ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޑޮލަރު ލިބުން ދަތިވެ، ބޭރަށް ފައިސާ ފޮނުވޭ ލިމިޓު ދަށްކުރުމުން، ރާއްޖޭގައި މަސައްކަތް އިންޑިއާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ދިވެހި ސަރުކާރާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިރޭ ބުނެފި އެވެ.
ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޑޮލަރު ލިބުން ދަތިވެ، ބޭރަށް ފައިސާ ފޮނުވޭ ލިމިޓު ދަށްކުރުމުން، ރާއްޖޭގައި މަސައްކަތް އިންޑިއާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ދިވެހި ސަރުކާރާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިރޭ ބުނެފި އެވެ.
ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ޑޮލަރު ލިބުމުގެ ދަތިކަމާ އެކު، ރެމިޓަންސް ނުވަތަ ބޭރަށް ފައިސާ ފޮނުވަން އެސްބީއައި އިން ދެމުން އައި 400 އެމެރިކާ ޑޮލަރުގެ ލިމިޓު 150 އެމެރިކާ ޑޮލަރަށް ދަށްކުރިކަން އެ ބޭންކުގެ ކަސްޓަމަރުންނަށް އަންގާފައިވާ ކަމަށެވެ.
ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންގެ ތެރެއިން ރުފިޔާ އިން މުސާރަ ލިބޭ މީހުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށް ހައި ކޮމިޝަންގެ ބަޔާނުގައި ބުންޏެވެ.
އެހެންވެ، އެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލު ކުރުމަށްޓަކައި، ދިވެހި ސަރުކާރާއި އިންޑިއާގެ ކަމާގުޅޭ އިދާރާތަކާ އެކު މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
އެ މަޝްވަރާތައް އަމާޒު ކޮށްފައިވާ އެއް ދާއިރާއަކީ ދާދި ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ތައާރަފުކުރި ޔޫޕީއައި ހިދުމަތާއި ރޫޕޭ ކާޑު އަދި އިންޑިއާ ރުޕީސް އިން ރާއްޖޭގައި އެކައުންޓު ހުޅުވޭ އިންތިޒާމުތައް މެދުވެރިކޮށް، މި މައްސަލައަށް ހައްލެއް ހޯދުމެވެ.
އަދި މި މައްސަލައަށް ހައްލެއް ލިބެންދެން، ރެމިޓެންސް ޕްލޭން ކުރުމާއި އެމެރިކާ ޑޮލަރުން މުސާރަ ދިނުން އެދުމާއި އެސްބީއައި އަދި އިންޑިއާ ސަރުކާރުން މިކަމާ ގުޅިގެން ހިއްސާ ކުރާ މައުލޫމާތުތައް ގަވާއިދުން ހޯދައި ބެލުމަށް ހައި ކޮމިޝަނުން ވަނީ ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ.
ހަނިމާދުއަށް ވައިގެ ދަތުރު އިތުރުކުރަން މަޝްވަރާކޮށްފި
500 މީހުންނާއެކު މިއަހަރުގެ ޔޯގާ ދުވަސް ފާހަގަކޮށްފި
50 މިލިއަން ޑޮލަރު ދެއްކުން އަނެއްކާވެސް ފަސްކޮށްދީފި
ޑޮލަރު ފޮނުވުމުގައި ހައްލަކަށް އިންޑިއާއިން އެދިއްޖެ
ހައްޔަރުކުރި އިންޑިއާ މީހާ އަތުން 100،000 ޑޮލަރު
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
އިންޑިއާ ސަފީރު، ރައީސްއާ ބައްދަލު ކުރައްވައިފި
ހެލިކޮޕްޓަރު ޖެއްސީ އިމަޖެންސީ ހާލަތުގައި:ހައި ކޮމިިޝަން
އިންޑިއާގެ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
އިންޑިއާއިން ފިޔާ އެތެރެ ކުރަނީ ވަކި އެއްބަސްވުމަކުން