ސްކޭމްކޮށްގެން ފައިސާ ހޯދުމަށް ގެންގުޅޭ ނަމްބަރުތަކާއި ބޭނުންކުރާ އެކައުންޓްތަކުގެ ނަމްބަރުތައް އެނގޭނެ ގޮތަށް މޮބައިލް އެޕްލިކޭޝަނެއް ހަދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
19 އޮކްޓޯބަރ 2025
ސްކޭމްކޮށްގެން ފައިސާ ހޯދުމަށް ގެންގުޅޭ ނަމްބަރުތަކާއި ބޭނުންކުރާ އެކައުންޓްތަކުގެ ނަމްބަރުތައް އެނގޭނެ ގޮތަށް މޮބައިލް އެޕްލިކޭޝަނެއް ހަދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އިންސްޕެކްޓާ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ އަލަށް ހަދާ އެޕްލިކޭޝަންގައި ސްކޭމަރުންގެ ނަމްބަރުތަކާއި އެކައުންޓު ނަމްބަރު އަދި ފިޝިން ލިންކާއި ޕްރޮމްޓް މެސެޖުގެ މައުލޫމާތު ފެންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މީހަކަށް ސްކޭމް ކޯލެއް އަތުވެއްޖެނަމަ، އެޕަށް މައުލޫމާތު އެޅޭނެ ކަމަށެވެ. އަދި އެ މައުލޫމާތު ކަށަވަރު ކުރުމަށްފަހު އާއްމުންނަށް ފެންނާނެ ގޮތަށް އެޕުގައި އާންމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ އަށް ގަޑިއިރަކުން އެޕަށް އެ މައުލޫމާތު އަޕްޑޭޓް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ސަބަބުން މިޓިގޭޓްކުރުމަށް ވަރަށް ބައިވަރު މަސައްކަތްތައް ކުރެވޭ. ސްކޭމް ކޯލެއްކަން ޝައްކުވާ ނަމަ އެޕްގައި ޖަހައިގެން ސާޗްކުރެވޭނެ. ލިންކު ވެސް ބެލޭނެ،" އަޒީފް ވިދާޅުވި އެވެ.
ސްކޭމް ހިންގާ މީހުން އެކި އުކުޅުތައް ބޭނުންކޮށްގެން، އެތައް މިލިއަން ރުފިޔާއެއް އޮޅުވާލައިގެން ހޯދަ އެވެ.
އަޒީފް ވިދާޅުވީ ސްކޭމް ކޯލެއްގެ މައުލޫމާތު ނުވަތަ ސްކޭމް ނަމްބަރެއްގެ މައުލޫމާތު ޕަބްލިޝްކުރާ ހިސާބުން، އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި އެ ފިޔަވަޅު އެޅުން ލަސްވުމުން ސްކޭމްގައި ޖެހޭ މީހުން އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ ސްކޭމްގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅުމަށްފަހު، އެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދާ ގޮތުގެ އަޕްޑޭޓް ނުލިބޭތީ އާންމުންގެ ޝަކުވާ ލިބޭ ކަމަށެވެ. އެހެންވެ، އެފަދަ މައްސަލަތަކުގެ އަޕްޑޭޓް ވެސް އަލަށް ލޯންޗުކުރާ އެޕް މެދުވެރިކޮށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮޅުވާލައިގެން އެކައުންޓުތަކަށް ފައިސާ ޖަމާކުރާ މީހެއް!
ސްކޭމްތަކުގައި ގެއްލުނު 200،000 ރުފިޔާ ހޯދައިފި
ފޭކް ސްލިޕުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
ސްކޭމްކޮށްގެން މީހުންގެ އަތުން މިލިއަން ރުފިޔާ ނަގައިފި
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު
ޗައިނާ މީހުންނަށް ރާއްޖޭގައި ބޮޑު ސްކޭމެއް
ގެދޮރުވެރިޔާ ފްލެޓާ ގުޅޭ ސްކޭމް މެސެޖެއް، ސަމާލުވޭ
އަސްކޮއިއިން ލަނޑުލިބުނު މީހުން ރިޕޯޓްކުރަން އެދިއްޖެ
ސްކޭމުގެ ބޮޑެއް އަތުލައިގަންނަން އެހީވީ އާންމުން