ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރުމުން ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން މިއަދު ނައްތާލައިފި އެވެ.
19 އޮކްޓޯބަރ 2025
ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރުމުން ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން މިއަދު ނައްތާލައިފި އެވެ.
ކަސްޓަމްސް އިން ބުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 199 ސިނގިރޭޓް ކޭސް މިއަދު ނައްތާލާފައިވާ ކަމަށެވެ. އެއީ 3.1 މިލިއަން ސިނގިރޭޓެވެ. ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި އެ ތަކެތި ނައްތާލީ ދޫނިދޫގަ އެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކޭސްތައް ނައްތާލަނީ --- މިހާރު ފޮޓޯ/ފަޔާޒު މޫސާ
ގިނަ އަދަދެއްގެ ސިނގިރޭޓު ނައްތާލިއިރު، ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރު ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅުނު 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ކަސްޓަމްސުން ހިފަހައްޓާފައި ވަނިކޮށް ދާދިފަހުން ވަނީ ގެއްލިފަ އެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކޭސްތައް މިއަދު ވަނީ ނައްތާލަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެ ތަކެތި އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރީ އެ މައްސަލައިގެ ތަހުގީގު ނުނިމޭތީ އެވެ. އަދި އެ ތަކެތި ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ ކުރީކޮޅު އެވެ.
އެ މައްސަލާގައި 12 މީހަކު ފުރުން މަނާކޮށް، އަދި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނެ އެވެ. އަދި ކަސްޓަަމްސްގެ ކުރީގެ އޮފިސަރެއް ކަމަށްވާ މުއާޒް އަލީ އާއި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް ވެސް އެ މައްސަލާގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފަ އެވެ.
ޓޫރިސްޓުން ގެންނަ ދުންފަތުގެ ބާވަތުން ޑިއުޓީ ނުނަގާނެ
ދުންފަތުގެ ބާވަތްތައް ބޮންޑު ނުކުރެވޭ ގޮތް ހަދައިފި
ޑިއުޓީ ބޮޑުކުރިއަސް ސިނގިރޭޓް އެތެރެކުރުން އިތުރުވަނީ
ފުރަތަމަ ތިންމަހު 144 މިލިއަން ސިނގިރެޓް އެތެރެކުރި
މިދިޔަ އަހަރު 500 މިލިއަން ސިނގިރޭޓް އެތެރެކުރި
އެއް މަސް ވީއިރު ވެސް ދިގަލި ވާހަކައެއް ނުދެއްކި!
ކޮމިޓީގެ ލަފައާއެކު މަހުމޫދުރިޔާޒުގެ ވަޒީފާ އިޔާދަކޮށްފި
މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން ލަފާއަރުވައިފި
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
ތިން އޮފިސަރުންގެ ކަންކަން އެބަ ބަލަން: ކަސްޓަމްސް