ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް އުޅުއްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ ޕާޓީގެ ދާއިމީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
18 އޮކްޓޯބަރ 2025
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް އުޅުއްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ ޕާޓީގެ ދާއިމީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ޕީއެންއެފުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ގައުމީ ޖަލްސާ މިމަހުގެ 30 ވަނަ ދުވަހު ބާއްވާނެ ކަމަށާއި އެ ޕާޓީގެ ދާއިމީ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުން ވެސް އެ ދުވަހު އޮންނާނެ ކަމަށެވެ.
ޕީއެންއެފް އުފެއްދީ މިދިޔަ އަހަރުގެ އޭޕްރިލްމަހު އެވެ. އޭރުން ފެށިގެން އެ ޕާޓީގެ މަގާމުތަކުގައި ތިއްބެވީ އެ މަގާމުތަކަށް ވަގުތީ ގޮތުން އައްޔަންކޮށްފައިވާ ބޭފުޅުންނެވެ.
އެ ޕާޓީގެ އިއުލާނުގައިވާ ގޮތުން މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އެތެރޭގެ އިންތިހާބުގައި ރައީސަކާއި ދެ ނައިބުރައީސުން ހޮވާނެ އެވެ. އޭގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށާއި ރެޖިސްޓެރާގެ މަގާމަށް ވެސް އެ އިންތިހާބުގައި ބޭފުޅުން ހޮވާނެ އެވެ. އެ ޕާޓީގެ ސެނެޓަށް (ޕާޓީގެ ބޮޑެތި ނިންމުންތައް ނިންމާ ކައުންސިލް) އަށް 14 ބޭފުޅަކު ހޮވުން ވެސް އެ އިންތިހާބުގައި އޮންނާނެ އެވެ.
ޕީއެންއެފް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިސްވެ ހުންނަވައި އުފެއްދެވި ޕީޕީއެމް އާއި ހަމަ އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީއެންސީ އެކުވެގެން ރިޔާސީ އިންތިހާބަށް ނެރުނު ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމަށް ވަޑައިގެންނެވުމާ އެކު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން އުފެއްދި ޕާޓީ އެކެވެ. ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވުމުން އެ ޕާޓީގެ ގިނަ މެންބަރުން ޕީއެންސީއަށް ބަދަލުވެ، ޕީޕީއެމް ވަނީ ފަހުން އުވާލައިފަ އެވެ.
ވޯޓު ކަރުދާހުގައި ނަން އޮންނާނެ: ޔާމީން
ޕީއެންއެފްގެ ރައީސަކީ ޔާމީން، ނައިބަކީ ޖަމީލާއި ޒައިން
ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލެއްވީ ޔާމީން އެކަނި
ޔާމީންގެ ޕީއެންއެފް ޕާޓީ ރަޖިސްޓްރީކޮށް ދީފި
ވެރިކަން ބޭނުންވުމަކީ ކޮރުކަމެއް ނޫން: ޔާމީން
12 މެމްބަރުން ނިކަމެތިކޮށްލި ގޮތް ހަނދާން ނެތް
ކޮރަޕްޝަނާ ގުޅުވައިގެން ޔާމީންގެ ބޮޑެތި ތުހުމަތުތަކެއް!
ސިޔާސީ މައިދާނުން އެކަހެރިއެއް ނުކުރެވޭނެ: ޔާމީން
ގާނޫނީ ސިޔާސީ ހަރަކާތަކަށް ހުރަހެއް ނާޅާނެ: ސަރުކާރު
ޕީއެންއެފްއިން 3،000 މެމްބަރުން ހަމަކޮށްފި