ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.
11 ޑިސެމްބަރ 2025
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އޮގަސްޓު މަހު އެވެ. ނަމަވެސް އެ ހިދުމަތް ދޭނެ ބަޔަކު އިއްޔެ އަނެއްކާ ވެސް އެ މިނިސްޓްރީން ވަނީ އިއުލާނެއް ކޮށްފަ އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތުގެ ދަށުން ކުރަން ޖެހޭނެ ކަންކަން ވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ. އެއީ؛
• ހެލިކޮޕްޓަރުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުން.
• ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި އެހީވުން.
• ވިޔަފާރިގެ އުސޫލުން ފަސިންޖަރުން އުފުލުމަށްޓަކައި ޓޫރިޒަމްގެ ދާއިރާގައި ހެލިކޮޕްޓަރު ބޭނުންކުރުން.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ހިދުމަތް ދިނުމަށް ހޮވޭ ފަރާތަކަށް ރާއްޖޭގައި ޓޫރިޒަމްގެ ބޭނުމަށް ފަސިންޖަރުން އުފުލުމަށްޓަކައި 10 އަހަރުގެ މުއްދަތެއް ދޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި އެހެން އެއްވެސް ބަޔަކަށް އެ ހިދުމަތް ދިނުމުގެ ހުއްދަ ނުދޭނެ ކަމަށް އިއުލާނުގައި ވެ އެވެ.
ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރުއެފްޕީ) ހުށަހަޅަން ދީފައިވާ އެންމެ ފަހު ތާރީހަކީ މި މަހުގެ 25 ވަނަ ދުވަހެވެ.
ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށްޓަކައި ޑޭޝް 8 ގެ މަތިންދާބޯޓަކާއި ސީޕްލޭނެއް ވެސް އެއާ އެމްބިއުލާންސެއްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަން މިދިޔަ އަހަރު ވަނީ ފަށައިފަ އެވެ.
އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމަށް ފަހު، އެ ގައުމުގެ މަދަނީ މީހުންނާ އެކު އެ ބޯޓުތަކުގެ ދަތުރުތައް ވެސް ކުރިއެކޭ އެއްގޮތަށް ފެށީ ވެސް މިދިޔަ އަހަރު އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް މާޗް މަހު ފަށާނެ: އަމީން
އޭވިއޭޝަން އެކްސިޑެންޓްތަކަށް އިދާރާއެއް އުފައްދަނީ
ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް އަލުން ފަށައިފި
ޓިކެޓް އަގަށް އަންނާނީ އުފާވާ ކަހަލަ ބަދަލެއް: އައިޝާ
ބިދޭސީންނަށް ވެހިކަލް ރަޖިސްޓްރީކޮށް ދިނުން ހުއްޓާލައިފި
ކޮޅުވެއްޓިތައް ފުށުންޖެހެނީ؛ ގޯސްވީ ކޮން ކަމެއް؟
ހެލިކޮޕްޓަރު އޮޕަރޭޓަރުކުރާނެ ބަޔަކު އަލުން ހޯދަނީ
މާފަށް އެދުނު ވައްޑެ ސްޓޭޓް މިނިސްޓަރަކަށް!
ކުލީ ޕާކިން ސްލޮޓްތައް ކެންސަލްކޮށް އެންމެންނަށް!
ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް މެދުކެނޑިއްޖެ