ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސް އިން ހިލާފުވެފައިވާ ކަމަށް ބުނެ އިޒްރޭލުން ޣައްޒާއަށް އަލުން ހަމަލާތަކެއް ދީފައި ވާއިރު އެ ހަމަލާތަކުގައި މަދުވެގެން 30 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސް އިން ހިލާފުވެފައިވާ ކަމަށް ބުނެ އިޒްރޭލުން ޣައްޒާއަށް އަލުން ހަމަލާތަކެއް ދީފައި ވާއިރު އެ ހަމަލާތަކުގައި މަދުވެގެން 30 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
"އިޒްރޭލުން ޣައްޒާއަށް އެންމެ ފަހުން ދިން ހަމަލާތަކުގައި 30 މީހަކު ޝަހީދުވެ އިތުރު ބަޔަކު ޒަހަމްވިކަން މިހާތަނަށް ވަނީ ކަށަވަރު ކުރެވިފައި. އަހަރެމެންގެ ޓީމުތަކުން އަންނަނީ އިތުރު މީހުން ޝަހީދުވެފައިވާ ވޭތޯ ބަލައި އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން،" ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި އެވެ.
އިޒްރޭލުން ރޭ ހަމަލާ ދިނީ ހަމާސް އިން އިޒްރޭލުގެ އަސީރުންގެ ހަށިތައް ހަވާލުކުރުމުގައި އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި އަދި ޣައްޒާގައި އިޒްރޭލު ސިފައިންނަށް ހަމަލާ ވެސް ދީފައިވާ ކަމަށް ބުނެ އެވެ. އެކަމަކު ހަމާސް އިން ތަކުރާރުކޮށް ބުނަމުން އަންނަނީ އެ ޖަމާއަތުން އެއްބަސްވުމަށް އަމަލުކުރާ ކަމަށާއި އެއްބަސްވުމާ ހިލާފްވަނީ އިޒްރޭލުން ކަމަށެވެ.
ހަމަލާ ދިން ނަމަވެސް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުއްވުމާ އެއްގޮތަށް ވީ އެއްބަސްވުން އަދިވެސް ދެމި އެބަ އޮތް ކަމަށެވެ.
އިޒްރޭލުން ހަމަލާ ދިނުމަށް އުޒުރެއްގެ ގޮތުގައި މިފަހަރު ބުނީ އިޒްރޭލު ސިފައިން ތިބުމަށް ފާހަގަކޮށްފައިވާ ރީނދޫ ރޮނގު ހުރަސްކޮށް ހަމާސް އިން ސިފައިންނަށް ހަމަލާދިން ކަމަށެވެ. އެކަމަކު މި ހަމަލާ ދިނީ ކޮން އިރަކު ކޮން ތާކު ކަމެއް ވެސް ނުބުނެ އެވެ.
ރޭ ހަމަލާތައް ދިނީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސް އިން ހިލާފުވެފައިވާ ކަމަށް ބުނެ، ޣައްޒާއަށް އަލުން ވަރުގަދަ ހަމަލާތައް ފަށަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކޮށްފި ކަމަށް އޭނާގެ އޮފީހުން ބުނުމާ އެކު އެކީގަ އެވެ.
"ސަލާމަތީ ކަންކަމާ މަޝްވަރާ ކުރުމަށްފަހު، ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޣައްޒާއަށް ވަގުތުން ވަރުގަދަ ހަމަލާތަކެއް ދިނުމަށް އަސްކަރިއްޔާއަށް އަންގާފައި،" ނަތަންޔާހޫގެ އޮފީހުން ބުންޏެވެ.
މިގޮތަށް ނިންމި ބައްދަލުވުމަކީ އެއްބަސްވުމުގެ ދަށުން ހަމާސްއިން ހަވާލުކުރަންޖެހޭ އަސީރުންގެ ހަށިތައް އަދިވެސް ހަވާލުކޮށް ނުނިމޭތީ އާއި އެންމެ ފަހުން ހަވާލުކުރި ހަށިގަނޑަކީ މީގެ ދެ އަހަރު ކުރިން ހަވާލުކުރި ހަށިގަނޑެއްގެ ބައެއް ކަމަށް ބުނުމަށް ފަހު އެކަމާ އަޅާނެ ފިޔަވަޅެއް ނިންމަން ބޭއްވި ބައްދަލުވުމެކެވެ.
ޣައްޒާގައި ހަމަލާދޭތާ ދެ އަހަރު ފަހުން ހަމަލާތައް ހުއްޓުމަކަށް ގެނުވި އެއްބަސްވުމާ ހަމާސް އިން ހިލާފުވެ، 28 ހަށިގަނޑު ހަވާލުކުރުމުގެ ސުންގަޑި ވެސް ހަމަވެފައިވާ ކަމަށް ބުނެ އިޒްރޭލުން ގެންދަނީ އިންޒާރުތައް ދެމުންނެވެ. އިޒްރޭލުން ބުނި ގޮތުގައި އެންމެ ފަހުން ހަވާލުކުރި، 16 ވަނަ ހަށިގަނޑަކީ، މީގެ ދެ އަހަރު ކުރިން ހަވާލުކުރި އެހެން އަސީރެއްގެ ހަށިގަނޑުގެ ބައިތަކެވެ.
އިޒްރޭލާއި ހަމާސް އެއްބަސްވުމުން ކުރިއަށްދާނެ: ގަތަރު
ހަމާސްގެ ލީޑަރުންނަށް ހިމާޔަތެއް ނުލިބޭނެ: އިޒްރޭލް
ޣައްޒާއަށް ހަމަލާދޭން ފަށަން ނަތަންޔާހޫ އަންގައިފި
ހަށިގަނޑެއްގެ މައްސަލައިގައި އިޒްރޭލުގެ އިންޒާރެއް
"މިނިވަން" ކޮމިޓީއަކުން ޣައްޒާ ހިންގަން އެއްބަސްވެއްޖެ
އިޒްރޭލުން އެހީވާ ގޭންގަށް ހަމާސްގެ ވަރުގަދަ ހަމަލާއެއް
ހަމަލާތައް އަލުން ފަށާނެކަމުގެ އިންޒާރު އިޒްރޭލުން ދީފި
ހަމާސް އިން އިޒްރޭލުގެ އަސީރުން މިނިވަންކުރަން ފަށައިފި
ޣައްޒާ ހިންގަން ހަމާސް ބައިވެރިނުވާނެ ކަމަށް ބުނެފި
ބޮމުގެ އަޑު ކެނޑި، ޣައްޒާގެ އާންމުން އެނބުރި ގެޔަށް