ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަކީ އިންސާނީ ހައްގުގެ ރޮނގުން ބަލާއިރު އާދަޔާ ހިލާފް ބޭފުޅެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަކީ އިންސާނީ ހައްގުގެ ރޮނގުން ބަލާއިރު އާދަޔާ ހިލާފް ބޭފުޅެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕު މިހެން ވިދާޅުވީ ސައޫދީ ރަސްކަމަށް ފާޑު ކިޔައި ކޮލަމްތައް ލިޔަމުން ދިޔަ ކޮލަމިސްޓް ޖަމާލް ޚާޝުގްޖީ 2018 ވަނަ އަހަރު ތުރުކީގައި މަރާލުމުގައި ސައޫދީގެ ވެރިންނަށް އަދި ހާއްސަކޮށް މުހައްމަދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ފަހު މުހައްމަދު ފުރަތަމަ ފަހަރަށް އެމެރިކާއަށް ވަޑައިގެން ޓްރަމްޕާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހުގަ އެވެ.
"މިއަދު އޯވަލް އޮފީހަށް ވަޑައިގެން މި ހުންނެވީ ވަރަށް ވެސް ބޮޑަށް އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް. އަޅުގަނޑުގެ ޒަމާންވީ އަދި ގާތް އެކުވެރިއެއް،" މުހައްމަދާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕު ވިދާޅުވި އެވެ.
"އެ މަނިކުފާނު ކުރައްވާ މަސައްކަތާ މެދު ފަހުރުވެރިކަން. އިންސާނީ ހައްގުތަކުގެ ރޮނގުން އަދި އެހެން ހުރިހާ ދާއިރާކުން ވެސް ކުރައްވާފައި ވަނީ އާދަޔާ ހިލާފް މަސައްކަތެއް."
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު (ކ) އާއި ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިއަދު ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
މުހައްމަދު އެމެރިކާއަށް ވަޑައިގަތުމުން ވަނީ އެންމެ މަތީ ދަރަޖައިގެ މަރުހަބާއެއް ކިޔައިފަ އެވެ.
މުހައްމަދު ވައިޓް ހައުސް އަށް ވަޑައިގަތުމުން ޓްރަމްޕް ވަނީ އެފް-35 ސްޓެލްތު ފައިޓަ ޖެޓްގެ އަސްކަރީ ފްލައިޕާސްޓަކާ އެކު މަރުހަބާ ކިޔައިފަ އެވެ. މީގެ އިތުރުން ބޮޑު ބަޑީގެ ސަލާމަކާއި އަހުގެ ޕެރޭޑެއް ވެސް ބޭއްވި އެވެ.
ވައިޓް ހައުސްގެ އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި ގޮތުގައި ޓްރަމްޕާއި މުހައްމަދު ބޮޑު ބައްދަލުވުން އޮންނަ ދުވަހު ޕޯޗުގަލްގެ ފުޓްބޯޅަ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވައިޓް ހައުސްގައި ހުންނާނެ ކަމަށެވެ.
މި ދަތުރުގައި އެމެރިކާއިން ސައޫދީއަށް ރައްކާތެރި ކަމުގެ ޔަގީންކަން ހޯދުމަށް މުހައްމަދު މަސައްކަތްކުރައްވާނެ ކަމަށްވެ އެވެ. އެއީ މިދިޔަ މަހު އިޒްރޭލުން ގަތަރަށް ދިން ހަމަލާއަށް ފަހު ސައޫދީން މިހާރު ވަރަށް ބޮޑަށް ބޭނުންވާ ޔަގީންކަމެކެވެ.
ސައުދީން އެފް-35 މަރުކާގެ މަތިންދާބޯޓުގެ އިތުރުން އެންމެ ޒަމާނީ ވައިގެ އަދި މިސައިލް ދިފާއީ ނިޒާމުތައް އެމެރިކާއިން ގަންނަން ހުށަހަޅާނެ އެވެ. އަދި އޭއައި އަށް ބޭނުންވާ ހައި ޓެކް ޗިޕް އެމެރިކާއިން ލިބޭނެ ގޮތް ހޯދުމަށް ވެސް މަސައްކަތްކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ކަންކަމާ ގުޅުވައި ސައޫދީން އިޒްރޭލާ ގުޅުން ގާއިމުކުރުމަށް ޓްރަމްޕު ޑިމާންޑްކުރައްވާނެ ކަމަށް ބެލެވުނަސް އެކަމަށް ސައޫދީން މި ވަގުތު އެއްބަސްވުން ދުރު ކަމަށް، ދިރާސާކުރާ ބޭފުޅުން ވިދާޅުވެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު (ކ) އާއި ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިއަދު ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
ނިއު ޔޯކް ޓައިމްސް އަށް ލިޔުނު، ސައޫދީގެ ނޫސްވެރިއެއް ކަމަށްވާ ޚާޝުގްޖީ، ތުރުކީގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މަރާލި މައްސަލާގައި ސައޫދީ އާއި ތުރުކީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވި އެވެ.
ތުހުމަތުތަކާ ގުޅިގެން މުހައްމަދު އޭރު ވިދާޅުވީ ޚާޝުގްޖީ މަރާލައި ހަށިގަނޑު ކުދިކޮށް ކޮށައި ނައްތާލުމުގެ ޖަރީމާ ހިންގީ ސަރުކާރުގެ އޮފިޝަލުންތަކެއް ކަމަށް ވާއިރު އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، މައްސަލަ އަށް ދޭ ސަމާލުކަން ސައޫދީން ކުޑަ ނުކުރާނެ ކަމަށާއި ފުރިހަމަ އިންސާފެއް މި މަރާ ގުޅިގެން ހޯދަން ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށެވެ.
ޚާޝުގްޖީ މަރާލި މައްސަލާގައި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ބުނެފައިވަނީ މިކަމުގެ އަޑީގައި ހުރީ މުހައްމަދު ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. ސައޫދީ އެމްބަސީ ތެރޭގައި ހާޝުގްޖީ މަރާލި ކަމާއި އެކަން ކުރި ގޮތް ތުރުކީން ހޯދި އެވެ. ސައޫދީން ބުނަމުން އަންނަނީ މިއީ މުހައްމަދު އަދި ސަރުކާރުގެ ވެސް އެންގުމަކަށް ކުރި ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގައި ބައިވެރިވި މީހުންނަށް ޝަރީއަތް ހިންގައި ހުކުމް ތަންފީޒުކުރަމުން އަންނަ ކަމަށް އޭރު ބުނެފައިވެ އެވެ.
ސައޫދީން އިޒްރޭލާ ގުޅުން ގާއިމުކުރަން ޓްރަމްޕު އެދޭނެ!
ސައޫދީ ވަލީ އަހުދު އެމެރިކާގެ ރައީސާ ބައްދަލުކުރައްވަނީ
ޚާޝުގްޖީގެ މައްސަލައިގައި މުހައްމަދުގެ ދިފާއަށް ޓްރަމްޕު
ޓްރަމްޕާއެކު މަސައްކަތްކުރަން ލޯބިކުރަން: ބިން ސަލްމާން
ޕްރިންސް މުހައްމަދާއި ޓްރަމްޕް ބައްދަލު ކުރައްވައިފި
ޓްރަމްޕާ ބައްދަލު ކުރެއްވުމަށް ޕްރިންސް މުހައްމަދު އެމެރިކާ އަށް
ހޮންޑިއުރަސްގެ ކުރީގެ ރައީސަށް ޓްރަމްޕު މާފު ދީފި
އިޒްރޭލުން ސީރިއާގެ ކަންކަމާ ނުބެހެން ޓްރަމްޕު އިންޒާރު
"އިޚްވާނުލް މުސްލިމީން" އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް
ހަރަދު ކުޑަކުރަން ހެދި އޮފީސް "ސިއްރުން" އުވާލައިފި