Roadha Mihaaru
މަރުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

މަރުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ޖެނުއަރީ 2021

ފުލުހުން ތަހުގީގުކުރާ މަރުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުލުހުން ތަހުގީގުކުރާ މަރުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލާ މަރުގެ މައްސަލައެއްގައި ބަންގްލަދޭޝްގެ މުހައްމަދު އަލީ ހޮސެއިން، 32، ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާ ހޯދަނީ ކޮން މަރަކާ ގުޅިގެން ކަމެއް އަދި ކޮން އިރަކު ހިނގި ހާދިސާއަކާ ގުޅިގެން ކަމެއް ނުބުނެ އެވެ.

އެ މީހައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ ޑިޕާޓްމަންޓުގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައި ވެ އެވެ.

"މި ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ،" ތަފްސީލަކަށް ނުގޮސް، ފުލުހުންގެ ވެބްސައިޓުގައި ބުންޏެވެ.