07 އޮކްޓޯބަރ 2018
ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ އަމަލުތައް ހިންގައިގެން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 37 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި ހުރި މައްސަލަތަކެއް އެންވަޔަރްމަންޓް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފި އެވެ.
ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ އަމަލުތައް ހިންގައިގެން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 37 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި ހުރި މައްސަލަތަކެއް އެންވަޔަރްމަންޓް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފި އެވެ.
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި، ނެރެފައިވާ އެންވަޔަރްމަންޓް މިނިސްޓްރީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވާ ގޮތުން ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ އެކި އަމަލުތައް ހިންގައިގެން ކޮށްފައިވާ ޖޫރިމަނާތަކުގެ ތެރެއިން 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭ މައްސަލަތަކެއް އިސްތިއުނާފު މަރުހަލާގައި ނުނިމި އޮތް އިރު، އިތުރު މައްސަލައެއްގައި ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ 17 މިލިއަން ރުފިޔާ ހޯދަން، އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެކަށީގެންވާ ފިޔަވަޅު އަޅާފައެއް ވެސް ނުވެ އެވެ.
ޖޫރިމަނާގެ ގޮތުގައި 17 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މައްސަލައަކީ މީގެ ހަތް އަހަރު ކުރިން 2011 ގައި ޅ. ކޮމަންޑޫ ފަރަށާއި ދެދުމަށިދޭތެރެ ކިޔާ ފަރަކަށް ޓަގު ބޯޓަކާއި ބާޖެއް އުރިގެން ގެެއްލުން ލިބުނު މައްސަލަ އެވެ. އެ ފައިސާ ދައުލަތަށް ނުލިބޭ އިރު، އެ ފައިސާ ހޯދަން އީޕީއޭ އިން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަދި އެކަމާ ގުޅޭ ލިޔުންތައް ގުދަނެއްގައި ހުއްޓައި ހައުސިން މިނިސްޓްރީން އެ ގުދަން ސާފު ކުރި އިރު އެ ލިޔުންތައް ނައްތާލާފައިވާތީ އޮޑިޓަރުން ހޯދަން ބޭނުންވި އެއްވެސް ލިޔުމެއް ނުލިބޭ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް އަންގަވާފައިވަނީ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 17 މިލިއަން ރުފިޔާ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހޯދުމަށާއި އެކަމާ ގުޅޭ ދައުލަތުގެ ލިޔުންތަކެއް ގެއްލިފައިވާތީ އެ ކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށެވެ.
މީގެ އިތުރުން އެކި މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބި ހުރީ އީޕީއޭގެ ނިންމުން މިނިސްޓަރަށް އިސްތިއުނާފް ކުރުމުން އެ މައްސަލަތައް ނުނިމި ހުރުމުން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. އެ ރިޕޯޓުގައިވާ ގޮތުން 2009 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އެކި މައްސަލަތަކުގައި ކުރި ޖޫރިމަނާގެ މައްސަލަތައް އިސްތިއުނާފު މަރުހަލާގައި ނުނިމި އެބަހުއްޓެވެ. އޭގެ ސަބަބުން އެ ފައިސާ ހޯދުމުގެ ބާރު އީޕީއޭ އަށް ހަނިވެގެންދާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެހެންވެ، އިސްތިއުނާފު މަރުހަލާގައި ގިނަ ދުވަސް ނުވާނެ ފަދަ ގޮތަކަށް އެ މަރުހަލާ ކުރިއަށް ގެންދިއުމަށް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް އަންގަވާފައިވެ އެވެ.
ކ. ހުރާގެ ނަރުދަމާގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ނޭޝަނަލް ޓެންޑާ ބޯޑަށް ހުށަހެޅުމެއް ނެތި ކޮށްފައިވާ މައްސަލަ ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. މާލިއްޔަތު ގަވާއިދު އޮންނަ ގޮތުން 2.5 މިލިއަނަށް ވުރެ އަގު ބޮޑު މަޝްރޫއުތަކަށް ހުއްދަ ދޭނީ ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ކަމަށްވިޔަސް، 7.9 މިލިއަން ރުފިޔާ ޚަރަދުވި ހުރާގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ބިޑް އިވެލުއޭޝަންގެ މަސައްކަތް ކުރީ ހުރާ ކައުންސިލުން ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެ މަޝްރޫއަކީ ހުރާ ރައްޔިތުންގެ ފައިސާ އިން ޚަރަދުކުރާ މަސައްކަތެއް ކަމަށް އޮޑިޓަރުންނަށް ދިން ލިޔުންތަކުން އެނގެން އޮތަސް، އެ މަޝްރޫއަށް ހިނގި ޚަރަދު ދައުލަތުގެ ބަޖެޓުން ހުރާ ކައުންސިލަށް ވަނީ ދީފަ އެވެ.
އެ ރިޕޯޓުގައި އަންގާފައިވަނީ 2.5 މިލިއަނަށް ވުރެ އަގު ބޮޑު މަސައްކަތްތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ނޭޝަނަލް ޓެންޑާ ބޯޑަށް ހުށަހެޅުމަށެވެ.
ކައިވެނިކޮށްގެން އުޅުނު ބަޔަކަށް އެންސްޕާއިން އެލަވަންސް
ދިވެހި އެކައުންޓެންޓުން ސޮއި ލާޒިމްކޮށް ދާއިރާގެ އުހަށް
އޮޅުވާލައިގެން ފަސް މިލިއަން، ހޯދުނީ ދެ ލައްކަ
ހާލަތަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ނޫން!
9 މިލިއަނަށް ވީ ގޮތް ލިޔެކިޔުމުން އެނގޭނެ:އެންޑީއެމް
ހުޅުމާލެ ފެސިލިޓީން ގެއްލުމެއް ނުވާނެ: އެންޑީއެމްއޭ
އަގުބޮޑުކޮށް ގަތް މުދަލުގެ ފައިސާ އަނބުރާ ހޯދިން
ޑިޒާސްޓާގެ އިން ހަރަދުކުރުމުގައި ބޮޑެތި މައްސަލަތަކެއް
ކެއުމަށް ހޭދަކުރި 9 މިލިއަނާ މެދު ސުވާލުއުފައްދައިފި!
ބޭރުގައި ތާށިވި ދިވެހިންނަށް އެހީ ދިނުމުގައި ގޯސްތަކެއް