ރައީސްކަމުގެ ހުވާކުރެއްވި ފަހު، މިދިޔަ އެއް އަހަރާއި 11 މަސް ދުވަހުގެ ތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފި އެވެ.
ރައީސްކަމުގެ ހުވާކުރެއްވި ފަހު، މިދިޔަ އެއް އަހަރާއި 11 މަސް ދުވަހުގެ ތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފި އެވެ.
މިހާ ކުރު މުއްދަތެއްގައި ހުރިހާ ރަށަކަށް މީގެ ކުރިން ވަޑައިގަތް ރައީސަކީ މައުމޫން އަބްދުލްގައްޔޫމެވެ. އެ މަނިކުފާނު މީގެ 42 އަހަރު ކުރިން 1978 އިން 1983 އާ ދެމެދު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތެވެ.
ރައީސް މުއިއްޒު، ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭ ހުރިހާ ރަށަކަށް ވަޑައިގަތުން ފުރިހަމަވީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރިޔާސީ ދައުރު ތެރޭ ދެ ފަހަރު ވަޑައިގަތުމުގެ ވައުދާ އެއްގޮތަށް ޅ. އަދި ކ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު ތުލުސްދު އަށް ވަޑައިގަތުމާ އެކުގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. ތުލުސްދޫއަށް ވަޑައިގަތުމުން ރައްޔިތުން ނިކުމެ އެމަނިކުފާނާ ސަލާމް ކުރައްވަނީ.
ތުލުސްދު އަށް ވަޑައިގަތުމުން، ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ހުރިހާ ސިޓީއަކަށް ރައީސް މުއިއްޒަށް މަގާމުގެ ހައިސިއްޔަތުން ވަޑައިގެންނެވުނީ ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.
އެ އޮފީހުން ބުނީ ވެރިކަމުގެ ފުރަތަމަ އެއް އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ހުރިހާ ރަށަކަށް އެ މަނިކުފާނު ވަޑައިގެންފައިވާ ކަމަށާއި އެ މުއްދަތުގައި 63 ރަށަކަށް ދެވަނަ ފަހަރަށް ވެސް ޒިޔާރާތް ކުރައްވާފައިވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. ތުލުސްދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ގޮސް ތިބި ބަޔަކާ އެމަނިކުފާނު ސަލާމް ކުރައްވަނީ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ތެރެއިން ކޮންމެ ރަށެއްގެ ރައްޔިތުންނާ ވެސް ބައްދަލުކުރެއްވި ކަމަށާއި ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ވެރިންނާ ވެސް ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ވެސް ތަަރައްގީގެ މަޝްރޫއުތައް ފެއްޓެވި ކަމަށާއި ބައެއް ރަށްރަށުގައި މަޝްރޫއުތައް ނިންމަވައި އިފްތިތާހު ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ހުރިހާ ރަށަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ދަތުރުފުޅު ކުރައްވައި ކޮންމެ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ރާއްޖޭގެ އެންމެ މަތީވެރިއަކު ތާރީހުގައި ވެސް އަލަށް ކުރެއްވި މުހިއްމު ކަމެއްގެ ގޮތުގައި ރައީސް އޮފީހުން ސިފަކުރި އެވެ.
އަތޮޅު ކައުންސިލުތައް އުވާލާ އިސްލާހު މަޖިލީހަށް
"ތުލުސްދޫ އިތުރަށް އާބާދުކުރާނީ ގެދޮރު ދިނުމަށްފަހު"
ކައުންސިލްތަކުން ވަކި ފަރުދުންނަށް އެހީދޭން މަޖުބޫރުވާނެ
ރަށުގައި ހިދުމަތް ފުޅާކުރަނީ އަޅުދާސްތުވުން ހުއްޓުވަން
އިހުތިސާސުން ރަށް ވަކިކޮށް ރިސޯޓް ހަދަން ދެވޭނެ
އާންމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލްކުރަނީ
"ބޯޅަ އޮތީ ކައުންސިލް ކޯޓުގައި، ކަންކަން ކުރަންވީ"
ބޮޑުފޮޅުދޫން އެދުނީ ކައުންސިލްތަކަށް ދަތި ނުކުރުމަށް
"އިސްލާހު ގެނައީ ބަޖެޓު ނަހަމަ ގޮތުގައި ބޭނުންކުރާތީ"
ރައީސް ބ. އަތޮޅަށް