ބޮލީވުޑްގެ ތަރި ވަރުން ދަވަން ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެ އެވެ.
ބޮލީވުޑްގެ ތަރި ވަރުން ދަވަން ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެ އެވެ.
ވަރުން ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ އަތޮޅުގައި އޮންނަ ރިޓްޒް ކާލްޓަން މޯލްޑިވްސް ރިސޯޓުގަ އެވެ.
އެ ރިސޯޓުގެ ޕޫލް ކައިރީގައި ނަގާފައިވާ މިރޯ ސެލްފީއެއް ވަރުން އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ހިއްސާކޮށްފައިވެ އެވެ.
މި ދަތުރުގައި ވަރުންގެ އަންހެން ނަތާޝާ ދަލާލާއި ދަރިފުޅު އައިކަމެއް އަދި ނޭނގެ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވަރުން ވަނީ ޗުއްޓީއަށް ރާއްޖެ އައިސްފަ އެވެ. ވަރުން ކުރިން ބުނެފައިވާ ގޮތުގައި، ޗުއްޓީއަށް ދާން އޭނާގެ އެންމެ ފެވަރިޓް އެއް މަންޒިލަކީ ވެސް ރާއްޖެ އެވެ.
ވަރުން ޗުއްޓީ ހޭދަކުރަން ރާއްޖެ އައިރު، އޭނާގެ އެންމެފަހުގެ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" މި މަހު ދޭކުން ފެށިގެން އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. އަދި އެ ފިލްމު ޕްލޮޕްވާނެ ކަމަށް ވެސް މިހާރު ވަނީ ލަފާކޮށްފަ އެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ޖެނުއަރީ މަހު ރިލީޒްކުރާ އެކްޝަން ފިލްމު "ބޯޑާ 2" އެވެ.
އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ ހަނދާންކުރުމުގައި
ވަރުންގެ ޗުއްޓީ މި ފަހަރު ސޮނެވާފުށީގައި
ދީޕިކާ އާއި ސޮނާކްޝީ ބުރުގާ އެޅުމުން ފާޑުކިޔަނީ
ވަރުން އާއި ޖާންވީގެ އާ ފިލްމަށް ތަރުހީބު ކުޑަ!
ކެޓްރީނާ ވަރަށް އަވަހަށް ރާއްޖެ އަންނަނީ
ވެލަޔާއި ކޯމަހާ އެކު އަނަންޔާ ރާއްޖޭގައި ފީނަނީ
"ބޯޑާ 2"ގެ ލީޑު ކާސްޓު ދައްކާލައިފި
ސޮނާކްޝީއަށް ރާއްޖެއަކީ އަމިއްލަ ގެ
ޕީވީއާރް އިން ސިނަމާއެއް ހަދަން ބޭނުންވަނީ ރާއްޖޭގައި
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި