ކޮވިޑް-19 ގެ ދުވަސްވަރު ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ނެގި ލޯނުތަކުގެ އިންޓަރެސް މާފުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
11 އެޕްރީލް 2024
ކޮވިޑް-19 ގެ ދުވަސްވަރު ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ނެގި ލޯނުތަކުގެ އިންޓަރެސް މާފުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ކޮވިޑުގެ ދުވަސްވަރު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް، އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކޮށްފަ އެވެ.
ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެސްޑީއެފްސީ މެދުވެރިކޮށް ނެގި ލޯނުތަކަށް ފައިސާ ނުދެއްކިފައި އަދިވެސް ގިނަ ބަޔަކު އެބަތިބި ކަމަށާއި އެހެންވެ، އެ މީހުންނަށް ލުޔެއް ދިނުމުގެ ގޮތުން އެ ލޯނުތަކުގެ އިންޓަރެސްޓް މާފުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ލޯނު ނެގި މީހުން މި ފިތުރު އީދު ބަންދަށް ފަހު، އެސްޑީއެފްސީ އަށް ފޯމު ހުށަހަޅައިގެން އިތުރަށް ކުރިއަށް ގެންދެވޭނެ އެވެ. އަދި އެޗްޑީއެފްސީ މެދުވެރިކޮށް ނެގި ހައުސިން ލޯނުތަކަށް ވެސް ބޮޑު އިންޓަރެސްޓެއް އަރައި އެ ނުދެއްކިގެން ގިނަ ބަޔަކު އުޅެމުން ދާތީ، އެ ލޯނުތަކުގެ އިންޓަރެސްޓް ވެސް މާފުކުރަން ނިންމަވާފައިވާކަން ރައީސް މުއިއްޒު އިއުލާން ކުރެއްވި އެވެ.
ލ. ފޮނަދޫގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް މުއިއްޒު މިރޭ ވާޙަކަފުޅު ދައްކަވަނީ.
"އީދު ބަންދަށް ފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމަށް ހުޅުވާލާނަން. އެއީ ލޯނުތައް ނެގި އެންމެންގެ އިންޓަރެސްޓް. ދެން އެ ލޯނު ނެގި މީހުންނަށް އެ އަށް އެޕްލައިކޮށް އެގްރީމަންޓް ހެދީމާ އިންޓްރެސްޓް މާފުވާނެ،" ރައީސް ވިދާޅުވި އެވެ.
"ހައުސިން ލޯނުތަކަށް ވެސް އޭރު އޮތީ މޮރިޓޯރިއަމަކުން މަހުން މަހަށް ދައްކަންޖެހޭ ވަރު ލަސްކޮށްދީފައި. ނަމަވެސް އިންޓަރެސްޓް އަރަމުން އަރަމުން ގޮސްފައި ހުރީ ނުކަތާވަރަށް."
ރައީސް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުނީ ވެސް މި ލޯނުތަކުގެ އިންޓަރެސްޓް މައާފުކުރާނެ ކަމުގެ ވާހަކަ ދައްކަމުން ދަނިކޮށް ކަމަށެވެ. އެކަމަކު މި ސަރުކާރަކީ އަމަލީ ގޮތުން ކަންކަން ކުރާނެ ސަރުކާރެއް ކަމަށާއި އިންތިހާބުތައް ބޯމަތިވަންދެން ކަންކަން ކުރަން މަޑުނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮވިޑުގެ ތެރޭގައި ކުދި ވިޔަފާރިތަކަށް އެސްޑީއެފްސީން ދޫކުރި ލޯނުތަކުގެ އިންޓްރެސްޓު އެއްކޮށް ކަނޑާލައި، ކުރިން އިންޓްރެސްޓް ދެއްކި މީހުންނަށް އަނބުރާ ފައިސާ ދިނުމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނިންމަވައި އިއުލާނު ކުރެއްވި އެވެ. އެކަމަކު، އެ އަށް އަމަލީ ސިފައެއް ނުގެނެ އެވެ.
"ތަރައްގީކުރެވޭނީ ވިޔަފާރިތަކަށް ހުންގާނު ދީގެން"
ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވީ ރައީސް: އަދުރޭ
ބޭރުން ފައިސާ ގެނެވޭ ގޮތަށް އީވޮލެޓު ފަށައިފި
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
އަންގާރައިން ފެށިގެން މަސްކޭސް ދޭނީ މިފްކޯ ފިހާރަތަކުން
ދިވެހި އަންހެނުންނަށްޓަކައި ގައުމު ފަހުރުވެރިވޭ: ރައީސް
މާލޭ ދެޓާމިނަލެއްގެ ބަނދަރު ފެރީތަކަށް ހުޅުވާލަނީ
ރަސްފަންނު އާންމުންނަށް ވަގުތީގޮތުން ހުޅުވާލައިފި
"އަޒުމަކަށް ހަދަންވީ ދީނަށް އަމަލުކުރާ މީހަކަށް ވުން"
ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ