މޮނާކޯ (ނޮވެމްބަރު 30) - ކުރިން ލިވަޕޫލަށް ކުޅުނު ޖަޕާންގެ މިޑްފީލްޑަރު ޓަކޫމީ މިނަމީނޯ ޖަހައިދިން ގޯލުން މޮނާކޯ 1-0 އިން ޕީއެސްޖީ ބަލިކޮށްފި އެވެ.
މޮނާކޯ (ނޮވެމްބަރު 30) - ކުރިން ލިވަޕޫލަށް ކުޅުނު ޖަޕާންގެ މިޑްފީލްޑަރު ޓަކޫމީ މިނަމީނޯ ޖަހައިދިން ގޯލުން މޮނާކޯ 1-0 އިން ޕީއެސްޖީ ބަލިކޮށްފި އެވެ.
މިނަމީނޯ 68 ވަނަ މިނިޓުގައި ލަނޑު ޖެހިއިރު 80 ވަނަ މިނިޓުގައި މޮނާކޯގެ ޑިފެންޑަރު ތީލޯ ކޭރާރަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
މެޗުގެ ފަހު ފަސް މިނިޓަށް މިނަމީނޯގެ ބަދަލުގައި ޕޯލް ޕޮގްބާ ވަނީ ކުޅެން އަރައިފަ އެވެ. މިއީ ދެ އަހަރެއްހާ ދުވަހު ޑޯޕިން ބޭން އަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށް ފަހު އަލުން ކުޅުމުގެ ތެރެއަށް ވަދެ ޕޮގްބާ ކުޅުނު ދެވަނަ މެޗެވެ. އަދި މިއީ އޭނާ މޮނާކޯގެ ހޯމް ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.
މެޗު ނިމެނިކޮށް ޕީއެސްޖީން ލަނޑެއް ޖަހަން ކުރި މަސައްކަތުގައި ވިޓީނިއާ ފޮނުވާލި ހަމަލާ މޮނާކޯގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ. އަދި ޔާއޯ ނެވެސް ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި އެވެ.
ޕީއެސްޖީ އަތުން ހޯދި މި މޮޅާ އެކު މޮނާކޯ ވަނީ ލީގުގެ ހަވަނައަށް ޖެހިލައިފަ އެވެ.
މިނަމީނޯ (ކ-2) ކަނޑު ޖެހުމަށް ފަހު އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ
މިއީ ފްރާންސް ލީގުގައި ޕީއެސްޖީ މި ސީޒަންގައި ބަލިވި ދެވަނަ މެޗެވެ. މި ބައްޔާ އެކު ޕީއެސްޖީ ތާވަލްގެ އެއްވަނައިގައި މި ވަގުތު އޮތީ 14 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ.
ދެވަނައިގައި އޮތް އޮލިމްޕިކް މާސޭ ވަނީ ރޭ ދަންވަރު ތޫލޫސްއާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރު ވުމުން އެއްވަނައަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. މާސޭ ދެވަނައިގައި އޮތީ 29 ޕޮއިންޓާ އެކު އެވެ.
ލީގުގެ ތިންވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 28 ޕޮއިންޓް ލިބިފައިވާ ލެންސް އެވެ. މިރޭ އޯޖާސްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލެންސް އަށް އެބަ އޮތެވެ.
ޕީއެސްޖީ އަކީ ފާއިތުވި ހަތަރު ސީޒަންގެ ވެސް ފްރާންސް ލީގު ޗެމްޕިއަނުންނެވެ. އަދި މިދިޔަ 13 ސީޒަންގައި ޕީއެސްޖީ ވަނީ 11 ފަހަރު ލީގު ކާމިޔާބު ކޮށްފަ އެވެ. މި 13 ސީޒަންގައި ޕީއެސްޖީގެ އިތުރަށް ލީގު އުފުލާލެވުނީ މޮނާކޯ އާއި ލިލް އަށެވެ.
މެސީ އާއި އެމްބާޕޭ ނެތި ނޭމާ އަށް ނުވި
މެސީ ނުލައި ކުޅުނު ޕީއެސްޖީ، މޮނާކޯ އަތުން ބަލިވެއްޖެ
ފަހުވަގުތު ޕޮއިންޓަކުން ޕީއެސްޖީ އެއްވަނަ ދަމަހައްޓައިފި
މޮޅު ކްލަބްގެ އެވޯޑް ލިބުނު ރޭ ޕީއެސްޖީ ބަލިވެއްޖެ
ލިޔޯން ސަލާމަތް ކުރަން ޕީއެސްޖީން އެހީގެ އަތެއް
މިލާނުގެ އަވޭ ރެކޯޑް ޕީއެސްޖީން މުގުރާލައިފި
ޕީއެސްޖީ، ފްރާންސް ލީގުގައި ރެކޯޑަކާ ދިމާލަށް
ހަ މެޗު ބާކީ އޮއްވާ ޕީއެސްޖީ ލީގު ކާމިޔާބުކޮށްފި
13 އަހަރުތެރޭ 10ވަނަ ފަހަރަށް ޕީއެސްޖީއަށް ލީގު
އެމްބާޕޭގެ އުފަންދުވަހު ކޮއްކޮ ދަނޑަށް!