Roadha Mihaaru

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބާކީ 38 ހެކްޓަރު ބިން ހިއްކަން އަލުން ފަށައިފި

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު، މިއަދު އަލުން ފަށައިފި އެވެ.

ހުޅުމާލެ 3 ގެ ބިން ހިއްކަން އަލުން ފަށައިފި

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު، މިއަދު އަލުން ފަށައިފި އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު އަލުން ފެށުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ސަރަހައްދަށް ވަޑައިގެން އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވައި، މައުލޫމާތު އޮޅުން ފިލުއްވައިފަ އެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދާ ގޮތް ރައީސް މުއިއްޒު މިއަދު ހަވީރު ބައްލަވާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދާ ގޮތް ރައީސް މުއިއްޒު މިއަދު ހަވީރު ބައްލަވާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އެ މަސައްކަތް ސެޕްޓެމްބަރު 2023 ގައި ފަށައި މިހާތަނަށް 24 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ. އޭގެ ފަހުން އެ މަޝްރޫއު މަޑުޖެހުނީ، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިސް ކުރުމުގެ މަސައްކަތް ފެށުމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ރައީސް މުއިއްޒު މިއަދު ހަވީރު އޮޅުން ފިލުއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ރައީސް މުއިއްޒު މިއަދު ހަވީރު އޮޅުން ފިލުއްވަނީ.---ފޮޓޯ: ރައީސް އޮފީސް

އެޗްޑީސީން ބުނީ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު އަލުން ފެށުމާ ގުޅިގެން، އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުތައް އެ ކަމަށް ސަމާލުވާން އެދޭ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި، އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.