ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސް އިން ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމުމަކާ ހަމަޔަށް ގޮސްފައި ވާއިރު ވަރަށް އަވަހަށް ދެ ވަނަ މަރުހަލާ ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށް، ސުލްހައިގެ މެދުވެރިޔަކަށް މަސައްކަތްކުރާ ގަތަރުން ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސް އިން ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމުމަކާ ހަމަޔަށް ގޮސްފައި ވާއިރު ވަރަށް އަވަހަށް ދެ ވަނަ މަރުހަލާ ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށް، ސުލްހައިގެ މެދުވެރިޔަކަށް މަސައްކަތްކުރާ ގަތަރުން ބުނެފި އެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ ދެ ޕާޓީ ވެސް ދެ ވަނަ މަރުހަލާއަށް ވަރަށް އަވަހަށް ގެންދެވޭނެ ކަމަށް،" ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ ވިދާޅުވި އެވެ.
"އެހެން، ދެން އޮތީ މަސްރަހު ވަރަށް ބޮޑަށް އުނދަގޫވެގެން ހިނގައިދާނެ ކަންތައްތަކެއް. މިސާލަކަށް، [އިޒްރޭލު ސިފައިން ތިބި] ރީނދޫ ރޮނގު ތެރޭގައި ހުރި ބިންގަރާސް ތަކުގައި ތިބި ހަނގުރާމަވެރިންގެ މައްސަލަ އާއި މިހާރު މި އާންމުކޮށް މި ހިނގާ ފަދަ މައްސަލަތައް،" އޭނާ ވިދާޅުވި އެވެ.
ރީނދޫ ރޮނގަކީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލު ސިފައިން ފަހަތަށް ޖެހި ތިބެން ކަނޑައަޅާފައިވާ ސަރަހައްދު ފާހަގަކުރާ ރޮނގެވެ. އެ ސަރަހައްދު ތެރޭގައި ހަމާސްގެ ބައެއް ހަނގުރާމަވެރިން ބިންގަރާސް ޓަނަލްތަކުގެ ތެރޭގައި އަދިވެސް އެބަ ތިއްބެވެ. އިޒްރޭލުން ބުނާ ގޮތުގައި އެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ގެންދަނީ ހަމަލާ ދެމުންނެވެ.
ގަތަރާއި އެމެރިކާ އަދި މިސްރުން ގުޅިގެން ކުރި މަސައްކަތުން ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެންނަން އިޒްރޭލާއި ހަމާސް އެއްބަސްކުރުވައި އެ އެއްބަސްވުން ތަންފީޒުކުރަން ފެށީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައޮ ހަމާސް ޖަމާއަތާއި އެ ޖަމާއަތާ އެކު މަސައްކަތްކުރާ އެހެން ޖަމާއަތުން ރަހީނުކުރި އިޒްރޭލުގެ 48 މީހުން ދޫކޮށްލަން ނިންމި އެވެ. އޭގެ ތެރެއިން ދުނިޔޭގައި ތިބި 20 މީހުން، އެއްފަހަރާ މިނިވަންކުރުމަށް ފަހު ހަމާސް އިން ގެންދަނީ މަރުވި ރަހީނުންގެ ހަށިތައް ޣައްޒާގެ އެކި ތަންތަނުން ހޯދައި އިޒްރޭލާ ހަވާލުކުރަމުންނެވެ.
މިހާރު ހަވާލު ނުކޮށް ވަނީ ދެ މީހެއްގެ ހަށިގަނޑު ކަމަށް ވާއިރު އިޒްރޭލުން ބުނަމުންދަނީ ހަމާސް އިން ގަސްތުގައި އެކަން ލަސްކުރަނީ ކަމަށެވެ. އެކަމަކު ހަމާސް އިން ބުނަމުން އަންނަނީ އިޒްރޭލުން ދެ އަހަރު ވަންދެން ޣައްޒާއަށް ދިން ހަމަލާތަކުގައި މުޅި ސަރަހައްދު ބިމާ ހަމަވެފައި ވާތީ، ހަށިތައް ހޯދުމުގެ މަސައްކަތް ވަރަށް އުނދަގޫ ކަމަށެވެ.
ހަމަލާތައް ހުއްޓުމުގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމެއް
ހަމާސް އާއި އިޒްރޭލު ސުލްހަކުރުން ގަތަރުން ހުއްޓާލައިފި
އިޒްރޭލު/ހަމާސް އެއްބަސްވުމަކާ ގާތް ވެސް ނުވޭ: ގަތަރު
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ތިން ދުވަހުން 175 އަސީރުން މިނިވަންކޮށްފި
އިޒްރޭލު ސިފައިން ގާޒާގެ ގެތައް ލޫޓުވައި ފޭރެނީ
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
ބަހަނާއިން ފަލަސްތީނު މައްސަލަ އެއްފަރާތެއް ނުކުރެވޭނެ
ގަތަރުން ބުނަނީ ޣައްޒާގައި ހަނގުރާމަ ނުފެށޭނެ ކަމަށް
ހަމާސްގެ ލީޑަރުންނަށް ހިމާޔަތެއް ނުލިބޭނެ: އިޒްރޭލް