މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ހުރިހާ ހިދުމަތެއް ލިބޭގޮތަށް ހަދަން މި ސަރުކާރުން މަސައްކަތް ކުރަނީ އެ ރަށްރަށުގައި ދިރިއުޅޭ މީހުން އަތޮޅުގެ މައި ރަށަށް ނުވަތަ މާލެއަށް "އަޅުދާސްތުވެގެން" ތިބެން ބޭނުން ނުވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
07 އޮކްޓޯބަރ 2025
މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ހުރިހާ ހިދުމަތެއް ލިބޭގޮތަށް ހަދަން މި ސަރުކާރުން މަސައްކަތް ކުރަނީ އެ ރަށްރަށުގައި ދިރިއުޅޭ މީހުން އަތޮޅުގެ މައި ރަށަށް ނުވަތަ މާލެއަށް "އަޅުދާސްތުވެގެން" ތިބެން ބޭނުން ނުވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި އޭޓީއެމް ބަަހައްޓާތީ އިދިކޮޅު ފަރާތްތަކުން ފާޑުވިދާޅުވާ ކަމަށެވެ. އެކަމަކު އޭޓީއެމް އަކީ ކިހާ ބުރަ ދަތުރެއްގެ ނިމުން ކަން އެ ރަށެއްގެ ރައްޔިތުންނަށް އިހްސާސްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށްދޭ އެފަދަ ހިދުމަތްތަކާ ހެދި ސަރުކާރަށް މަލާމާތް ކުރިއަސް ކޮންމެ ރަށެއްގައި ވެސް އަސާސީ ހިދުމަތްތައް ލިބެން ޖެހެ އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ވީހާވެސް ލުއި ވާނެ ގޮތަކަށް އަސާސީ ކަންކަން، އަޅުގަނޑު ގަބޫލުކުރަނީ އެއީ އަސާސީ ކަންކަން ކަމުގެ ގޮތުގައި، ގާއިމް ކޮށްދޭން. އަބަދު މާލެއަށް ނުވަތަ އެ އަތޮޅުގައި އޮތް ދުރު ރަށަކަށް ގޮސްގެން އެ އަޅުދާސްތުވުން، އެ ތަހައްމަލް ކުރަން ޖެހޭ ދަތިކަން އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރަށްރަށުގައި ބަހައްޓާ އޭޓީއެމާއި އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުން ފަދަ ހިދުމަތްތަކުގެ އިތުރުން އުމްރާނީ ތަރައްގީއަކީ އިންވެސްޓްމަންޓެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލެ އާއި އަތޮޅުގެ މައި ރަށަށް ބަރޯސާވުން ކުޑަކުރަން ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒުން ސީދާ ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ މުއާމަލާތްކުރެވޭނެ ނިޒާމެއް ވެސް ގާއިމުކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަތޮޅު ކައުންސިލުތައް އުވާލާ އިސްލާހު މަޖިލީހަށް
ވެރިކަމަށް ދެ އަހަރު ނުވަނީސް ރައީސް ހުރިހާ ރަށަކަށް
ކައުންސިލްތަކުން ވަކި ފަރުދުންނަށް އެހީދޭން މަޖުބޫރުވާނެ
ހޮސްޕިޓަލަކާ އެކު މާމިގިއްޔަށް އިތުރު މަޝްރޫއުތަކެއް
ހެލްތު ސެންޓަރުތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސަނީ
"ރައީސް މުއިއްޒަށް ވުރެ އިހްލާސްތެރި ވެރިއަކު ނެތް"
އިހުތިސާސުން ރަށް ވަކިކޮށް ރިސޯޓް ހަދަން ދެވޭނެ
އާންމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލްކުރަނީ
"ބޯޅަ އޮތީ ކައުންސިލް ކޯޓުގައި، ކަންކަން ކުރަންވީ"
ބޮޑުފޮޅުދޫން އެދުނީ ކައުންސިލްތަކަށް ދަތި ނުކުރުމަށް