އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޔާމީންގެ އެއްބަސްވުން އާ ނުކުރަން އެ ކުންފުނިން ނިންމި މައްސަލައިގައި ބަދަލު ދޭން އަންގާފައިވަނިކޮށް، އެޗްޑީސީގެ އެ މަގާމު އުވާލައިފި އެވެ.
05 ނޮވެމްބަރ 2025
އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޔާމީންގެ އެއްބަސްވުން އާ ނުކުރަން އެ ކުންފުނިން ނިންމި މައްސަލައިގައި ބަދަލު ދޭން އަންގާފައިވަނިކޮށް، އެޗްޑީސީގެ އެ މަގާމު އުވާލައިފި އެވެ.
އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރުގެ މަގާމަށް ޔާމީން އައްޔަންކުރީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޑިސެމްބަރު 2023 ގަ އެވެ. އެ މުއްދަތު ހަމަވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށެވެ. ނަމަވެސް، ޔާމީންގެ އެއްބަސްވުން އާނުކުރާނެކަން އެންގީ އޭގެ އެއް މަސް ފަހުން މިދިޔަ ޖެނުއަރީ މަހު އެވެ.
އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެތަނުން ނިންމީ ޔާމީނަކީ މުއްދަތެއް ނެތް ދާއިމީ ވަޒީފާއެއްގައި ހުރި މީހެއް ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއް ނެތި ކަމަށް ކަނޑައެޅި އެވެ. އެހެންވެ، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށް ޓްރައިބިއުނަލުން އެންގި އެވެ.
އަދި ބަދަލުގެ ގޮތުގައި ހަ މަސް ދުވަހުގެ މުސާރަ ކަމަށްވާ 144،000ރ. ދިނުމަށާއި އޭނާ އަދާކުރަމުންދިޔަ ވަޒީފާ ރުޖޫއަކުރަން އަންގާފައިވެ އެވެ. ނަމަވެސް، އެޗްޑީސީން މިހާރު ވަނީ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އިސްތިއުނާފު މައްސަލައިގައި ޓްރައިބިއުނަލްގެ އަމުރަށް އަމަލު ކުރުން މަޑުޖައްސާލަން އެޗްޑީސީގެ ފަރާތުން އަމުރަކަށް އެދިފައިވެ އެވެ. އެ އަމުރު ހައި ކޯޓުން ނެރެ، މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ޓްރައިބިއުނަލްގެ ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލަން އިއްޔެ ވަނީ އަންގައިފަ އެވެ.
އެ އަމުރުގައިވާ ގޮތުން އެޗްޑީސީން މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅާފައިވަނީ ރުޖޫއަކުރަން އެދިފައިވާ މަގާމު އުވާލާފައިވާތީ އާއި ބަދަލު ނަގައިދިނުމާ މެދު ގާނޫނީ ބަހުސެއް އޮތް ކަމަށް ދެކޭތީ އެވެ.
ޔާމީން "މިހާރު" އަށް މީގެ ކުރިން ވިދާޅުވި ގޮތުގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބެއްލެވުމުގެ ދަށުން އޭނާ ވަނީ ދާއިމީ މުވައްޒަފަކަށް ވުމަށްޓަކައި އެޕްރައިސަލް ފުރިހަމަކުރައްވައިފަ އެވެ. އަދި ވަޒީފާ ދާއިމީކުރަން ވެސް އޭރުގެ އެމްޑީ ފަޒުލް ނިންމަވާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެން މިހާރު އޭނާއަކީ ދާއިމީ މުވައްޒަފެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އެއް އަހަރުގެ އެއްބަސްވުން ހަމަވިތާ ވެސް އެއް މަސް ފަހުން، އެއްބަސްވުން އާނުކުރަން ނިންމާފައިވާ ކަމަށް އަންގައި ސިޓީ ފޮނުވާފައިވަނީ ކޮން އުސޫލަކުން ކަމެއް ވެސް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޔާމީންގެ އެއްބަސްވުން އާނުކުރަން ނުވަތަ ވަޒީފާ އިން ވަކިކުރަން ނިންމި ސަބަބެއް ވެސް ސާފުނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޔާމީންގެ އެއްބަސްވުން އާނުކުރަން އެޗްޑީސީން ނިންމީ ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ތަހުގީގާ ގުޅިގެން ޔާމީން މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް އަދި ފަހުން އެ ސަސްޕެންޝަން އުވައިލުމަށް ފަހު އެވެ.
"ޓްރައިބިއުނަލަށް ދިއުމުގެ ކުރިން މަގާމު އުވާލި"
ޔާމީނަށް ބަދަލު ދޭން އެންގި ނިންމުން އިސްތިއުނާފަށް
ވިހެއުމުގެ ޗުއްޓީގެ މުސާރަ ނުދިނުމުން ބޮޑު ބަދަލެއް
ވަޒީފާގެ އެއްބަސްވުމުގައި ނެތަސް، ގާނޫނީ ހަރަދު ލިބޭނެ
ކޮންޓްރެކްޓް އާނުކުރުމުން ޔާމީން ޓްރައިބިއުނަލަށް
ވިނަރެސްގެ އެޕާޓްމެންޓެއް ވިއްކުން ހުއްޓުވައިފި
ޖެނިފާއަށް ވަޒީފާ ދިނުން ހައި ކޯޓުން ހުއްޓުވައިފި
ޖެނިފާއަށް ވަޒީފާދޭން އެންގުމުން ހައި ކޯޓަށް
އޭސީސީން މުވައްޒަފަކަށް ފިޔަވަޅު އެޅީ ގޯސްކޮށް:ހައިކޯޓް
ތެލުގެ ހިޔާނާތުގައި ކަނޑާލި މީހަކަށް ބަދަލުގައި 1ރ.