ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ހައްލުކުރަން ކުރިން ބުނި ވަގުތު ލަސްވެ، އެ މައްސަލަ ހައްލުވާނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެ އެވެ.
12 ނޮވެމްބަރ 2025
ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ހައްލުކުރަން ކުރިން ބުނި ވަގުތު ލަސްވެ، އެ މައްސަލަ ހައްލުވާނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެ އެވެ.
އާބާދީގައި 13،800 މީހުން ދިރިއުޅޭ ފުވައްމުލަކުގެ ފެން ބޭނުން ނުކުރެވޭ މިންވަރަށް ތަޣައްޔަރު ވެފައިވާތީ އެރަށުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ފެނުގެ ހިދުމަތް ކަނޑާލުމާއެކު، އެ ރަށް އެއްކޮށް ވަނީ ފެނަށް ޖެހިފަ އެވެ.
އެކަމާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ މެންދުރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ކުރިއެކޭ ވެސް އެއްގޮތަށް ފެން ދޫކުރަން ފަށާނެ ކަމަށެވެ. ނަމަވެސް، އެ ވަގުތު ހަމަވިއިރު ވެސް ފެން ދޫކުރާކަށް ނުފެށެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ނަޖާހު "މިހާރު" އަށް ވިދާޅުވީ ފެނުގެ މައްސަލަ ދިމާވީ ގޭގެއަށް ފެން ހޮޅި ގުޅާފައި ހުރިގޮތުން ކަމަށެވެ. އަދި ބައެއް ތަންތަނަށް ހުރީ ރީތި ފެނާއި ވަޅު ފެން އެއް ހޮޅިއަކަށް ގުޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގޭގެއަށް ގުޅާފައި ހުރި ހޮޅިތައް ފަހުން ރަނގަޅު ކުރާނެ ކަމަށެވެ. ނަމަވެސް މައި ނެޓްވޯކަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި އަދި ފެނުގެ ޓެސްޓްގެ ހެދުމަށްފަހު މިއަދު ނަތީޖާ ލިބުމުން ރަށަށް ފެން ދޫކުރަން ފަށާނެ ކަމަށް ނަޖާހު ވިދާޅުވި އެވެ.
"މިއަދު ހަވީރު 4-5 ހާއިރު އަލުން ފެން ދޫކުރެވޭ ކަމަށް ލަފާ ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ކުރިން ބުނެފައިވަނީ އެ މައްސަލަ ކުރިމަތިވުމާ އެކު، ވަގުތީ ގޮތުން ފުވައްމުލަކަށް ބޭނުންވާ ފެން ފޯރުކޮށް ދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކަނޑާއި ވައިގެމަގުން 1،200 ކޭސް ފެން ފޮނުވާފައި ވާއިރު، އިތުރަށް ވެސް ފެން ކޭސްތައް ފޮނުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ފުވައްމުލަކު ފެނުގެ މައްސަލަ: އޮޑިޓުގައި އެތައް ކަމެއް
"ފެން މީޓަރުތައް ހުރީ ބަންދުކޮށްފައި"
ފުވައްމުލަކުގެ ގޭގެ އަށް މިހާރު ފެން ލިބޭނެ: ފެނަކަ
ފެނުގެ މައްސަލަ ހައެއްކަ ގަޑިއިރު ތެރޭގައި ހައްލުވާނެ
ފެނުގައި ހުންނަ "މައިކްރޮޕްލާސްޓިކް" ނުރައްކަލެއް ނޫން
އިސްކުރު ފެން ބުއިމަށް ރައީސް ބާރު އަޅުއްވައިފި
ފެން ވައިރުކުރުމުގެ މިންގަނޑެއް އެކުލަވައިލަނީ
ބޯފެން ރައްކާކުރަން 133 މިލިއަން ރުފިޔާގެ މަޝްރޫއެއް
ފުވައްމުލަކުގެ ފެނަށް މައްސަލަ ދިމާވުމުން ބިލު ނުކުރާނެ
ފުވައްމުލަކުގެ ފެން މިންގަނޑަށް ފެތޭ: އޮތޯރިޓީ