އޭނާގެ ކުރީގެ ކްލަބް ލިވަޕޫލުގެ ލިވަޕޫލްގެ ސަޕޯޓަރުން އޭނާއާ ދިމާކޮށް ފުރައްސާރަ ކުރިޔަސް ހިތްބަރުކަމެއް ނުބާއްވާނެ ކަމަށް ރެއާލް މެޑްރިޑްގެ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ބުނެފި އެވެ.
04 ނޮވެމްބަރ 2025
އޭނާގެ ކުރީގެ ކްލަބް ލިވަޕޫލުގެ ލިވަޕޫލްގެ ސަޕޯޓަރުން އޭނާއާ ދިމާކޮށް ފުރައްސާރަ ކުރިޔަސް ހިތްބަރުކަމެއް ނުބާއްވާނެ ކަމަށް ރެއާލް މެޑްރިޑްގެ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލުން ނުކުންނާނީ ރެއާލްއާ ދެކޮޅަށެވެ. އެންފީލްޑަށް ދަތުރު ކުރި ރެއާލްގެ ސްކޮޑްގައި އެ ޓީމުގެ ކޯޗު ޒަބީ އަލޮންސޯ ވަނީ ޓްރެންޓް ހިމަނައިފަ އެވެ.
ލިވަޕޫލުގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު އެ ކްލަބް ދޫކޮށް މިދިޔަ ހޫނު މޫސުމުގައި ޓްރެންޓް ބަދަލުވީ ރެއާލް އަށެވެ. އޭނާ ކްލަބް ބަދަލު ކުރުމުން ލިވަޕޫލުގެ ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ސޯޝަލް މީޑިއާގައި ފެންމަތިވި އެވެ.
ރެއާލް އަށް ބަދަލުވި ނަމަވެސް އަދި މިހާތަނަށް އޭނާގެ އަސްލު ކުޅުނު އެ ޓީމުގައި ޓްރެންޓަށް ނުދެއްކެ އެވެ. އަނިޔާއިން ރަނގަޅުވެ އޭނާ ކުޅުމަށް އެނބުރި އައީ ދާދި ފަހުންނެވެ.
ލިވަޕޫލުގެ ކެޕްޓަން ވާޖިލް ވެންޑައިކް ބުނީ ޓްރެންޓަކީ ފެންވަރު ހުރި ކުޅުންތެރިޔެއް ކަމަށެވެ. އޭނާ އަށް އެނދަގޫ މެޗަކަށް ހަދަން ލިވަޕޫލުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެންޑައިކް ބުންޏެވެ.
އެކަމަކު ސަޕޯޓަރުން ލައްވައި ޓްރެންޓާ ދިމާކުރަން ފެނޭތޯ އެހުމުން ވެންޑައިކް ބުނީ އެކަމާ ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.
"ތިކަމަށް ކޮމެންޓެއް ކުރާކަށް އަހަރެން ނެތިން،" ވެންޑައިކް ބުންޏެވެ.
"އޭނާއަކީ ލިވަޕޫލުގައި ހޭދަކުރި މުއްދަތުގައި ވަރަށް ގިނަ ކަންކަން ކުރި ކުޅުންތެރިޔެއް."
ލިވަޕޫލު ސަޕޯޓަރުންގެ މަލާމާތް ކުރިމަތި ވެދާނެކަން ޓްރެންޓަށް އެނގެ އެވެ. އެކަމަކު އޭނާ ބުނީ ލިވަޕޫލުގެ ސަޕޯޓަރުންނާ މެދު ހިތްބުރަކަމެއް ނޯންނާނެ ކަމަށެވެ.
"ސަޕޯޓަރުން އަހަންނާ ދިމާކުރިޔަސް އަހަރެން ލިވަޕޫލްގެ ސަޕޯޓަރުން ދެކެ ލޯބިވާނަން،" އެމެޒޯން ޕްރައިމް އަށް ދިން އިންޓަވިއުގައި ޓްރެންޓް ބުންޏެވެ.
އޭނާގެ އުމުރުން ހަ އަހަރުގައި ލިވަޕޫލުގެ އެކަޑަމީއާ ގުޅުނު ގޮތަށް އުމުރުން 26 އަހަރު ވަންދެން އޭނާ ހޭދަ ކުރީ އެ ކްލަބްގަ އެވެ.
ރެއާލް ބަލިކޮށް ލިވަޕޫލަށް އާ ފެށުމެއް
ލިވަޕޫލް ދޫކޮށްލަން އާނޯލްޑް ނިންމައިފި، ދާނީ ރެއާލަށް
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
ލިވަޕޫލް އެއް ވަނައިގައި، ރެއާލް ޕްރެޝަރުގައި
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
ކްލޮޕް ބުނި ބަސް ސީދާ ނުވެ، ލިވަޕޫލަށް މާޔޫސްކަން
ކްލޮޕް ހުރީ ދޫދޭކަށް ނޫން، ރެއާލް ފަހަތަކަށް ނުޖެހޭނެ
ލިވަޕޫލް ފޯރީގައި ފެށިއަސް މޮޅު ހޯދީ ރެއާލް މެޑްރިޑް
ޔޫއެފާއިން ސަޕޯޓަރުން ނުރައްކަލުގެ ތެރެއަށް ވައްޓާލި
ދެ ވަނަ ބުރުގައި ޗެމްޕިއަން ރެއާލާއި ލިވަޕޫލް