މި އަހަރުގެ ދެވަނަ ކުއާޓަރުގައި ކޮންސްޓްރަކްޝަން ދާއިރާ އަށް 11 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ކޮންސްޓްރަކްޝަން ދާއިރާ އަށް 11 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ދާއިރާ ކުރިއަށް ދިޔައީ 3.7 ޕަސެންޓުގަ އެވެ. އެހެންވެ، ދެވަނަ ކުއާޓަރުގައި ދާއިރާވަނީ އިތުރަށް 7.6 ޕަސެންޓުގައި ކުރިއަރައިފަ އެވެ.
ކޮންސްޓަރަކްޝަން ދާއިރާ އަށް ލިބުނު ކުރިއެރުމާ އެކު، އެ ދާއިރާ އަށް ބޭނުންވާ ތަކެތި ރާއްޖެ އަށް އިމްޕޯޓު ކުރިވަރު ވެސް ވަނީ 11 ޕަސެންޓަށް މަތިވެފަ އެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި ކޮންސްޓްރަކްޝަން ދާއިރާ އަށް އެހާ ބޮޑު ކުރިއެރުމެއް ލިބުނީ، ރިއަލް އެސްޓޭޓް މަޝްރޫއުތަކާއި ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިންގާވަރު އިތުރުވުމުންނެވެ.
މިދިޔަ އަހަރެއްހަ ދުވަހު ދުވަހު ކޮންސްޓްރަކްޝަން ދާއިރާގައި ހިންގި ހަރަކާތަކުގެ އަދަދު ކޮންމެ ކުއަޓާއެއްގައި އެވްރެޖުކޮށް ދެ ބިލިއަން ރުފިޔާ އަަށް އަރަ އެވެ.
ކޮންސްޓްރަކްޝަން ދާއިރާ ކުރިއެރި އިރު ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިގްތިސާދު ވަނީ 2.5 ޕަސެންޓަށް ކުރިއަރައިފަ އެވެ. ރާއްޖޭގެ އިގްތިސާދު ކުރިއެރީ އިގްތިސާދީ މައިގަނޑު ހަރަކާތްތައް ހިންގާ ހުރިހާ ދާއިރާއެއް ވެސް ކުރިއެރުމުންނެވެ. މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާ ކުރަނީ 4.5 ޕަސެންޓުގަ އެވެ
ކޮންސްޓްރަކްޝަން ދާއިރާއަށް 16 ޕަސެންޓުގެ ކުރިއެރުމެއް
ލަފާކުރި ވަރާ ގާތަށް ވެސް އިގްތިސާދު ކުރިއެއް ނާރާ
މިދިޔަ އަހަރު އިގުތިސާދީ ގޮތުން ކާމިޔާބު: ގަވަރުނަރު
ކޮންސްޓްރަކްޝަން ދަށަށް، އާންމު ވިޔަފާރިތައް ކުރިއަށް!
އިގްތިސާދީ ހަރަކާތް އިތުރު ވިޔަސް ޑޮލަރު ތާށި: ސާވޭ
ޕެންޝަން ބޯޑުން ގާނޫނާ ހިލާފަށް އަމަލެއްނުކުރޭ: އިނާޒް
އަޒީމާ ގޮވާލެއްވީ އިންފްލޭޝަނަށް ތައްޔާރުވާން
ހާލަތާއި ބޮންޑު މުއާމަލާތާ ގުޅެނީ ކިހާވަަރަކަށް؟
އެމްއެމްއެމްއޭ، ޕެންޝަން އޮފީހުގެ މުއާމަލާތް ރައްކާތެރި
"ކޮންސްޓްރަކްޝަން ވިޔަފާރިތަކަށް ފުރުސަތު ފަހިވެއްޖެ"