Roadha Mihaaru
ޕީއެންއެފްއިން 3،000 މެމްބަރުން ހަމަކޮށްފި

ޕީއެންއެފް އިން 3،000 މެމްބަރުން ހަމަކޮށްފި، ޕާޓީ އުފެއްދުމުގެ ޖަލްސާއަށް ހުއްދަ ދީފި

04 އެޕްރީލް 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް ޕާޓީ (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ އަދަދަށް މެމްބަރުން ހަމަކުރުމުން އެ ޕާޓީ އުފެއްދުމުގެ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް ޕާޓީ (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ އަދަދަށް މެމްބަރުން ހަމަކުރުމުން އެ ޕާޓީ އުފެއްދުމުގެ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

ޕީއެންއެފް އުފެއްދުމަށް ޔާމީންގެ ދަރިކަލުން ޒެއިން ޔާމީންގެ ނަމުގައި އެ އިލެކްޝަންސް ކޮމިޝަނަށް ކުރިން ހުށަހެޅި ނަމަވެސް އެ ޕާޓީން ހުށަހެޅި ބައެއް ފޯމުތައް ސައްހަ ނުވާތީ ޕާޓީ އުފެއްދުމުގެ ހުއްދަ ކޮމިޝަނުން ދީފައެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުންގެ ސޮއި ޕީއެންއެފް އިން ހަމަކޮށްފައި ވާތީ އެ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އެ ޕާޓީއަށް ދީފައިވާ ކަމަށެވެ.

ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާއަކީ އެ ޕާޓީގެ ވަގުތީ ލީޑަޝިޕާއި ޕާޓީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ ބެހޭ ކަންކަން ފާސްކުރުމަށް ބާއްވާ ޖަލްސާ އެކެވެ. އެ ޖަލްސާ ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން ވަކި އަދަދަކަށް މެމްބަރުން ހަމަވެގެންނެވެ.

މި ވަގުތު ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތް ދުވަސްވަރު ޕީޕީއެމް އިން އަމިއްލަފުޅަށް ވަކިވެ ވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު މިހާރު ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.