އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި ދައްކަން އޮތް ޔޫރޯ ބޮންޑު ރޯލްއޯވާކޮށް، ސުކޫކު ދެއްކުމުގެ ހުރިހާ ޕްލޭންތަކެއް ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
11 ނޮވެމްބަރ 2025
އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި ދައްކަން އޮތް ޔޫރޯ ބޮންޑު ރޯލްއޯވާކޮށް، ސުކޫކު ދެއްކުމުގެ ހުރިހާ ޕްލޭންތަކެއް ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބަޖެޓް ކޮމިޓީގައި ޒަމީރު ވިދާޅުވީ، ޔޫރޯ ބޮންޑު ރޯލްއޯވާ ކުރުމުގެ މަސައްކަތް ޔޫއޭއީއާ އެކު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ވާނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބޮންޑަކީ، 2018 ވަނަ އަހަރު އަބޫދާބީ ފަންޑަށް ވިއްކި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑެވެ.
"މި ފަހުން ރައީސް ޔޫއޭއީ ސަރުކާރުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން ރޯލްއޯވާކުރުމުގެ ކަންތައް، އަޅުގަނޑުމެން މިނިސްޓްރީގައި އެބަހުރި އެކަމުގެ އިންފޮމޭޝަން ވެސް، ތިން މަސް ކުރިން އެޕްރޯޗްކޮށްގެން އެކަން ކުރެވޭނެ ކަމުގެ ހުރިހާ ކޮންފަމޭޝަންތަކެއް ލިބިފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި މިނިސްޓަރު ޒަމީރު މެންބަރުންނަށް ބަޖެޓާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
އޭނާ ވިދާޅުވީ، މިދިޔަ ދެ އަހަރު ތެރޭ ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި އޭޕްރީލް މަހުގެ ސުކޫކު ޕޭމަންޓް ދެއްކޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ، ސުކޫކަށް ބޭނުންވާ 350 މިލިއަން ޑޮލަރު ރީފައިނޭންސް ކުރާ އިރު ބާކީ 150 މިލިއަން ޑޮލަރު ދައްކާނީ ސޮވަރިން ޑިވަލޮޕްމެންޓް ފަންޑު (އެސްޑީއެފް) މެދުވެރިކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ދަރަނިތައް ނެގި އިރު އެއީ އަނބުރާ ދައްކަން ޖެހޭ އެއްޗެއް ކަމަށް ނުވިސްނާ ކަމަށާއި ދަރަނި ކުޑަ ކުރުމަށް އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ.
"250 މިލިއަން ޑޮލަރުގެ ލޯނެއް ދައްކަންވެގެން 500 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ. އެއީ އަސްލު ވެފައި އޮތް ގޮތަކީ. އަނެއްކާ ބައެއް ފަހަރު އެބަހުރި ދަރަނި ނަގާފައި އޮފީސް ސްޓާފުން ކައިރީ އެބަ ބުނޭ، ތިމަންނައަކަށް ނޭނގެއޭ މި ދެއްކޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު ޒަމީރު މައުލޫމާތު ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
އޭނާ ވިދާޅުވީ، ދަރަނި މެނޭޖްކުރުމާއި އިގްތިސާދީ ގޮތުުން ލިބޭ ކުރިއެރުންތައް ބަލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރާ އިރު އިންޓްރެސްޓް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ. އެހެންވެ، ދަރަނި ދެއްކުމުގެ ޖުމްލަ ހަރަދަށް 18.4 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެއީ މުޅި ބަޖެޓުގެ 29 ޕަސެންޓެވެ.
ދައުލަތުގެ ޖުމްލަ ދަރަނި އަންނަ އަހަރު ނިމޭ އިރު ހުންނާނެ ކަމަށް ލަފާކުރަނީ 159 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 128 ޕަސެންޓެވެ.
އަންނަ އަހަރުގެ 64 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
ސްކޭން ކުރަން ފެށުމުން ރަނގަޅު ވިޔަފާރިވެރިން ސާފުވާނެ
ބަޖެޓު ނެތިގެން 54 މަގާމަށް މީހުން ނުނެގޭ: ސީއެސްސީ
"މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވާނީ ބަހާލައިގެން"
ކޯޓު މަރުހަލާތަކާ ހެދި އެއް ބިލިއަން ނުލިބި ތާށިވެފައި
މީރާގެ ޝަކުވާ: އެންމެ ފާހާނާއެއް 50 މީހުންނަށް
މުސާރައިގެ ހޭދަ ބޮޑުވުމަކީ ގޮންޖެހުން"
"ހަރަދު ކުޑަކުރުން އިބިލީހުގެ ކައިވެންޏަށް ވެއްޖެ"
ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް އިންތިހާބުކޮށްފި
64.2 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި