16 މާޗް 2020
ޕްރިންސް ހެރީއާ ލޯބީގެ ގޮތުން ގުޅިވަޑައިގަތުމާ އެކު، ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލް އަށް ޖެހިވަޑައިގަތީ ފިލްމު ކުޅުއްވުން ހުއްޓަވާލައްވައި ޝާހީ އާއިލާގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނަވާށެވެ. ކައިވެނިކުރެއްވުމާ އެކު މޭގަންގެ ހަޔާތަށް ވަނީ ބޮޑު ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ޝާހީ އާއިލާގެ އިސް މެމްބަރެއްގެ ރޯލް އަދާކުރައްވަން ޖެހިވަޑައިގަތުމާއި މަޔަކަށް ވުމާއި، އަހަރެއްހާ ދުވަސް ފަހުން ފިރިމީހާއާ އެކު ޝާހީ އާއިލާއާ ފެއަށް ޖެހިވަޑައިގެން، އަމިއްލަފުޅު މަސައްކަތްތަކުން ދިރިއުޅުއްވުން ބިނާކުރައްވަން ނިންމެވުން ފަދަ ކަންކަން ހިމެނެ އެވެ.

ޕްރިންސް ހެރީއާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން މޭގަން އަކީ ހަމަ އާދައިގެ ދިރިއުމެއް އުޅުނު ހޮލީވުޑްގެ ބަތަލާއެކެވެ. ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި އޭނާ ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ހެރީގެ އެންގޭޖްމަންޓް ކުޑަތަންވަމުން ދިޔައިރު ވެސް މޭގަން ގެންދެވީ ސިލްސިލާ "ސޫޓްސް" ގައި މަސައްކަތްކުރައްވަމުންނެވެ. އެކަމަކު ޝާހީ އާއިލާގެ މެމްބަރަކަށް ވެވަޑައިގަތުމާ އެކު ކެރިއަރު ވަނީ ދޫކޮށްލައްވަން މަޖުބޫރުވެވަޑައިގެންފަ އެވެ.
މޭގަންގެ ދެކަނބަލުން މިހާރު ޝާހީ ޒިންމާތަކުން ދުރުވެ ވަޑައިގެންފައި ވާތީ މޭގަންއަކަށް ދެން ވަކި ދާއިރާއަކުން ކުރިއަށްދާކަށް ހުރަހެއް ނެތެވެ.
ފަހުގެ ޚަބަރުތައް ބުނާގޮތުން އެކަމަނާ މިހާރު ގެންދަނީ އަލުން މުނިފޫހި ފިލުވުމުގެ ދާއިރާ އަށް ނުކުންނެވުމާ ދޭތެރޭ ވިސްނަވަމުންނެވެ.ރިޕޯޓްތައް ބުނާގޮތުން ޑިޒްނީ އާއި މާވެލް ސްޓޫޑިއޯ އިން މޭގަން އެ މީހުންގެ ޕްރޮޖެކްޓްތަކަކަށް ގެންނަން ވަނީ ފޫގަޅައިފަ އެވެ. އެކަމަކު ކެމެރާގެ ކުރިމައްޗަށް ވަޑައިގަތުމުގެ ބަދަލުގައި ފުރުސަތު ބޮޑީ ޕްރޮޑަކްޝަން ހައުސްއެއް އުފައްދަވައި، ކެމެރާގެ ފުރަގަހުގައި ހުންނަވައިގެން މޭގަން އުފެއްދުންތަކެއް ގެނެސްދެއްވުން ކަމަށް ނިއު ޔޯކް ޕޯސްޓުން ބުނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަން ވަރަށް ބޮޑަށް ފެތުރިފައި އޮތަސް، ހާލަތު ތަން ދޭ ނަމަ މި އަހަރުގެ މެޓް ގާލާ އިވެންޓުން ވެސް މޭގަން ފެނުމުގެ ފުރުސަތު ބޮޑެވެ. އަދި އެ އިވެންޓްގައި އެ ކަމަނާ ބައިވެރިވަޑައިގަންނަވާނީ ފިރިކަލުންނާއި ދަރިކަލުންނާ އެކު ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.
މެޓް ގާލާ ތާވަލުކޮށްފައި ވަނީ މެއި މަހުގެ 4 އަށެވެ. އެހެންވެ މިއީ ޔަގީނުން ވެސް މި އަހަރުގެ އިވެންޓަށް މާ ބޮޑަށް ވެސް ގިނަ ބަޔަކު އިންތިޒާރުކުރާނެ އަހަރަކަށް ވާނެ އެވެ. ދިރިއުޅުއްވުމަށް ގެންނެވި ބަދަލާ އެކު މޭގަންގެ ދެމަފިރިންގެ ދިރިއުޅުއްވުމުގެ ބޮޑުބައި ކުރިއަށް އޮތް ތަނުގައި ހޭދަކުރައްވަން ނިންމަވާފައި ވަނީ ކެނެޑާ އެވެ.
ހެރީ އާއި މޭގަން އަށް ޝާހީ އާއިލާ އިން އޮތް ރަސްމީ ހައިސިއްޔަތަށް މި މަހުގެ 31 ގައި ނިމުން އަންނާނެ އެވެ.
މެގަން، 38، ގެ ހޮލީވުޑް ކެރިއަރުގައި ކުޅުއްވި ފިލްމުތަކުގެ ތެރޭގައި ހޮރިބަލް ބޮސެސް (2011)، ޑިސްފަންކްޝަނަލް ފްރެންޑްސް (2012) އަދި އެންޓި-ސޯޝަލް (2015) ހިމެނެ އެވެ.
މޭގަން އަށް ޑިޒްނީން "ވަޒީފާއެއް" ކަށަވަރު
މޭގަން މާކަލް ނޫސްވެރިޔަކަށް ވާން އުޅުއްވި
މޭގަންގެ ކެރިއަރު ބިނާކުރަން އެންޖެލީނާގެ އެހީ
މެގަންގެ ބައްޕަ އަނެއްކާ ވެސް އޭނާއާ ދެކޮޅަށް
މެޑޯނާގެ އެޕާޓްމަންޓެއް ހެރީ އަށް ކުއްޔަށް ދޭން ތައްޔާރު
ހެރީގެ ނިންމެވުމަށް ރާނީ ރުހުން ދެއްވައިފި
މޭގަން މާކަލްއާ މެދު އާންމުން ދެކޭ ގޮތް ރަނގަޅު
މޭގަންގެ އެކްސެންޓް "އިނގިރޭސި ވެއްޖެ"
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ޕްރިންސް ހެރީ ބަޔޮގްރަފީ ލިޔުއްވަނީ