Roadha Mihaaru
ގެއްލިގެން ހޯދިި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

30 މާޗް 2017

ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ ފިރިހެނަކު ލ. ފޮނަދޫގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ ފިރިހެނަކު ލ. ފޮނަދޫގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބިދޭސީ މީހާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ރަށުގެ އަތިރިމަތީގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ސަރަހައްދު ބަންދުކޮށް، ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކައުންސިލުން ބުނިގޮތުގައި އެ މީހާ އަކީ އެ ރަށުގެ އަމިއްލަ މީހަކު ކޮންސްޓްރަކްޝަން މަސައްކަތަށް ގެނައި މީހެކެވެ. އޭނާ ފޮނަދޫގައި ދިރިއުޅޭތާ ވަރަަށް ގިނަ ދުވަސްތަކެއްވެފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.