ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދަން ހިއްކަމުންދާ ރަސްމާލޭގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މާސްޓާ ޕްލޭނެއް ހަދަން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ސަރުކާރުން އިއްޔެ އިއުލާނުކޮށްފި އެވެ.
09 ޑިސެމްބަރ 2025
ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދަން ހިއްކަމުންދާ ރަސްމާލޭގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މާސްޓާ ޕްލޭނެއް ހަދަން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ސަރުކާރުން އިއްޔެ އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ރަސްމާލޭގައި ދަތުރުފަތުރުގެ ފުރިހަމަ މާސްޓާޕްލޭނެެއް އެކުލަވާލުމުގެ މަގުސަދަކީ ރަސްމާލެ އާއި މާލެއާ ދެމެދު އަދި ރަސްމާލޭގެ އެތެރޭގައި ވެސް ރައްކާތެރި ދެމެެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަށެވެ.
އެކަމަށް ކޮންސަލްޓެންސީ ދޭން ޝައުގުވެރިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތަކާއެކު ޝައުގުވެރިކަން ފާޅުކުރާކަމުގެ ލިޔުން މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ. އަދި އެ ކުންފުންޏަކުން ކުރިން ކޮށްފައިވާ އެފަދަ މަސައްކަތްތަކުގެ ތަފްސީލާއި މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އެނގޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ އެވެ.
ފިނޭންސްގެ އިއުލާނުގައިވާ ގޮތުން، ކޮންސަލްޓެންސީ ދިނުމުގެ ޓާމްސް އޮފް ރިފަރެންސް މިއަދުން ފެށިގެން ފިނޭންސްގެ ވެބްސައިޓުން ލިބޭނެ އެވެ.
އެ މަސައްކަތް ހަވާލު ކުރާނެ ބަޔަކު ހޮވާނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތަށް "ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (މަސައްކަތުގެ ފެންވަރާއި އަގަށް ބަލައި) ކޮންޓްރެކްޓަރަކު ކަނޑައަޅާ އުސޫލުންނެވެ.
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެއާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ގެނެސް ރަސްމާލޭ ހިއްކުމުގެ މަސައްކަތުގައި ބޭނުން ކުރަމުންދާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ގޯތިގެދޮރުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހިންގާ އެ މަނިކުފާނުގެ އެންމެ "ޑްރީމް ޕްރޮޖެކްޓް" ރަސްމާލެ ތަރައްގީ ކުރަމުން ދަނީ ސަތޭކަ ޕަސެންޓް ނެޓް ޒީރޯ ކާބަން، ސްްމާޓް އިކޯ ސިޓީއެއްގެ ގޮތުގަ އެވެ. އެ މަޝްރޫއުއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ކްލައިމެޓް އެޑެޕްޓޭޝަން މަޝްރޫއު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
މާލޭގައި އުޅޭ އެންމެނަށް 15،000 ގޯތި ދެނީ
މާލެ ސަރަހައްދުގައި ބިން ހިއްކުން ހަލުވި ކުރަނީ
އިތުރު ޑްރެޖަރުތަކުން ރަސްމާލެ ހިއްކުން އަވަސް ކުރަނީ
ނަމްބަރު ޕްލޭޓް މައްސަލަ: 3މިލިއަންގެ ބަދަލެއް ނުދިން
ވަސާޖިއޯއަށް ނަމްބަޕްލޭޓް ދިނުން ގަވާއިދާޚިލާފު:ފިނޭންސް
ނަމްބަރުޕްލޭޓް ދިން ގޮތް: ކޮރަޕްޝަންގެ ބޮޑު އަދަދެއް؟
1 ކޮޓަރި ދޫކޮށް، އެހެން ސްކީމަކުން ފުރުސަތު ދެނީ
ބޮޑު ޑްރެޖަރާ އެކު ރަސްމާލެ ހިއްކުން ހަލުވިކޮށްފި
ރާއްޖޭގެ އައުޓްލުކް "ސްޓޭބްލް"އަށް ބަދަލުކޮށްފި
އިތުރު ޑްރެޖަރެއް ގެނެސް މަސައްކަތް ހަލުވިކޮށްފި