަހަރާއި 13 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް އެޗްޕީވީ ވެކްސިން ވަނީ ދީފައި،" ފައިސަލް ވިދާޅުވި އެވެ.
ސަރުކާރުން ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިއްހީ ހިދުމަތްދޭ ތަންތަން ގުޅާލުމަށް މަސައްކަތް ކުރާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
އާ މަޝްރޫއުތަކަށް އަންނަ އަހަރު 3ބިލިއަން ކަނޑައަޅަނީ
އުއްމީދީ ރިޔާސީ ބަޔާނެއް، ގިނަ ހައްލުތަކެއް
ފަގީރުން އެހީ ހޯދަން ބޭނުންކުރާނެ ކާޑެއް ތައާރަފްކުރަނީ
ހޮސްޕިޓަލަކާ އެކު މާމިގިއްޔަށް އިތުރު މަޝްރޫއުތަކެއް
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
"ހައުސިން ފައިނޭންސް ލިބޭނެ ބޭންކްތައް ރާއްޖެއަށް ބޭނުން"
މަސްނޫއީ އަތާއި ފައި ހަދައިދޭ ލެބް ހުޅުވައިފި
"ރީތި އިމާރާތްތަކަކުން އެކަނި ތަރައްގީއެއް ނުގެނެވޭނެ"
އެސްޓީއޯގެ ރޭޑިއޯގްރަފީ ކޯސް ފަށައިފި
ސިއްހީ ނުރައްކަލުން ސަލާމަތްވާން އާ ގޮތަކަށް އުޅެންޖެހޭ