ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރު އަދި ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް އޭނާ ބުނެފި އެވެ.
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރު އަދި ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް އޭނާ ބުނެފި އެވެ.
ވިޒިޓް މޯލްޑިވްސް އިން އިންސްޓަގްރާމްގައި ޕޯސްޓުކުރި ރީލްއެއްގައި ކެޓްރީނާ ބުނީ ރާއްޖޭގެ ގްލޯބަލް އެމްބަސެޑަރުކަން ލިބުމުން ވަރަށް އުފާކުރާ ކަމަށެވެ.
ކެޓްރީނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ވެސް އެ ރީލް ރީޕޯސްޓުކޮށްފަ އެވެ.
ރާއްޖޭގެ ބިއްލޫރިކޮޅެއް ފަދަ ސާފު މޫދާއި ތަފާތު ދިރުންތަކުން މުއްސަނދި ކަނޑާއި ހަމަހިމޭން މާހައުލަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ތަޖުރިބާ ނުކުރެވޭނެ ކަންކަން ކަމަށް ކެޓްރީނާ ބުންޏެވެ.
"މި ސުވަރުގެއް ފަދަ ރާއްޖެ ތަޖުރިބާކޮށްލަން ޖެހޭ. ވަރަށް އަވަހަށް ރާއްޖެއިން ބައްދަލުވާނަން،" ކެޓްރީނާ ބުންޏެވެ.
ނަމަވެސް، ކެޓްރީނާ ރާއްޖެ އަންނަނީ ސީދާ ކޮން ދުވަހަކު ކަމެއް އަދި ނޭނގެ އެވެ.
އަލަތު ދަރިފުޅަށް ބަލިވެއިން ކެޓްރީނާ މި މަހު ވިހާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވެ އެވެ.
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެކަށް ކެޓްރީނާ ހަމަޖައްސައި އެކަން އިއުލާންކުރީ މިދިޔަ ޖޫން މަހު އެވެ.
އެ ޕާޓްނާޝިޕްގެ ބޭނުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރަން ދުނިޔޭގެ ގިނަ ޓޫރިސްޓުންނަށް ހިތްވަރު ދިނުން ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފައިވެ އެވެ.
ވިޒިޓް މޯލްޑިވްސް ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ނެޓްފްލިކްސްގެ "ވަން ޕީސް" ލައިވް-އެކްޝަން ސީރީޒްގައި ސަންޖީގެ ރޯލު ކުޅޭ އިނގިރޭސި އެކްޓަރު ޓެޒް ސްކައިލާ ވެސް މިދިޔަ އޮގަސްޓު މަހު ވަނީ ރާއްޖެ އައިސްފަ އެވެ. އަދި ރާއްޖެ އިޝްތިހާރުކުރުމަށް އެ ދަތުރުގައި އޭނާ އެކި ތަންތަނަށް ދިޔަ އެވެ.
ސޮނާކްޝީއަށް ރާއްޖެއަކީ އަމިއްލަ ގެ
ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ކެޓްރީނާ ކައިފް
ކެޓްރީނާ އާއި ވިކީ ވެސް ރާއްޖޭގައި
ކުނާލް އާއި ސޯހާ ޕަޓީނާގައި؛ ކަރީނާމެންނާ އެއްކޮށް؟
ދިވާލީގެ ބަންދަށް ކަރީނާ ރާއްޖޭގައި
ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިނޯދް ޗޯޕްރާއާ އެކު
ކެޓްރީނާ ފޮޓޯޝޫޓަކަށް ރާއްޖޭގައި
ދެ މިލިއަން ވަނަ ޓޫރިސްޓަކީ ހަނީމޫނަށް އައި ބެތަނީ!
ކެޓްރީނާ ވިހައިފި، ލިބުނީ ފިރިހެން ދަރިއެއް
ރާއްޖޭގެ މޫދަށް މަހޭޝް ބާބޫގެ ހިތް ދޫވެއްޖެ