ޕެރިސް (އޮކްޓޫބަރު 31) - ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ވިންގާ ޑިޒިރޭ ޑޫއޭގެ ކަނައަތު ފަލަމަސްގަނޑަށް އަނިޔާވެގެން ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ޕެރިސް (އޮކްޓޫބަރު 31) - ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ވިންގާ ޑިޒިރޭ ޑޫއޭގެ ކަނައަތު ފަލަމަސްގަނޑަށް އަނިޔާވެގެން ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ އަށް އަނިޔާވީ މިދިޔަ ބުދަ ދުވަހުގެ ރޭ ލީގުގައި ލޯރިއެންޓްއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގަ އެވެ. ބައި ގަޑިއެއްހާއިރުގެ ކުޅުން ބާކީ އޮއްވައި އަނިޔާވެގެން ދަނޑުން ބޭލީ ސްޓްރެޗަރުގަ އެވެ.
"އަނިޔާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ކުރިއަށް ގެންދާނީ [އަންނަ މަހުގެ] އިންޓަނޭޝަނަލް ބްރޭކަށް ފަހު،" ޕީއެސްޖީގެ ސްޓޭޓްމަންޓްގައި ވެ އެވެ.
ޑޫއޭ އަށް އަނިޔާވީ، އަނިޔާއަކާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު އެއްކޮށް ކުޅުމާ ދުރުގައި ހުރުމަށް ފަހު، ޖެހިގެން އައި އޮކްޓޫބަރުގެ އިންޓަނޭޝަނަލް ބްރޭކާ އެކު، ކުޅުމުގެ ތެރެއަށް އައިސް އޭނާގެ ހަތަރުވަނަ މެޗުގަ އެވެ. ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ގޯލަކާއި ދެ އެސިސްޓް ކުރި އިރު، ޗެމްޕިއަންސް ލީގު މެޗުގައި ވަނީ ގޯލު ޖެހި އެވެ.
މި އަނިޔާއާ ގުޅިގެން އަންނަ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ބެޔާން މިއުނިކާ ދެކޮޅަށް ޑޫއޭއަށް ނުކުޅެވޭނެ އެވެ. އެ އަށް ފަހު ލީގުގައި އޮތީ ވާދަވެރި ލިޔޯންއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ވެސް އަންނަ މަހު ކުޅޭނެ އެވެ.
ޕީއެސްޖީ އަށް އެއްވަނައިގެ ލީޑު ގެއްލުމުގެ ބިރު
ޔޫރަޕްގެ ބޮޑު ރެކޯޑްގައި ބެޔާން ކުރިއަށް!
ޑެމްބެލޭ އެނބުރި އައުމުން އެންރީކޭއަށް ބޮޑު އުފަލެއް
ފަހުވަގުތު ޕޮއިންޓަކުން ޕީއެސްޖީ އެއްވަނަ ދަމަހައްޓައިފި
މޮޅު ކްލަބްގެ އެވޯޑް ލިބުނު ރޭ ޕީއެސްޖީ ބަލިވެއްޖެ
ބަޔާނުން ދުނިޔޭގެ ޗެމްޕިއަން ޗެލްސީ ބަލިކޮށްފި
ކިމްޕެމްބޭ 20 އަހަރަށް ފަހު ޕީއެސްޖީ ދޫކޮށް ގަތަރަށް
ނަތީޖާ އަނބުރާލައި ޕީއެސްޖީއަށް ސުޕަ ކަޕް
ޑޮނައްރުއްމާ ޑިމާންޑް ކުރީ ބޮޑު މުސާރައަށް
ޔުނައިޓެޑަށް ފަހިކުރަން ޕީއެސްޖީން ޑޮނަރުއްމާ ބާކީކޮށްފި