އައިވީއެފް ހެދުމަށް އެންސްޕާއިން މި އަހަރު ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
13 ނޮވެމްބަރ 2025
އައިވީއެފް ހެދުމަށް އެންސްޕާއިން މި އަހަރު ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
އެ އެޖެންސީން ސޯޝަލް މީޑިއާގައި ރޭ ކުރި ޕޯސްޓުގައި ބުނީ ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ މަހާ ހަމައަށް 7.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެ އަދަދު، މިދިޔަ އަހަރު ހުރީ 4.7 މިލިއަން ރުފިޔާގަ އެވެ.
އެންސްޕާއިން ބުނީ 93 އަންހެނަކަށް ފަރުވާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 23 މީހެއްގެ ފަރުވާ ކާމިޔާބު ވެފައިވާ ކަމަށް ބުންޏެވެ.
ދައުލަތުގެ ވެލްފެއާ އިދާރާގެ އިތުރުން އާސަންދައިގެ ދަށުން ވެސް މިހާރު އަންނަނީ އައިވީއެފް ހެދުމަށް މާލީ އެހީ ދެމުންނެވެ. އެހެންވެ، އެކަމަށް ދެ ފަންޑަކުން މި ވަގުތު އެހީތެރިކަން ފޯރުކޮށްދެ އެވެ.
ގުދުރަތީގޮތުން ދަރިން ނުލިބޭ މީހުންގެ ފަރުވާއަށް އާސަންދަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމާފައިވާ ވައުދެކެވެ.
އައިޖީއެމްއެޗްގައި ވެސް އައިވީއެފް ހެދޭނެ ގޮތްތައް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
އާސަންދައިން އައިވީއެފް ހެދުމަށް ފުރުސަތު ހުޅުވާލައިފި
އާސަންދައިގެ ދަށުން އައިވީއެފް ހެދޭނީ 3 ބުރު
އައިވީއެފަށް އާސަންދަ ދޭ އުސޫލު މި މަހު ފައިނަލްކުރަނީ
ރާއްޖެ އިން އުންމީދު: އައިވީއެފްގެ ފަހު މަރުހަލާ!
ފަންޑުން އައިވީއެފް ހަދަން 50 ދެމަފިރިއަކަށް ފުރުސަތު
ތައިލެންޑާއި ދުބާއިއަށް އެއާ އެމްބިއުލާންސް ފުޅާކޮށްފި
އެންސްޕާގެ ބައެއް ހިދުމަތްތައް "ވަންގަވް" އަށް
މަހުޖަނުންނަށް އާސަންދަ ދިނުން ހުއްޓާލަން ޖެހޭ: ސަލީމް
އެކަނިވެރި މައިން/ބަފައިންގެ ދަށަށް އަލަށް 69 ކުދިން
އެއް ބިލިއަން ދައްކައިފި، ބާކީ 1.5 ބިލިއަން