މާލެއިން މުދާ ބަރުކޮށްގެން ޅ. ނައިފަރަށް ދަތުރުކުރަމުން ދިޔަ ބޯޓެއް މިއަދު އަޑިއަށް ހިނގައްޖެ އެވެ.
16 އޮކްޓޯބަރ 2025
މާލެއިން މުދާ ބަރުކޮށްގެން ޅ. ނައިފަރަށް ދަތުރުކުރަމުން ދިޔަ ބޯޓެއް މިއަދު އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ބުނީ "ނަސްރު ބޯޓު" ދިޔަވާތީ، އެއިން ދަތުރުކުރި ފަސް ފަޅުވެރިން ސަލާމަތްކޮށް ކޯސްޓުގާޑު އުޅަނދަށް ނަގާފައިވާ ކަމަށެވެ. އޭގެ ތަފްސީލެއް ނުލިބެ އެވެ.
ފޮލޯމީ އެޕް ދައްކާގޮތުން، ހދ. ނޭކުރެންދޫގައި ދުއްވާ އެ ބޯޓު އަޑިއަށް ދިޔައީ ޅ. އޮޅުވެލިފުށި ކައިރިއަށެވެ. އެ ބޯޓު މާލެއިން ފުރައިގެން ކ. ގާފަރަށް ގޮސް، އެ ރަށުން ފުރާފައިވަނީ މިއަދު ހެނދުނު 6:48 ގަ އެވެ.
ނޭކުރެންދޫ ކައުންސިލުން ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވީ މުދާ ހިފައިގެން ވަރަށް ގިނަ ހިސާބުތަކަށް އެ ބޯޓު ދަތުރުކުރާ ކަމަށެވެ.
އެކި ރަށްރަށަށް މުދާ ބާލަމުން، އެންމެ ފަހު ރަށެއްގެ ގޮތުގައި ނޭކުރެންދުއަށް ދާން ހަމަޖައްސާފައި އޮތީ ގާތްގަނޑަކަށް ދެ ދުވަސް ފަހުންނެވެ.
"ސީދާ ގެއްލުމެއް ސާފެއް ނުވޭ އެކަމަކު ކޮންމެ ފަހަރަކު ވެސް މުދާ ބަރުކޮށްގެން މި ދަތުރުކުރަނީ،" ކައުންސިލުން ވާހަކަދެއްކެވި މެމްބަރު ވިދާޅުވި އެވެ.
މުދާ ހިފައިގެން ދަތުރުކުރަން އެ ބޯޓު ބޭނުންކުރާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ކަނޑުމަތީގެ ހާދިސާތައް ހިނގަމުންދާއިރު، މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެފައިވާ މި ދުވަސްވަރު ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ކަމާގުޅުން ހުރި އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ
ގެއްލުނު ދެވަނަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލައި އެކަކު މަރުވެއްޖެ
ބަންޑުން ޖަހައިލި ޑިންގީއަކުން މީހުން ސަލާމަތްކޮށްފި
ޒަކަރިއްޔާ ހޯދުން ކުރިއަށް، އަދިވެސް ނުފެނޭ
ކަނޑުމަތީގެ ހަތް ހާދިސާއެއް، ގެއްލުނު މީހާ ނުފެނޭ
ކޮޅުވެއްޓި ބަންޑުން ޖަހާލީ ކުއްލިއަކަށް އަރިއަޅާލައިގެން
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް
ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ އަދިވެސް ނުފެނޭ
ލޭންޑިން ކްރާފްޓުން ނިޔާވީ ސިފައިންގެ މީހެއް